ދަތްތައް ސާފުކުރުމުގެ މުހިއްމުކަން ޙަދީޘުން –

ކިޔުމަށް ހޭދަވާނީ 1މ 54ސ
ދަތްތައް ސާފުކުރުމުގެ މުހިއްމުކަން ޙަދީޘުން –

ޢާއިޝަތު ރަފާޙް ޢަލީ

 

ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. 

السِّوَاكُ مَطْهَرَةٌ لِلْفَمِ مَرْضَاةٌ لِلرَّبِّ ”

މާނައީ: ދަތްއުނގުޅުމަކީ އަނގައަށް ލިބޭ ތާހިރުކަމެކެވެ. އަދި ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭކަމެކެވެ. “ 

ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. 

أَنَّ رَسُولَ اللَّهِ -صلى الله عليه وسلم- كَانَ إِذَا قَامَ مِنَ اللَّيْلِ يَشُوصُ فَاهُ بِالسِّوَاكِ.

މާނައީ: ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައަލަމަ ރޭގަނޑު (ނިދިން) ތެދުވެއްޖެކަމުގައިވާނަމަ އެކަލޭގެފާނުގެ ދަތްތައް އުނގުޅައި ސާފުކުރައްވައެވެ. 

كَانَ يَبْدَأُ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا دَخَلَ بَيْتَهُ قَالَتْ بِالسِّوَاكِ‏.‏

ގެއަށް ވެދެވަޑައިގެން އެންމެ ފުރަތަމަ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރައްވާ ކަމަކީ ކޮބައިތޯ ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިހުން ތިމަންކަލޭގެފާނު ސުވާލު ދެންނެވީމެވެ. ވިދާޅުވިއެވެ. ދަތް އުނގުޅުއްވުމެވެ.”

މިއަދު އޮންލައިން