ވާރުތަ މުދާ-

ކިޔުމަށް ހޭދަވާނީ 2މ 55ސ
ވާރުތަ މުދާ-

ޢާއިޝަތު ރަފާޙް ޢަލީ

 

މީރާޘުގެ ޢިލްމަކީ ވާރުތަވާ މީހުންނާއި، ވަރުތަނުވާ މީހުންނާއި، ވަރުތަވާ ކޮންމެ ވާރުތަވެރިޔަކަށް ލިބޭ މިންވަރު އަންގައިދޭ އެއްޗެކެވެ. 

ރަސޫލާ ޞައްލަ ﷲ އަަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ.

(أَلْحِقُوا الْفَرَائِضَ بِأَهْلِهَا، فَمَا بَقِيَ فَهُوَ لِأَوْلَى رَجُلٍ ذَكَرٍ. )

"ފަރުޟުން ލިބޭބައި އޭގެ އަހުލުވެރިންނަށް ދޭށެވެ. ދެން ބާކީވާ ބައި އެންމެ ކައިރި ފިރިހެނަކަށެވެ." 

ﷲ ތަޢާލާ ކީރިތި ޤުރްއާނުގެ ނިސާ ސޫރަތުގެ 7 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

لِّلرِّجَالِ نَصِيبٌ مِّمَّا تَرَكَ الْوَالِدَانِ وَالْأَقْرَبُونَ وَلِلنِّسَاءِ نَصِيبٌ مِّمَّا تَرَكَ الْوَالِدَانِ وَالْأَقْرَبُونَ مِمَّا قَلَّ مِنْهُ أَوْ كَثُرَ ۚ نَصِيبًا مَّفْرُوضًا ﴿٧﴾‏ 

މާނައީ: "މައިންބަފައިންނާއި، ތިމާގެމީހުން ދޫކުޅަ ތަކެތީގެ ތެރެއިން، ފިރިހެނުންނަށް ބަޔެއް ވެއެވެ. އަދި، މައިންބަފައިންނާއި ތިމާގެމީހުން ދޫކުޅަ ތަކެތީގެ ތެރެއިން އަންހެނުންނަށްވެސް ބަޔެއް ވެއެވެ. އެ ދޫކުޅަ ތަކެތީގެ ތެރެއިން މަދު އެއްޗަކުންނާއި، ގިނަ އެއްޗަކުންވެސް ކަނޑައެޅިގެންވާ ބަޔެއްގެ ގޮތުގައެވެ. (7)" 

ޖާހިލިއްޔަ ޒަމާނުގައިވާރުތަ މުދާ ބަހާ ގޮތް: 

·      ވަރުގަދަ މީހާއަށް ވާރުތަ މުދާ ލިބޭ އަދި ބަލިކަށި މީހާއަށް ނުލިބޭ

·      އަންހެނުންނަށް ވާރުތަ މުދާ ނުލިބޭ

·      ކުޑަކުދީންނަށް ވާރުތަމުދާ ނުލިބޭ

·      އަންހެނުން ވާރުތަވެރިންގެ އަޅުންގެ ގޮތުގައި ހަދާ

·      އަންހެނުންނަކީ މަރުވާ މީހާގެ މުދަލެއް ކަަމަށް ބަލާ

·      ޢަހްދު ކޮށްގެން ވާރުތަ ކުރޭ

·      އަނބިންނާއި ގާތްތިމާގެ މީހުން މުދަލުން މަޙްރޫމް ކުރުމަށް ފަހު ޢަހްދު ކުރާ މީހުންގެ މެދުގައި މުދާ ބަހާލާ

·      ތަބައްނީ އިން މުދާ ވާރުތަ ކުރޭ

 

 

މިއަދު އޮންލައިން