މި 6 ކަމުން ދުވަސްފަށާ މީހަކަށް އޭނާ އެދޭ ކަންކަން ޙާޞިލްކުރެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
މި 6 ކަމުން ދުވަސްފަށާ މީހަކަށް އޭނާ އެދޭ ކަންކަން ޙާޞިލްކުރެވޭނެ! އިން ޝާ ﷲ

އެންމެ ފައިދާހުރި ގޮތުގައި ދުވަސް ފެށޭނީ ގަޑި ނުޖެހި މަސައްކަތު ދިއުމަކުން ނޫނެވެ. އަދި ހަށިގަނޑަށް ފައިދާހުރި ތަކެތިން ހެނދުނުގެ ސައި ބުއިމަކުންވެސް ނޫނެވެ. ކޮންމެ މީހަކު ވެސް ބޭނުންވާނީ އެންމެ ފައިދާހުރި ގޮތުގައި ދުވަސް ފަށަން ކަމަށްވާއިރު އެހެން ހުރިހާ ކަމަކަށްވުރެ ބޮޑަށް ސަމާލުކަންދީގެން ކުރަން ޖެހޭ 6 ކަމެއް ފާހަގަކޮށްލާނަމެވެ.

އެއީ:

1 ފަތިސްވުމުގެ ކުރިން ދަމުނަމާދުކުރުން

2 ފަތިސްވުމުން ފަތިސް ނަމާދުގެ އިހު ސުންނަތް ކުރުން

3 ފަތިސް ނަމާދުކުރުން

4 ޛިކްރުކުރުން

5 ކީރިތި ޤުރްއާނުން މިންވަރެއް ކިޔެވުން

6 ޟުޙާ ނަމާދުކުރުން މިއެވެ.

މިއީ މިކަންކަން ކުރަން ޢަޒުމް ކަނޑައަޅައިފި މީހަކަށް ކުރަން އެއްވެސް ބުރަކަންކަމެއް ނޫނެވެ. މި 6 ކަންތަކުން ދުވަސް ފަށާ މީހާއަށް ﷲ ތަޢާލާގެ ރަޙްމަތް ދާނީ އޮހެމުންނެވެ. އަދި ކޮންމެ ދުވަހަކުވެސް އެމީހަކު ހުންނާނީ ﷲ ތަޢާލާގެ ބެލެނިވެރިކަމުގެދަށުގައެވެ. އެމީހަކަށް އެއްވެސް ދެރައެއް ގެއްލުމެއް ދެވޭނެ އެއްވެސް މީހަކު ނުހުންނާނެއެވެ.

މަސައްކަތު ދިއުމަށްފަހު ޟުޙާ ނަމާދު ކުރެވޭނެ ކަމުގެ ޔަޤީންކަން ނެތް މީހުން މަސައްކަތު ދިއުމުގެކުރިން ކޮނަމެ ގޮތަކުން ނަމަވެސް ޟުޙާ ނަމާދުކުރަން އާދަކުރާށެވެ! އެކަމުގެ ފައިދާ ދެދުނިޔޭގައިވެސް ފެންނާނެއެވެ! އިންޝާ ﷲ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން