ސުންނަތް ނަމާދުކުރުން ގިނަކޮށް އަދި ސުންނަތް ރޯދަ ހިިފުން ގިނަކުރަންވީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ސުންނަތް ނަމާދުކުރުން ގިނަކޮށް އަދި ސުންނަތް ރޯދަ ހިިފުން ގިނަކުރަންވީ ކީއްވެ؟

ޢިލްމުވެރިން ބަޔާންކުރައްވާގޮތުގައި ފަރުޟް ކަންކަމަކީ ކޮންމެހެން ކުރަންޖެހޭ ކަންކަމެކެވެ. ސުންނަތް އަޅުކަން ކުރުމުން އަންގައިދެނީ އެމީހަކު ﷲ ތަޢާލާ ގެ ރުހިވޮޑިގަތުން ހޯދަން ދަހިވެތިވެފައިވާ މިންވަރެވެ. ﷲ ތަޢާލާގެ ރުއްސެވުން ލިބުމަށް ބޭނުންވެފައިހުރި މިންވަރެވެ. 

ފަރުޟު ނަމާދުތައް ކުރިނަމަވެސް އެއިގެ ތެރެއިން ޤަބޫލުފުޅު ކުރައްވަވާނީ ކިތައް ނަމާދުކަމެއް ނުއެނގޭނެއެވެ. އެކަން އެނގޭނީ ޙިސާބު ބައްލަވާ ވަގުތުގައެވެ. ސުންނަތް ނަމާދުތައް ކޮށްފައި ހުރުމަކީ ފަރުޟު ނަމާދުތަކުން އުނިވާބައި ސުންނަތް ނަމާދުތަކުން ލައްވަވައި ދެއްވަވާނެ ކަމެކެވެ. އިން ޝާ ﷲ 

ހަމަ އެއާއިއެކު ސުންނަތް ރޯދަތައް ހިފުމާއި ސުންނަތް ނަމާދުތައް ކުރުމަކީ އެމީހާގެ ދަރަޖަ ﷲ ތަޢާލާގެ ޙަޟްރަތުގައި މަތިވެރިކުރައްވަވާނެ ކަމެކެވެ. އިން ޝާ ﷲ އަދި އެމީހާއަށް ހެޔޮގޮތްތައް މިންވަރު ކުރައްވަވާނެ ކަމެއްވެސް މެއެވެ. އަދި ސުންނަތް ނަމާދުތައް ކުރުން ގިނަކުރުމާއި ސުންނަތް ރޯދަ ހިފުން ގިނަކުރުމަށް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ވަރަށް ބޮޑަށް ބާރުއަޅުއްވަވައިފައެވެ. 

ފަރުޟުތައް އަދާކުރުމާއިއެކު ސުންނަތް އަޅުކަންކުރުން ގިނަކުރަންޖެހޭ އެންމެ ބޮޑު ސަބަބަކީ ކޮންމެ ގޮތަކުން ނަމަވެސް މީޒާނުގައި ތިމާގެ ކޮޅަށް ބަރުކުރެވޭތޯއެވެ! އަދި ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ސުވަރުގެ ވައްދަވާ އަޅުންގެތެރޭގައި ތިމާ ހިމެނެތޯއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން