އުފާވެރި ދިރިއުޅުމެއް ހޯދާނެ ގޮތް-

ކިޔުމަށް ހޭދަވާނީ 3މ 3ސ
އުފާވެރި ދިރިއުޅުމެއް ހޯދާނެ ގޮތް-

ޢާއިޝަތު ރަފާޙް ޢަލީ

 

ކޮންމެ މީހަކުވެސް ދުނިޔޭަގައި އުފާވެރި ހަޔާތެއް އުޅެވޭތޯ ބަލައެެވެ. ގިނަ ބަޔަކަށް ހީވެފައި އޮންނަނީ އުފާވެރި ދިރިއުޅުމެއް ހޯދުމަށްޓަކައި އެންމެ މުހިއްމު ކަމަކީ މުދަލާ ފައިސާ ގިނަވުން ކަމަށެވެ. ނަމަވެސް އަސްލު ޙަޤީޤީ އުފާވެރި ދިރިއުޅުމެއް ލިބޭނީ ﷲ ތަޢާލާ އެންގެވި ގޮތަށް ދުނިޔޭގައި އުޅުމުންނެވެ. 

ﷲ ތަޢާލާ ތައުބާ ސޫރަތުގެ 55 ވަނަ އާޔަތުގައި ދުނިޔޭގެ އެއްވެސް އެއްޗަކުން މަންފާ ނުކުރާނެކަން ވަޙީ ކުރައްވާފައިވެއެވެ. 

فَلَا تُعْجِبْكَ أَمْوَالُهُمْ وَلَا أَوْلَادُهُمْ ۚ إِنَّمَا يُرِيدُ اللَّهُ لِيُعَذِّبَهُم بِهَا فِي الْحَيَاةِ الدُّنْيَا وَتَزْهَقَ أَنفُسُهُمْ وَهُمْ كَافِرُونَ ﴿٥٥﴾‏ 

މާނައީ:"އެއުރެންގެ މުދާތަކާއި، އެއުރެންގެ ދަރިންތައް ކަލޭގެފާނު عجائب ކުރުވިޔަ ނުދޭހުށިކަމެވެ! ހަމަކަށަވަރުން، اللَّه އިރާދަކުރައްވަނީ، ދުނިޔޭގެ ދިރިއުޅުމުގައި، އެތަކެތިން އެއުރެންނަށް عذاب ދެއްވުމަށެވެ. އަދި އެއުރެން كافر ން ކަމުގައިވާ حال، އެއުރެންގެ ފުރާނަ ދިޔުމަށެވެ. (55)" 

އަދި ﷲ ތަޢާލާ ހަނދުމަ ކުރުމަކީ ހިތްތަކަށް ހަމަޖެހުން ލިބޭ ކަމެއް ކަމަށް ރަޢްދު ސޫރަތުގެ 28 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللَّهِ ۗ أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ ﴿٢٨﴾‏ 

މާނައީ: "އެއުރެންނީ، إيمان ވި މީހުންނެވެ. އަދި اللَّه ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، اللَّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟ (28)" 

އެހެންކަމުން މިލިޔުމުގައި މިބަޔާން ކޮށްލަނީ އުފާވެރި ދިރިއުޅުމެއް ހޯދުމަށްޓަކައި ކުރެވިދާނެ ބައެއް ކަންކަމެވެ. 

·  ތަޢާލާއަށް އަޅުކަން ކުރުމުގައި ގިނަ ވަގުތު ހޭދަކުރުން

·  ކީރިތި ޤުރްއާން ކިޔެވުން

·  ނަބިއްޔާ ޞައްލަ އަލައިހި ވަަސައްލަމްގެ ސުންނަތައް ތަބަޢަވުން

·  ގިނަގިނައިން ޛިކުރު ކުރުން

·  ހެޔޮ ޢަމަލުކުރުން

·  ގިނަގިނައިން ޛިކުރު ކުރުން

 

 

މިއަދު އޮންލައިން