ޤިޔާމަތް ދުވަހު ޝަހީދުންނަށްވުރެ މަތީ ދަރަޖަ ހޯދައިގެން ޝަހީދުންނަށްވުރެ ކުރިން ސުވަރުގެ ވަންނަން އެދޭމީހާ އެކަމަށް ތައްޔާރުވާން ލިބޭ ފުރުޞަތު ނަގާލަން ހެޔޮނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
ޤިޔާމަތް ދުވަހު ޝަހީދުންނަށްވުރެ މަތީ ދަރަޖަ ހޯދައިގެން ޝަހީދުންނަށްވުރެ ކުރިން ސުވަރުގެ ވަންނަން އެދޭމީހާ އެކަމަށް ތައްޔާރުވާން ލިބޭ ފުރުޞަތު ނަގާލަން ހެޔޮނުވާނެ!

މިއަހަރުގެ ރަމަޟާން މަސް އައިސް ޖެހުނީއެވެ! ޝައުބާން މަހުގެ އެންމެ ފަހު ހަފްތާ ފެށުނީއެވެ. ދާދި އަވަހަށް ރަމަޟާން މަހަށް އަތްފޯރާނެއިރު އެމަހުގައި ކުރަންޖެހޭ އަޅުކަމަށް ތިބާ ތައްޔާރުވެގެން ތިއަ ހުރީ ކިހައިވަރަކަށް ހެއްޔެވެ؟ އެއްވެސް ވަރަކަށް ތައްޔާރުވެއްޖައިން ހެއްޔެވެ؟ 

މާތްﷲ އަންގަވާފައިވާ ގޮތުގައި ރޯދަ ހިފުމުގައި ކުރި ހޯދުމަކީ މާތްﷲގެ މަގުގައި ޝަހީދުވެގެންދާ މީހުންނަށްވުރެ ކުރިން ސުވަރުގެ ވައްދަވާ ކަމެކެވެ. އެކަން ތޮލްޙަތުގެފާނަށް ފެނިވަޑައިގެންނެވި ހުވަފެންފުޅަކާއި ގުޅިގެން ކައު އިތުރު ރަސޫލާ މުޙައްމަދު () އަށް ދެންނެވި ސުވާލެއްގެ ޖަވާބުގައި ވަނީ ބަޔާންކޮށް ދެއްވަވައިފައެވެ. 

އެންމެ ރަނގަޅެވެ. ކުރިން ސުވަރުގެ ވަދެވުނީމާ ލިބެނީ ކޮން މޮޅެއްތޯ ސުވާލުކޮށްފާނެއެވެ. ދުނިޔަވީ ނަޒަރަކުން ނިކަންބަލައިލަބަލާށެވެ. އައިފޯނުގެ އައު ސީރީޒެއް ނުކަންނައިރު އެންމެން ކިޔޫގައި ޖެހިގެން އަވަހަށް ހޯދަން އުޅެނީ ކީއްވެގެން ހެއްޔެވެ؟ ފަހުންވެސް ލިބޭނީ ހަމަ ފޯނެއް ވިއްޔާއެވެ. 

ދެން ނިކަން ޢާޚިރަތް ދުވަހަށް ބަލައިލަބަލާށެވެ. ސުވަރުގެއަށް ވައްދަވާ ފުރަތަމަ މީހުން ސާދަވިލޭރޭގެ ހަނދުގެ ގޮތުގައި ސިފަކޮށްދެއްވަވާފައިވާއިރު 2 ވަނަ ބުރު ސިފަކޮށް ދެއްވަވާފައިވަނީ ތަރިތަކުގެ ގޮތުގައެވެ. ތަފާތު ފެނޭ ހެއްޔެވެ؟ 

ކުރިން ބުނި ފަދައިން އައިފޯނެއް އަވަހަށް ހޯދަން ތިބާ ކިޔޫގައި ހުރެއްޖައީމުއެވެ. ވީއިރު އަވަހަށް ސުވަރުގެ ވަދެ މާތްﷲ (ދެއްކެވި މިންވަރެއް) ދެކިލަން ބޭނުމެއް ނުވޭ ހެއްޔެވެ؟ އެންމެ ފުރަތަމަ މީހެއްގެ ގޮތުގައި ރަސޫލާ މުޙައްމަދު ()ގެ ހަށިކޮޅުގައި "ބައްދައިލަން"، ކޮނޑާ ކޮނޑު ޖައްސައި ސަލާން ކޮށްލަން ބޭނުން ނުވަނީ ހެއްޔެވެ؟ 

އެނގޭ ހެއްޔެވެ؟ ފުރިހަމަ ގޮތުގައި ރޯދަ ހިފުމަކީ ކީރިތި ޤްރްއާން ހިތުދަސް ހާފިޛުންނަށްވުރެ ކުރި ހޯދޭ ކަމެކެވެ. އަދިވެސް ބުނަންހެއްޔެވެ؟ ފުރިހަމަ ގޮތުގައި ރޯދަހިފާ މީހާ އާއި ޝަހީދުންނާއި ހުރި ތަފާތަކީ އުޑާއި ބިމާއި ހުރި ތަފާތެވެ. 

ލޮބުވެތި އަޚުންނޭވެ. އުޚުތުންނޭވެ. ކުރިއަށް އެންމެ 4 ވަރަކަށް ދުވަހުގެ ތެރޭގައި މިފެށެނީ މި ބަރަކާތްތައް ހާޞިލުކުރެވެން އޮތް ރަން މޫސުމެވެ. ތައްޔާރުވުން އަވަސްކުރާށެވެ.  ހިތާއި ނަފްސު އެކަމަށް ތައްޔާރުކުރުވާށެވެ. ވަގުތު މިހާރުވެސް މާބޮޑަށް ކުޑަތަންވެއްޖެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން