މިފަދަ މުހިއްމު ކަންތައްތަކުގެ ތެރޭގައި ޢިލްމުވެރިން ބަޔާންކުރައްވާ ކެއްތެރިކަމާ ކެއްތެރިކަމަށް ވަޞިއްޔަތް ކުރުން. ރަމަޟާންމަސް މީ ވަރަށްބޮޑު ފިލާވަޅެއް. އަޅުގަނޑުމެން ވަރަށްގިނަފަހަރު އަވަސްވެގަނެވޭ ކޮންމެކަމެއްގަވެސް. އަޅުގަނޑުމެން އަވަސްވެގަނޭ ދިރިއުޅުމުގެ ކަންކަމުގަވެސް އަދި އެނޫންވެސް ކަންކަމުގައިވެސް.
އެހެންވެ އަޅުގަނޑުމެންނަށް ވަރަށް ފަސޭހައިން ރުޅިއާދެވޭ ވަރަށް ފަސޭހައިން އަނެކުންގެ ޙައްޤަށް އަރައިގަނެވޭ، ވަރަށް ފަސޭޙައިން އަޅުގަނޑުމެންގެ ކެއްތެރިކަން ދޫވެގެންދޭ. ޢިލްމުވެރިން ވިދާޅުވަނީމީ ކެއްތެރިކަމުގެ މައްސަރޭ ރަމަޟާންމަހަކީ. ކެއުމާއި ބުއިމުގެ ޝަހުވަތް ކޮންޓްރޯލްކޮށްލެވޭނީ ކެއްތެރިކަން ހުރެގެން އެހެންނޫންތޯ. ވަރަށްގިނަ އަޅުގަނޑުމެންގެ ދުނިޔަވީ އެދުންތަކެއް އަޅުގަނޑުމެން ދޫކޮށްލަނީ ނުވަތަ ފަސްޖައްސާލަނީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށްޓަކާ، އެހެންވީމަ ކެއްތެރިވާށޭ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވަނީ
"ހަލާކުވެ ގެއްލި ހިނގައްޖޭ ހުރިހާ އިންސާނުން، އީމާންވެ ޞާލިހު ޢަމަލުކުރި މީހުން ފިޔަވާ އަދި ޙައްޤަށް ވަޞިއްޔަތްކޮށް ކެއްތެރިކަމަށް ވަޞިއްޔަތްކުރި މީހުން ފިޔަވާ (އެބަހީ: އިސްލާމްކަންމަތީ އީމާންކަންމަތީ މާތް ﷲ އަށް ކިޔަމަންތެރިކަން އަދާކުރުންމަތީގަ އަޅުގަނޑުމެން ކެއްތެރިވާންޖެހޭ)"
ލޮބުވެތި އަޚުންނާއި އުޚްތުން، މި ބަރަކާތްތެރި މައްސަރު އަޅުގަނޑުމެންނާ ބައްދަލު ކުރަނީ އިލާޙީ ވަރަށްބޮޑު މަރްޙަބާއަކާ ތަހުނިޔާއަކާ އެކީގަ. އެހެންވީމަ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވޭ " ރަމަޟާންމަހުގެ ފުރަތަމަ ރެއިންފެށީގެން ﷲ ސުބުޙާނަހޫ ވަތަޢާލާ މި އުންމަތަށް ބަރަކާތް ލައްވާ، ޚައިރާތުލައްވާ، ނިދާ އިއްވަވާ.
"އޭ ހެޔޮކަމުގެ އަހުލިވެރީންނޭ، ސަވާބާއި ދަރުމަ ބޭނުންވާ މީހުންނޭ،" اكبل " ކުރިމަތިލާށޭ އަވަސްކުރާށޭ ތިބާގެ މޫސުން އަތުވެއްޖޭ. އޭ ނުބައިކަމުގަ ދެމިތިބި މީހުންނޭ، އޭ ވިޔާނުދާ ކަންތައްތަކުގައި ވިދިފާ ޖެހިފަ ތިބިމީހުންނޭ "اكسل" ހުއްޓާލާށޭ، މާތް ﷲ މަތިން ހަނދުމަ ކުރާށޭ، ތައުބާ ވާށޭ ޙައްޤުމަގަށް ރުޖޫޢަވާށޭ. ރަމަޟާންމަސް އަތުވެއްޖޭ. ސުބްޙާނަﷲ މާތް ﷲ އިންތިޒާމް ކުރައްވާފައިވަނީ ރަމަޟާންމަސް އައީމަ މުއުމިނު އަޅުތަކުން އެކަލާންގެއަށް ކުއްތަންވާން، ޝައިތާނުންތައް ކަސްތަޅު އަޅުވާ، ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވާ، ނަރަކައިގެ ދޮރުކޮޅުތައް ބަންދުކުރައްވާ، ހެޔޮ ޢަމަލުގެ ބާޒާރު ވަރަށް ބޮޑަށް ހޫނުކޮށްދެއްވާފައެއް ނޫންތޯ މިއޮތީ. ﷲ އަކްބަރް އެހެންވީމ އެކަމަށް ތައްޔާރު ވާންޖެހޭ.
އެކަމަށް ތައްޔާރުވުމުގެ ގޮތުން އަޅުގަނޑުމެން ކީއްތޯ ކުރަންވީ. އެންމެފުރަތަމައިނުންވެސް ރޯދައަށްހުރީމަ ފުރަތަމަ ރޯދައިގަ ކަރުހިއްކާނެވަރާ ބަނޑުހައިވާނެ ވަރާ މެދުގަ ވިސްނަންވީކީ ނޫނޭ ލޮބުވެތި އަޚުންނާއި އުޚްތުން. އެންމެފުރަތަމައިނުންވެސް އަޅުގަނޑުމެން ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ކުއްތަންވުމަށްޓަކައި ކުރަންޖެހޭ އެންމެ ބޮޑު އަޅުކަމަށް ތައްޔާރުވާންވީ.
ފަރުޟު ފަސްނަމާދު. ފަރުޟު ފަސްނަމާދު އަދާކުރަންވީ މިއަދުންފަށައިގެން ނަމާދަށް ރައްކާތެރިނުވެވޭ މީހުން. ފަސްނަމާދު ވަރަށް ހާލުގައުޅެގެންވެސް ކުރާ މީހުން އެކަމަށް އިސްކަންދޭންވީ. ވަގުތުގެ ކުރީކޮޅުގަ ނަމާދު އަދާކުރަން.ނަމާދަށް އެންމެ މުހިއްމު ވަގުތުކޮޅު ހުސްކޮށްލަން. ﷲ ސުބުޙާނަހޫ ވަތަޢާލައަށް ކުއްތަންވުމަޓަކައި މުއުމިނު އަޅާއަށްކުރެވޭ އެންމެ މުހިއްމު އަޅުކަން އެއީ ފަރުޟު ފަސްނަމާދު.
ނަމާދަކަށް އެއްވެސް އަހައްމިއްޔަތުކަމެއް ނުދީ ނަމާދުގަ ޤަދަރެއް ނުކޮށް، ނަމާދަށް ހިތުހުރި ގޮތެއްހަދާފަ ދުވާލުދާ ހަތަރުދަމު ނުކައި ނުބޮއެ ހުރުމުގެ އެއްވެސް މަންފާއެއް އޮންނާނެތޯ. އަމިއްލަ ބުއްދިން ވިސްނާލައްވާ އެއްވެސް ބޭނުމެއް ހުރިކަމެއްނޫން އެއީކީ. ނަމާދު ނުކޮށް ރޯދަ ހިފުމުގެ އެއްވެސް މަންފާއެއްނެތް. ނަމާދުނުކޮށް ރޯދަ ހިފިޔަސް ބޭކާރު. އަދި ނަމާދު ނުކޮށް ރޯދަ ނުހިފައިފިނަމަ އެތައް ގުނައެއް ގެއްލި ހަލާކުވުމުގެ ފުރުސަތު ބޮޑު. ނުރައްކަލެއްގެ ޝިކާރައަކަށް އޭނަ ވެފަ އެއޮތީ. އެހެންވެ މާތް ނަބިއްޔާ ޟައްލަﷲ ޢަލައިހި ވަސައްލަމް ނަމާދު ލައްވާފައިވަނީ އީމާންކަމާ ޝިރުކާ ކުފުރުން ވަކިކޮށްދޭ މިންގަނޑެއް ކަމުގައި.
މަތް ﷲ ނަމާދަށް ރައްކާތެރިވުމަށް އެންމެ ގަދަ އަމުރެއް ކުރެއްވި. އެހެންވެ ނަމާދު ގަސްދުގަ ދޫކުރުން މި މާތްދީނުގަ ކަނޑައަޅުއްވާފަ ވަނީ އެއީ ކުފުރެއް ކަމުގަ، ޝިރުކެއް ކަމުގަ. އެވަރުގެ ނުރައްކާތެރި ފާފައެއްކަމުގަ. އެއީ ނަރަކަވަންތަ ވެރިންގެ ސިފައެއް ކަމުގަ. އެހެންވެ ﷲ ވަހީ ކުރައްވަނީ ނަރަކަވަންތަވެރިންނާ އެދުވަހުގަ ސުވާލުކުރެވޭނޭ :
ކަލޭމެން ޖަހައްނަމައަށް ދިޔައީ ކީއްވެގެންހޭ
އެމީހުން ޖަވާބުގައި ބުނާނޭ. ތިމަންމެން ނަމާދުކުރާ މީހުންގެތެރެއިން ނުވާތީއެވެ.
ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވަނީ
"އަހަރެމެންނާ ޣައިރުމުސްލިމުންނާ ވާ އެންމެބޮޑު ތަފާތު އަހުދު ކަށަވަރަކީ ނަމާދޭ، ނަމާދު ގަސްދުގައި އަޅައިފިމީހާ އޭނާގެ އަހުދު ކަށަވަރު މުގުރައިފިއެވެ. ސުބްޙާނަﷲ
- އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ބުރާސްފަތިދުވަހުގެ ރޭ "މަރުޙަބާ ރަމަޟާން" ގެ ނަމުގައި ޑރ. އާދަމް ޝަމީމް ދެއްވި ދަރުސުން