ޚުޠުބާ: ރަމަޞާން މަހަކީ ރޭއަޅުކަންކުރުން ގިނަކުރުމާއިއެކު ޤުރްއާން ކިޔެވުން ގިނަކުރަން ޖެހޭ މައްސަރެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 57ސ
ޚުޠުބާ: ރަމަޞާން މަހަކީ ރޭއަޅުކަންކުރުން ގިނަކުރުމާއިއެކު ޤުރްއާން ކިޔެވުން ގިނަކުރަން ޖެހޭ މައްސަރެއް!

މުސްލިމް އަޚުންނޭވެ! ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރެވެ. އަރަހުށި މާތް ﷲ އަށް ކުއްތަންވުމުގެ މައްސަރެވެ. މިހެންވެ ސަލަފުއްޞާލިޙުން މި މާތް މައްސަރުގެ ރޭތަކާއި ދުވަސްތައް، އަޅުކަންކުރެއްވުމުގައި ގަދައަޅުއްވައި މަސައްކަތް ކުރެއްވިއެވެ. އިމާމު މާލިކު (رحمه الله) ރަމަޟާން މަސް އައުމުން ޙަދީޘް ޢިލްމު ކިޔަވައި ދެއްވުން ހުއްޓަވާލައްވައި، ކީރިތި ޤުރްއާން ކިޔަވައި ވިދާޅުވުމަށްޓަކައި ވަގުތު ހުސްކުރައްވައެވެ. 

ވީމާ ރަމަޟާން މަހުގައި ކީރިތި ޤުރްއާން ކިޔެވުމަށް ސަމާލުކަން ދޭށެވެ! ރޯދަހިފައި ކީރިތި ޤުރްއާންކިޔަވާ މީހާއަށް  ޤިޔާމަތް ދުވަހު ރޯދައާއި، ކީރިތި ޤުރްއާން މާތް ﷲ ގެ ޙަޟްރަތުގައި ޝަފާޢަތްތެރި ވާނެކަމަށް ވާރިދުވެގެންވެއެވެ. 

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައި ވެއެވެ. 

(يَقُوْلُ الصِّيَامُ أَيْ رَبِّ مَنَعْتُهُ الطَّعَامَ وَالشَّهَوَاتِ بِالنَّهَارِ فَشَفِّعْنِيْ فِيْهِ، وَيَقُوْلُ الْقُرْآنُ مَنَعْتُهُ النَّوْمَ بِاللَّيْلِ فَشَفِّعْنِيْ فِيْهِ قَالَ فَيُشَفَّعَانِ)[1] 

މާނައީ: "ރޯދަ ދަންނަވާނެތެވެ. މިއަޅާގެ ވެރިރަސްކަލާކޮ! ދުވާލުގެ ވަގުތުގައި، ކެއުންބުއިމާއި ޝަހުވަތްތަކުން މިއަޅާ އޭނާ މަޙްރޫމު ކުރުވީމެވެ. ފަހެ، އޭނާއާމެދު މިއަޅާގެ ޝަފާޢަތް ޤަބޫލު ކުރައްވާނދޭވެ! އަދި ކީރިތި ޤުރްއާން ދަންނަވާނެތެވެ. ރޭގަނޑުގެ ނިދިން މިއަޅާ އޭނާ މަޙްރޫމު ކުރުވީމެވެ. ފަހެ، އޭނާއާމެދު މިއަޅާގެ ޝަފާޢަތް ޤަބޫލު ކުރައްވާނދޭވެ! ފަހެ، އެމީހަކާ މެދު، ކީރިތި ޤުރްއާނާއި ރޯދައިގެ ޝަފާޢަތް މާތް ﷲ ޤަބޫލު ކުރައްވާނެތެވެ."ބުއްދިވެރިއަކީ ޙަޔާތުގެ އެންމެހާ ކަންތައްތައް ތަރުތީބުކޮށް، އިސްކަން ދޭންޖެހޭ ކަންތައްތަކަށް އިސްކަންދީ، ވާޖިބުތައް އަދާކުރުމަށް އަވަސްވެގަންނަ މީހާއެވެ. ރަމަޟާން މަހުގެ ފައިދާ ޙާޞިލު ކުރެވޭނީ އެމަހަށް ރަނގަޅަށް ތައްޔާރު ވެގެންނެވެ. 

މުސްލިމް އަޚުންނޭވެ! ރަމަޟާން މަހަށް މަރުޙަބާ ކިޔަންވީ ތަފާތު ބާވަތްތަކުގެ ކާބޯތަކެއްޗަށް އިސްކަންދީގެނެއް ނޫނެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. -- މާނައީ: "އަދި ތިޔަބައިމީހުން ދަތުރުމަތީގެ ކޮއްތު ލިބިގަންނާށެވެ! ފަހެ، ހަމަކަށަވަރުން އެންމެ މޮޅު ކޮއްތަކީ تَقْوَى އެވެ. އޭ ބުއްދީގެ أَهُلُ ވެރިންނޭވެ! ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް تَقْوَى ވެރިވާށެވެ!

މިއަދު އޮންލައިން