ޚުޠުބާ: ރޯދަވީއްލުން އަވަސްކުރުމާ، ހާރުކެއުން ފަސްކުރުމާ ހާރުކާންޖެހޭނެކަން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ޚުޠުބާ: ރޯދަވީއްލުން އަވަސްކުރުމާ، ހާރުކެއުން ފަސްކުރުމާ ހާރުކާންޖެހޭނެކަން

މުސްލިމް އަޚުންނޭވެ! އިރު އޮއްސުމުން ރޯދަ ވީއްލުން އަވަސްކުރުމަށް، ކީރިތި ރަސޫލާ z އިރުޝާދު ދެއްވައި، ޙަދީޘް ކުރައްވާފައި ވެއެވެ. (لَا يَزَالُ النَّاسُ بـِخَيْرٍ مَا عَجَّلُوا الْفِطْرَ)[1] މާނައީ: "އިރު އޮއްސުމުން ރޯދަވީއްލުން އަވަސްކުރާހައި ހިނދަކު މީސްތަކުން ހެޔޮކަންމަތީ ފިލައިނުދާނެތެވެ." އަދި ރޯދައިގެ ސުންނަތްތަކުގެ ތެރޭގައި ކަދުރުން ރޯދަވީއްލުންވެސް ވެއެވެ.

ނަމަވެސް އަހަރެމެންގެ ސުފުރާ މަތީގައި ކަދުރު ހުންނައިރު ވެސް އެހެން އެއްޗަކުން ރޯދަވީއްލާ ތަން މަދުން ނަމަވެސް ފެނެއެވެ. މާތް ﷲ ރުއްސުން ލެއްވި އަނަސުގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. "رَسُوْلُ اللهِ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަމާދުފުޅު ކުރެއްވުމުގެ ކުރިން ރޯދަފުޅު ވީއްލަވައެވެ. އެކަލޭގެފާނު ރޯދަފުޅު ވީއްލަވަނީ ކަދުރުންނެވެ. ކަދުރުކޮޅެއް ލިބިވަޑައިނުގެންފިނަމަ ފެންފޮދަކުންނެވެ." 

މުސްލިމް އަޚުންނޭވެ! ރޯދައިގެ ސުންނަތްތަކުގެ ތެރޭގައި ހާރުކެއުން ހިމެނެއެވެ. ބައެއްމީހުން ރަނގަޅު ކަމެއްކަމަށް ހީކޮށް ހާރުނުކައި ރޯދައަށް ތިބެއެވެ. ނަމަވެސް ދީނީގޮތުން ބަލާއިރު އެއީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ސުންނަތާ ޚިލާފު ކަމެކެވެ. ރަސޫލާ z ޙަދީޘްކުރައްވާފައި ވެއެވެ. 

(تَسَحَّرُوْا فَإِنَّ فِى السَّحُوْرِ بَرَكَةً)[2]  

މާނައީ: "ތިޔަބައިމީހުން ހާރުކާށެވެ! ފަހެ، ހަމަކަށަވަރުން ހާރުކެއުމުގައި ބަރަކާތެއް ވެއެވެ." ކީރިތިރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާ ގޮތުގައި އަހުލުކިތާބީންގެ ރޯދަހިފުމާ މުސްލިމުންގެ ރޯދަހިފުމާ ދެމެދުގައިވާ އެއް ތަފާތަކީ މުސްލިމުން ރޯދަހިފުމަށްޓަކައި ހާރު ކެއުމެވެ. މީގެ އިތުރަށް ހާރުކެއުން ވީހާ ފަސްކުރުމަކީވެސް ސުންނަތެކެވެ

މިއަދު އޮންލައިން