ތިބާއަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން އިތުރުވެ ﷲ ތަޢާލާގެ ޙަޟްރަތަށް އެންމެ ބޮޑަށް ކުއްތަންވެވޭނެ ޢަމަލު: ޝައިޚް އަބޫބަކުރު ޒައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ތިބާއަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން އިތުރުވެ ﷲ ތަޢާލާގެ ޙަޟްރަތަށް އެންމެ ބޮޑަށް ކުއްތަންވެވޭނެ ޢަމަލު: ޝައިޚް އަބޫބަކުރު ޒައުދު

އިސްލާމް ދީނަށް ބަލައިފިނަމަ ހެޔޮ ޢަމަލުތައް ވަރަށް ގިނައެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި އެކަލާނގެ އާއި ކުއްތަންވެވޭނެ ޢަމަލުތައްވެސް ވަރަށް ގިނައެވެ. އެހެނަސް އެހުރިހައި ކަމެއްގެ ތެރެއިންވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން އިތުރުވެ އެންމެ ބޮޑަށް ކުއްތަންވެވޭނެ ޢަމަލަކީ ކޮބައިކަން އެނގޭހެއްޔެވެ؟

އެ ޢަމަލަކީ ކީރިތި ޤުރްއާން ކިޔެވުމެވެ. ކިޔަވަންވީވެސް ވަކި ޞަފްޙާތަކެއް ނުވަތަ ވަކި ސޫރަތްކެއް ކިޔަވައި ނިންމައިލާ ގޮތަކަށް ނޫނެވެ. މަދު އާޔަތްކޮޅެއް ކިޔަވާށެވެ. ދެން އެއިގެ ތަރުޖަމާ ކިޔާށެވެ! ތަފްސީރުވެސް ކިޔާށެވެ! އެނގުނު ކަންކަމަށް ވިސްނައި ފިކުރުކުރާށެވެ. އަދި އެންމެ މަތީ ހަރުފަތަށް އެރުމަށްޓަކައި ޢަމަލުވެސް ކުޜާށެވެ. 

ﷲ ތަޢާލާ، ޤުރްއާނުގެ ފުރަތަމަ ޢާޔަތަކަށްވެސް ވަޙީ ކުރެއްވެވީ "އިޤްރައު" (ކަލޭގެފާނު ކިޔަވާށެވެ!) އެވެ. އެއީ ސަބަބެއް ނެތިއެއް ނޫނެވެ. ކީރިތި ޤުރްއާން ކިޔެވުމާއި ޢަމަލުކުރުމުގެ މުހިންމުކަން ބޮޑުކަމުންނެވެ. 

މީސްތަކުންނޭވެ! ޤުރްއާނަށް ޢަމަލުކުރުނަމަތީގައި ދެމިހުރެއްޖެ މީހާ މަގުފުރެދިގެން ނުދާނެއެވެ. އެމީހަކަށް ﷲ ތަޢާލާގެ ރަޙްމަތް އަބަދުވެސް ދާނީ އިތުރުވަމުންނެވެ. އޭނާ ހުންނާނީ ހިތްހަމަޖެހިގެން އުފަލުގައެވެ. ވީމާ ﷲ ތަޢާލާ ޢާއި ކުއްތަންވުމަށް އެދޭމީހާ ޤުރްއާން ކިޔެވުމަށާއި އުނގެނުމަށާއި ޢަމަލުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭށެވެ!  

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން