ބަންގިއަށް ޢިޖާބަދޭނެ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 6ސ
ބަންގިއަށް ޢިޖާބަދޭނެ ގޮތް-

ބަންގިއަށް އިޖާބަ ދޭނެ ގޮތަކީ: 

ބަންގި ގޮވާމީހާ ކިޔާ ކޮންމެ އެއްޗެއް ފަހަތުން ކިޔާނީއެވެ. ﷲ އަކްބަރު ﷲ އަކްބަރު ކީމާ މިކޮޅުން އަޑު އަހާމީހާވެސް ﷲ އަކްބަރު ﷲ އަކްބަރު أشْهَدُ أَنَّ لاَ إلهَ إلاَ الله. أشْهَدُ أن لاَ إلَهَ إلاَّ الله ، أشْهَدُ أنَّ مُحَمَّداً رَسُولُ الله . أشهَد أنَّ مُحَمَّداً رَسُولُ الله،   

ދެން حَيَّ عَلَى الصَّلاَةِ ، حَيَّ عَلَى الْفَلاَحِ އެތަނުގައި لاَ حَوْلَ ولاَ قُوَّةَ إِلاَّبِاللهِ، ކިޔާނީއެވެ.  އެނޫން ހުރިހާ ތަނެއްގައިވެސް ހަމަ އިމާމް މީހާ ނުވަތަ ބަންގިގޮވާމީހާ އެކިޔާ ގޮތަކަށް ކިޔާނީ އެވެ. އެއަށް މިކިޔަނީ ބަންގިއަށް އިޖާބަ ދިނުމެވެ. 

ދެން އެއަށް ފަހުގަ ބަންގި ދުޢާ ކިޔާނީއެވެ.  

ސުވާލެއް: ހުކުރު ދުވަހު ހުކުރަށްމިދެވެނީ އިމާމު މީހާ މިމްބަރަށް އަރަން ކައިރިވެފައިވަނިކޮށް މިސްކިތަށްވަދެ މަސްޖިދް ސުންނަތް ނުފެއްޓެނީސް ޚުތުބާ ކިޔަންވެގެން ބަންގިދޭނަމަ ދެން އެހިސާބުން މަސްޖިދު ސުންނަތް މަޑުކޮށްލާފައި ބަންގި އަޑު އަހާނީތޯ ނުވަތަ މަސްޖިދުއްސުންނަތް ކުރަން ފަށާނީތޯ؟ 

ޖަވާބު:. ބަންގި ދޭން ފަށައިފި ކަމަށްވަނީނަމަ ބަންގީގެ އަޑު އަހާފައި ބަންގިއަށް ޖަވާބުދީފައި ދެން ބަންގި ދުޢާ ކިޔާފައި ދެން ސުންނަތް ކުރާނީ.  

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން