ޢާއިޝަތު ރަފާޙް ޢަލީ
ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘުކުރައްވާފައިވާ ހަދީޘެއްގެ މާނައިގައިވެއެވެ.
أَنَّ رَجُلاً سَأَلَ رَسُولَ اللهِ صلى الله عليه وسلم أَيُّ الإِسْلاَمِ خَيْرٌ قَالَ” تُطْعِمُ الطَّعَامَ وَتَقْرَأُ السَّلاَمَ عَلَى مَنْ عَرَفْتَ ، وَمَنْ لَمْ تَعْرِفْ
މާނަ : މީހަކު ރަސޫލުﷲ صلى الله عليه وسلم އާއި ސުވާލު ކުރެއްވިއެވެ. އިސްލާމުކަމުގެ އެންމެ ރިވެތި ޞިފައަކީ ކޮބައިތޯއެވެ؟ އެކަލޭގަފާނު ޙަދީޘް ކުރެއްވިއެވެ. ” ބޭނުންޖެހިފައިވާ މީހުންނަށް ކާއެތިކޮޅު ދިނުމެވެ. އަދި ތިބާ ދަންނަ މީހުންނަށާއި ނުދަންނަ މީހުންނަށް ސަލާމް ގޮވުމެވެ. “
އެހެން ޙަދީޘެއްގައި އެކަލޭގަފާނު صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.
”لا تدخلوا الجنة حتى تؤمنوا، ولا تؤمنوا حتى تحابوا، أولا أدلكم على شيء إذا فعلتموه تحاببتم؟ أفشوا السلام بينكم “
މާނަ : “ތިބައިމީހުންގެެ ތެރެއިން އެއްވެސް މީހަކު އީމާން ނުވަނީސް ސުވަރުގެ ނުވަންނަހުއްޓެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަަކަށް ލޯބި ކޮށްފުމަށްދާންދެން އީމާންކަން ފުރިހަމަ ނުވާހުއްޓެވެ. އެކަމެއްކޮށްފިނަމަ ތިޔަބައިމީހުންގެ މެދުގައި ލޯބި އުފެދޭނޭ ކަމެއް ތިމަންކަލޭގެފާނު ބުނެދެންހެއްޔެވެ؟ ތިޔަބައިމީހުންގެ މެދުގައި ސަލާމްކުރުން ފަތުރާށެވެ.”