ރަމަޟާން މަސް އައުމުން ހުރިހާ ބޮޑެތި ޝައިޠޯނުންތައް ﷲ ތަޢާލާ ކަސްތޮޅު އަޅުއްވަވާނެކަން އެއެއްޗެއްސަށް ވެސް އެނގޭނެތީ ރަމަޟާން މަސް ކައިރިވާވަރަކަށް އެއެއްޗެތީގެ މަސައްކަތްތައް އިތުރުކޮށް ވަރުގަދަކުރާނެއެވެ.
އެޢަމަލެއް ކުރުމުން 40 ދުވަސްވަންދެން އެމީހަކު ކުރާ ނަމާދުވެސް ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާނެކަމަށް ޙަދީޘްފުޅުގައިވާ ފާފަތައް ކުރުވަން ގަދައަޅައި މަސައްކަތްކުރާނެއެވެ. އަދި އެނޫން ފާފަތައް ކުރުވަންވެސް މަސައްކަތްކުރާނެއެވެ.
ހަމައެންމެ ބޭނުމަކުއެވެ. އެގޮތުންވެސް އެމީހާގެ ރަމަޟާން މަސް ހަލާކުކޮށްލުމަށެވެ. އެމީހަކީ ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ އަޅަކަށް ހެދޭތޯއެވެ. ރަމަޟާން މަހުގެ ފައިދާއިން މަޙްރޫމްކުރުވޭތޯއެވެ. ރަމަޟާން މަހު ފާފަފުއްސަވައި ދެއްވަވާ އަޅުންގެތެރޭގައި ހިމެނުނަ ނުދިނުމަށެވެ.
ރަމަޟާން މަސް ފެށުމުގެ ކުރިން ބޮޑެތި ފާފަތައް ކުރުވޭތޯ ޝައިޠޯނާއަށް ކުރެވުނުހައި މަސައްކަތެއް ކުރާނެކަން އެނގޭއިރު މިހާރުން ފެށިގެން އެކަމަށް ސަމާލުކަންދީ ކިތަންމެ ކުޑަ ފާފައެއްވިޔަސް ނުކުރަން މަސައް ކަތްކުރާށެވެ!
މިކަމުން ސަލާމަތްވުމަށް އެންމެ ޚާއްޞަ ކަމެއްގެ ގޮތުން އެންމެ ބޮޑަށް ސަމާލުކަންދީގެން ކުރަން އޮތް އޮތްކަމަކީ އިޚްލާޞްތެރި ތައުބާއަކުން އަވަހަށް ތައުބާވުމެވެ. ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅަކަށްވުމެވެ. ވީމާ އަވަހަށް އެކަން ކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން