ޢިޝާ ނަމާދުގެ ފަހުގައި ވިތުރި ކުރުމަށްފަހު ދަމުނަމާދުގެ ފަހުގައި ވިތުރި ކުރަން ޖެހޭނެތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ޢިޝާ ނަމާދުގެ ފަހުގައި ވިތުރި ކުރުމަށްފަހު ދަމުނަމާދުގެ ފަހުގައި ވިތުރި ކުރަން ޖެހޭނެތޯ؟

ޢިޝާ ނަމާދުގެ ފަހުގައި ވިތުރި ކުރުމަށްފަހު ދަމުނަމާދުގެ ފަހުގައި ވިތުރި ކުރަން ޖެހޭނެތޯ؟ ބައެއް މީހުން ސުވާލުކުރެއެވެ. ރަމަމާން މަސް ކައިރިވެގެން އަންނައިރު މިއީ ތާޒާކޮށްލުން މުހިންމު ކަމެކެވެ.  

ޖަވާބު:. رسول الله އުއްމަތަށް އިރުޝާދު ދެއްވާފައިވަނީ ރޭގަނޑުގެ އެންމެ ފަހުގެ ނަމާދަކީ ވިތުރި ކަމުގައި ހަދާށޭ. އެހެންވީމާ، ޢިޝާ ނަމާދު ކޮށްގެން ވިތުރި ކޮށްފަ ހުއްޓާ ދަމުނަމާދަށް ހޭލެވިއްޖެއްޔާ ފުރަތަމަ ޖެހޭނީ ވިތުރި ކަނޑަން. ވިތުރިއަކީ އެއީ އޮނަހިރި ޢަދަދެއް އެހެންވީމާ އިތުރު އެއްރަކްޢަތް ކުރީމައި އިންނާނީ ހިރި ޢަދަދަކަށް ބަދަލުވެފައި. ހިރި ޢަދަދަކަށް ބަދަލުވީމައި އެހިސާބުން އޭނައަށް ވިތުރި ކެނޑުނީ އެ ދެން އޭނާ ދަމުނަމާދުކޮށް ނިންމާލަންވީމައި ވިތުރި ކުރައްވާނީ. (އެއް ރަކްޢަތް)

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް  

ދަމުނަމާދުކުރަން ބޭނުންވާ ގިނަ ބައަކު ޖަމާޢަތުގައި ވިތުރިކުރާއިރު އެންމެފަހު ރަކްޢަތްނުކޮށް ދޫކޮށްލައެވެ. އެއީ ފަހުން ދަމާދުކުރުމަށްފަހު އެރަކްޢަތް ކުރުމަށެވެ. އެގޮތަށް ކުރުމުންވެސް މައްސަލަ އެއޮތީ ޙައްލުކުރެވިފައެވެ. އިން ޝާ ﷲ

 

މިއަދު އޮންލައިން