މަރުޙަބާ ރަމަޟާން: ރަމަޟާން މަހުގެ ދުވަސްތަކާ ރޭތައް ދިގުވެ ފޫހިވަނީ ޝައިޠޯނާ ޖަހާ މަޅިއެއް! ސަލާމަތްވާންޖެހޭނެ!: ޑރ. އާދަމް ޝަމީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
މަރުޙަބާ ރަމަޟާން: ރަމަޟާން މަހުގެ ދުވަސްތަކާ ރޭތައް ދިގުވެ ފޫހިވަނީ ޝައިޠޯނާ ޖަހާ މަޅިއެއް! ސަލާމަތްވާންޖެހޭނެ!: ޑރ. އާދަމް ޝަމީމް

ލޮބުވެތި އަޚުންނާއި އުޚްތުން، އަޅުގަނޑުމެން މިއަދު މި ބަރަކާތްތެރި ރަމަޟާންމަހަކީ އެއްވެސް ހާލެއްގައި ނިދުމާ ކެއުމާ ބުއިމާ ސަކަރާތްޖެހުމާ ވަގުތު އިސްރާފުކުރުމާ ފޫހިފިލުވުމުގެ މައްސަރެއްކަމުގައި ހަދާކަށްނުވާނެ. އެއަށްވުރެ މާ ބަރަކާތްތެރި މަތިވެރި މައްސަރެއް މި މައްސަރަކީ. 

އަޅުގަނޑު ހިތައްއަރާ އަޅުގަނޑުމެން އެންމެންވެސް ހަމަ ސުވާލު ކޮށްލަންވާނޭ ރަމަޟާންމަސް އައީމަ ކީއްވެބާއޭ އެހާ ފޫހިވަނީ. ޔަޤީނުންވެސް މުއުމިނުން މުސްލިމުން ފޫހިވާންޖެހޭ މައްސަރެއްނޫންތާ. އެހެންނަމަވެސް ރަމަޟާންމަސް އައުމާ އެކުގަ ތިންހަމަ ކުޅެންފަށާ، ކެރަމް ކުޅެންފަށާ، ތާސް ކުޅެންފަށާ، ޑިގު ކުޅެންފަށާ. މިހެންގޮސް އާވައްތަރުވައްތަރުގެ އެތައް ގޭމެއް، 

އަޅުގަނޑުމެން އާންމުދުވަސްތަކުގައި މީހަކާއި އަނގައިން ބުނާނެ ވަގުތު ނުލިބޭ، މައިންބަފައިން ގުޅީމަ ފޯނު ނަގާނެ ވަގުތެއްވެސް ނުވޭ. އަނބިދަރީންނާ ދިމާލަށް ސްމައިލްކޮށްލާ ހިނިތުންވެލާނެ ވަގުތެއްވެސް ނުލިބޭ، ވަރަށް ކާރޫބާރޫ ބޮޑު ވަރަށް ބިޒީ. އެކަމަކު ރޯދަމަސްއައީމަ ސުބްޙާނަﷲ. ވަގުތު ގިނަވެގެން ރޯދަ ކުރުކޮށްލަންވެގެން އޭގެން ސަލާމަތް ނުވެގެން ވަރަށް ގިނަމީހުންނަށް އުޅެވޭތަން އެބައާދޭ. ލޮބުވެތި އަޚުންނާއި އުޚްތުން، މީ އަޅުގަނޑުމެން ގަސްދުގައި ނޫނަސް ޝައިޠާނާގެ މަޅިއޭ. އޭގެން ސަލާމަތްވާން މަސައްކަތް ކުރަންޖެހޭ. 

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވަނީ: 

" ﷲ އިރާދަކުރައްވަނީ ތިޔަބައިމީހުންގެ މައްޗަށް ތައުބާލެއްވުމަށޭ. ތިޔަބައިމީހުންގެ ފާފަ ފުއްސަވާށޭ."

" އެކަމަކު ޝަހުވަތުގެ އަހުލުވެރިން އިންސީންނާއި ޖިންނީންގެ ތެރެއިންވާ ޝައިޠާނުން، އެމީހުން ބޭނުންވަނީ ތިޔަބައިމީހުން ﷲ ސުބުޙާނަހޫ ވަތަޢާލާއާ ދުރަށް ގެންދާށޭ. ޝަހުވަތްތަކަށް ވަރަށްބޮޑަށް ލެނބިގެންގޮސް ގެއްލި ހުސްވާށޭ. ﷲ އިރާދަކުރައްވަނީ އެކަލާންގެ ބޭޏުންވެވޮޑިގަންނަވަނީ ތިޔަބައިމީހުން އެކަލާންގެ ޙަޟްރަތަށް ރުޖޫޢަވެ އެކަލާންގެ ތައުބާ ތިޔަބައިމީހުންނަށް ލިބޭށޭ." 

އަދި ނުނިމޭ 

- އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ބުރާސްފަތިދުވަހުގެ ރޭ "މަރުޙަބާ ރަމަޟާން" ގެ ނަމުގައި ޑރ. އާދަމް ޝަމީމް ދެއްވި ދަރުސުން

 

މިއަދު އޮންލައިން