ލޮބުވެތި އަޚުންނާއި އުޚްތުން. ބަރަކާތްތެރި ރަމްޟާންމހަހަކީ މަސައްކަތާ މުރާލިކަމާ މީހުންގެ ޙައްޤުތައް އަދާކުރުމާ ޤައުމު ކުރިއެރުވުމުގެ މައްސަރެއް. ބަރަކާތްތެރި ރަމްޟާންމަހަކީ ސިއްޙަތާ ޢާފިޔަތާ ދުޅަހެޔޮކަމުގެ މައްސަރެއް. އެކަން އަޅުގަނޑުމެންނަށް ކީރިތި ޤުރުއާނާ ސުންނަތުން އަދި އަޅުގަނޑުމެންނަށް އިސްވެދިޔަ މާތް ސަލަފުން ސާބިތުކޮށްދެއްވައިފި.
ރަމަޟާންމަސް ޝަރުޢުވީ އިސްލާމްދީނުގެ އެންމެފުރަތަމަ އެންމެ ބޮޑު ހަނގުރާމަ މުސްލިމުންނަށް ކުރިމަތިވީ ބަދުރުހަނގުރާމަ، 300 މުއުމިނުން މުސްލިމުން އެއްހާސް ދުޝްމަނުންގެ މައްޗަށް ނަސްރާއި ކާމިޔާބު ހޯދީ ރޯދައިގެ ހާލަތުގަ، ރަމަޟާންމަހުގަ. އެއީ އެއްވެސް ހާލެއްގައި މީހާގެ ނަފްސާނިއްޔަތު ބަލިކަށިވެ އޭނާގެ ރޫޙާނިއްޔަތު ޟައީފުވެ ޝަހުވަތްތަކުގެ މައްޗަށްލެނބޭ މައްސަރެއްނޫން.
އަދި ކީއްތޯ، އިސްލާމީ ތާރީޚުގަ ވަރަށްގިނަ ވަރަށްގިނަ ޙާދިޘާތަކުގަ ނަސްރާނަސީބު ދެއްވާފަވަނީ މުއުމިނުންނަށް މި ބަރަކާތްތެރި މައްސަރުގަ ބަރަކާތްތެރި ރަމްޟާންމަހުގަ، އޭގެ މާނައަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅި ރަނގަޅުކުރަން އެބަޖެހޭ. އަޅުގަނޑުމެން މުރާލިވެ އަޅުގަނޑުމެން ހީވާގިވެ އަޅުގަނޑުމެން ރަމަޟާންމަހުގަ މި އަޅުކަމާ މަސެއްކަތާ މި ދެކަމުގަ ބެލެންސްކުރަން އެބަޖެހޭ. ޙާއްސަކޮށް އަޅުކަމަށް ހިއްވަރެއް އިތުރު ހިއްވަރެއް ދޭން އިތުރު ސަމާލުކަމެއްދޭން ﷲ ސުބުޙާނަހޫ ވަތަޢާލާއަށްޓަކާ އަޅުގަނޑުމެން އަޅުވެތިވާން އަޅުކަން އަދަކުރަން.
ރޭގަނޑު އަވަހަށް ނިދާފަ އަވަހަށް ހޭލަން. ދުވާލު ކުޑަކޮށް ރެސްޓްކޮށްލާފަ ބާކީ ޙުޤޫޤުތައް އަދާކުރަން. ﷲ ތަބާރަކަ ވަތަޢާލާ ރޭގަނޑުގެ ތިންވަނަ ބައިގަ ނުޒޫލުވެ ވޮޑައިގަންނަވާ. އަދި އެކަލާންގެ އަޅުތަކުންނަށް ނިދާއިއްވަވާ:
"ތިމަން އިލާހަށް ދުޢާދަންނަވާނީ ކާކުހޭ، އެމީހެއްގެ ދުޢާ އިޖާބަކުރައްވަން. ތިމަން ﷲ ގެ ޙަޟްރަތުން ކަމަކަށް އެދޭހުރީ ކާކުހެއްޔޭ، އެމީހަކަށް އެ ކަމެއް ދެއްވަން. ތިމަން ﷲ ގެ ޙަޟްރަތަށް ތައުބާވަނީ ކާކުހެއްޔޭ، އެމީހެއްގެ ތައުބާ ތިމަން ﷲ ޤަބޫކުކުރައްވަން." އެކަމަކު އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަބަޔަކަށް އެ ވަގުތުދަނީ މުނިފޫހިފިލުވުމުގަ ނުވަތަ އެހެން ޚިޔާލުތަކާ ފިކުރުތަކުގަ.
- އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ބުރާސްފަތިދުވަހުގެ ރޭ "މަރުޙަބާ ރަމަޟާން" ގެ ނަމުގައި ޑރ. އާދަމް ޝަމީމް ދެއްވި ދަރުސުން