ރަމަޟާން މަސް އައުމުގެ ކުރިން ރޭއަޅުކަން ކުރަން އޮތް ހުރަސް ނައްތާނުލައި ރޭއަޅުކަމެއް ނުކުރެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ރަމަޟާން މަސް އައުމުގެ ކުރިން ރޭއަޅުކަން ކުރަން އޮތް ހުރަސް ނައްތާނުލައި ރޭއަޅުކަމެއް ނުކުރެވޭނެ!

މީސްތަކުންނޭވެ! ރޭގަނޑުގެ އަރާމު ނިދި ދޫކޮށްލައި ތެދުވެ ވުޟޫކޮށް ރޭއަޅުކަންކުރަން ކުރަން ފެށުމާއިއެކު ﷲ ތަޢާލާ އެމީހަކަށްޓަކައި ފަޚުރުވެރިވެވޮޑިގަންނަވާކަން ކީރިތި ޤުރްއާނުންވެސް ޔަޤީންކުރެވެއެވެ. އަދި އެވަރަކުން ފުއްދަވައިލައްވަވަނީއެއް ނޫނެވެ. އޭނާ ބޭނުންވެގެން ހުރި ކަންކަން އެންމެ މޮޅަށް އެނގިވަޑައިގަންނަވާ ޙާލުކޮޅުގައިވެސް ޢޭނާ ބޭނުންވަނީ ކޮންކަމެއްތޯ ބެއްލެވުމަށް މަލާއިކަތުންނަށް އަންގަވަތެވެ. 

އެހިނދު މަލާއިކަތުން އެކަން ބެއްލެވުމަށްފަހު ދަންނަވަތެވެ. "އޭނާ ބޭނުންވަނީ އިނބަ ﷲ ގެ ރަޙްމަތަށާއި (އޭނާ ބޭނުންވެގެން އުޅޭކަމެއް) ގެ އިތުރުން އޭނާގެ ފާފަތައް ފުއްސަވައިދެއްވެވުމަށެވެ." އެހިނދު މަލާއިކަތުން ހެކިކުރައްވަވައި އޭނާގެ ފާފަތައް ފުއްސަވައިދެއްވަވަތެވެ. އަދި އެމީހަކު (ދުޢާކޮށް) އެދޭ ކަންކަންވެސް ހިންމަވައިދެއްވަވަތެވެ. ނަމަވެސް އެމީހަކާއި ހަމައަށް އެކަން ފޯރާނީ ﷲ ތަޢާލާ އެކަމަށް ކަނޑައަޅުއްވަވާފައިވާ ވަޤުތުޖެހުމުންނެވެ. 

މިދެއްކެނީ އައުވާހަކަތަކެއް ނޫނެވެ. އަބަދުވެސް ކިޔައިދެވޭ ވާހަކަތަކެވެ. ދެން ވިސްނާލަންވީ މިކަންކަން އެނގޭއިރުވެސް މީސްތަކުންނަށް ރޭއަޅުކަން ނުކުރެވި ކަތްނެތްވެ ނިދަންތިބެވޭ ސަބަބަށެވެ. ރޭއަޅުކަންކުރަން ހުރަސްއެޅޭ ސަބަބަށެވެ. އެސަބަބަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި އެމީހަކަށް ކުރެވެމުންދާ ފާފަތަކެވެ. 

ވީމާ ރޭއަޅުކަންކުރަން ބޭނުންވާ މީހާ ފުރަތަމަ ކަމަކަށް ފާފަކުރުން ހުއްޓައިލާށެވެ! އަދި ތައުބާވުމަށް އަވަސްވެގަންނާށެވެ! އެހުރަސް ނައްތައިލެވޭނެ މަގަކީ އެއީއެވެ.

- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން 

އެނގިގެން މިދިއައީ ރޭއަޅުކަން ނުކޮށް ކަންނެތްވެ ނިދަން ތިބެވެނީ ރޭއަޅުކަން ކުރަން ހުރަސްއެޅޭތީ ކަމާއި އެޅޭ ހުރަހަކީ ކުރެވޭ ފާފަތައް ކަމެވެ. ވީމާ ރަމަޟާން މަހު ރޭއަޅުކަން ކުރަން ހިތުލައިގެން ހުންނަ މީހާއަށް ފުރަތަމަ ކަމެއްގެ ގޮތުންވެސް ކުރަން އޮތް ކަމަކީ ނުވަތަ އަވަސްވެގަންނަންވީ ފާފަކުރުން ހުއްޓާލައި ތައުބާވުމަށެވެ.

މިއަދު އޮންލައިން