ތިމާގެ ފުރާނައަކީވެސް ﷲ ތަޢާލާ މިމޭރުމުން ވަޙީ ކުރައްވަވާނެ ފުރާނައަކަށްވުމަށް ނުއެދޭނީ ކާކު؟ ފުރުޞަތުގެ ބޭނުން ނުހިފާ ދޫކޮށްލަން ހެޔޮވާނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ތިމާގެ ފުރާނައަކީވެސް ﷲ ތަޢާލާ މިމޭރުމުން ވަޙީ ކުރައްވަވާނެ ފުރާނައަކަށްވުމަށް ނުއެދޭނީ ކާކު؟ ފުރުޞަތުގެ ބޭނުން ނުހިފާ ދޫކޮށްލަން ހެޔޮވާނެތަ؟

އަހުރެމެން އެންމެން މަސައްކަތް މިކުރަނީ މިބޮޑު ނަޞީބަށް އެދިގެން ނޫންހެއްޔެވެ؟ ﷲ ތަޢާލާ މިފަދައިން އެމީހަކަށް ވަޙީކުރައްވަވާނެ ބޮޑު ނަޞީބު ލިބޭނެ މީހުންގެ ތެރެއިންވުމަށް ބޭނުންނުވާނީ ކާކުހެއްޔެވެ؟ 

"އޭ ހިތްހަމަޖެހިގެންވާ ފުރާނައާއެވެ! ރުހިގެންހުރެ، ރުހުން ލިބިގެންވާ ޙާލް، ތިބާގެ ވެރިރަސްކަލާނގެ ޙަޟްރަތަށް އެނބުރިދާށެވެ! ފަހެ، ތިމަންރަސްކަލާނގެ އަޅުންގެ ތެރެއަށް ވަންނާށެވެ! އަދި ތިމަންރަސްކަލާނގެ ސުވަރުގެއަށް ވަންނާށެވެ!" (އަލްފަޖްރް: 27-30) 

މިފަދަ ނަޞީބަކަށް އެދޭ މީހާއަށް އޮތީ އެކަމަށް އެދި ގަދައަޅައި އެކަން ޙާޞިލުކުރަން މަސައްކަތްކުރުމެވެ. ފުރުޞަތަކީ ޢާންމުކޮށް ހުރިހާ މުސްލިމުންނަށް ހުޅުވިގެންވާ ފުރުޞަތެކެވެ. އޮތީ ފުރުޞަތުގެ ބޭނުން ކުރުމާއި ނުކުރުމެވެ.  

މީސްތަކުންނޭވެ! ކޮންމެ މީހަކަށްވެސް މިބޮޑު ނަޞީބު ޙާޞިލްކުރުމުގެ ފުރުޞަތު އެބައޮތެވެ. ވަކިމީހަކަށް ނޫނެވެ. ހަމަ ކޮންމެ މީހަކަށެވެ. ބަލައިގަތުމާއި ނުގަތުން އޮތީ އެމީހެއްގެ އަތްމަތީގައެވެ. 

އަވަހަށް ޢަމަލުތައް އިޞްލާޙްކޮށްލާށެވެ! ތަޤްވާވެރިކަން އިތުރުކުރަން ކުރާ މަސައްކަތް އިތުރުކޮސްލާށެވެ. މިއީ އެކަމަށް އޮތް އެންމެ ރަނގަޅު މޫސުމެވެ. ފުރުބަތުގެ ބޭނުން ހިފާށެވެ. 

ދުޢާއަކީ އެންމެހައި މުސްލިމުން ކުރާ ހެޔޮ އަމަލުތައް ޤަބޫލުފުޅުކުރައްވަވައި މި މަތިވެރި ނަޞީބު މިންވަރުފުޅުކޮށްދެއްވެވުމެވެ! އާމީން 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން