މިސްކިތްތައް ދެކެ ލޯބިވުމާ މިސްކިތް ބިނާކުރުމާ މިސްކިތްތަކުގެ ސާފުތާހިރުކަން ބެލެހެއްޓުމާ މި ހުރިހާ ކަމަކީވެސް މީ ހަމަ ﷲ ލޯބިވެވޮޑިގަންނަވާ ހެޔޮ ޢަމަލުތައް: ޑރ. ޝަހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 18ސ
މިސްކިތްތައް ދެކެ ލޯބިވުމާ މިސްކިތް ބިނާކުރުމާ މިސްކިތްތަކުގެ ސާފުތާހިރުކަން ބެލެހެއްޓުމާ މި ހުރިހާ ކަމަކީވެސް މީ ހަމަ ﷲ ލޯބިވެވޮޑިގަންނަވާ ހެޔޮ ޢަމަލުތައް: ޑރ. ޝަހީމް

މިސްކިތްތަކަށް ގޮސްއުޅޭއިރު އަޅުގަނޑުމެން އަމިއްލަ މަސްއޫލިއްޔަތު އުފުލައި މިސްކިތްތަކުގެ ސާފުތާހިރުކަމާއި ރީތިކަން ދެމެހެއްޓުމަށްޓަކާ މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި މިސްކިތްތައް ދެކެ ލޯބިވުމާއި މިސްކިތް ބިނާކުރުމާއި މިސްކިތްތަކުގެ ސާފުތާހިރުކަން ބެލެހެއްޓުމާއި މިފަދަ ހުރިހާ ކަމަކީވެސް މިއީ ހަމަ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ  ހެޔޮ ޢަމަލުތައްކަމުގައި އިސްލާމީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

"މިސްކިތްތަކަކީ ވަރަށް މާތް މަތިވެރި ތަންތަން. ﷲ މަތިން ހަނދުމަ ކުރެވޭ ތަންތަން. ﷲ ގެ މަތިވެރި ގެކޮޅު."

ހުޅުމާލޭގައި ހުކުރު ދުވަހު ހުޅުވި މަސްޖިދް ޙަސަން އާދަމް ހުޅުވައިދެއްވުމަށްފަހު އިސްލާމީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދެއްކެވި ވާހަކަފުޅު-  

އައްސަލާމް ޢާލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ. 

މިއަދަކީ އަޅުގަނޑުމެންނަށް ވަރަށްވެސް އުފާވެރި ދުވަހެއް. ހުޅުމާލޭ ފޭސް 2 ގަ ދާއިމީ މިސްކިތެއް އިފްތިތާޙް ކުރެވިގެންދާ ދުވަސް މިއަދުމީ. ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ކުރިއަށްދިޔަ މި މަޝްރޫއަކީ މީ މިހާތަނަށް ހުޅުމާލޭގަ ޤާއިމް ކުރެވޭ އެންމެ ރީތި މަޝްރޫއު، މިސްކިތް. އަޅުގަނޑު މި ފުރުސަތުގަ ވަރަށް ބޮޑަށް ޝުކުރު ދަންނަވަން މުނިހޯމް ކުންފުންޏަށް، އެބޭފުޅުންގެ އިސްބޭފުޅުންނަށް، މުވައްޒަފުންނަށް. މިހާ ފުރިހަމަކޮށް މިހާ ތަރުތީބުކޮށް، މިހާ ބޮޑު މިސްކިތެއް، މިހާ އަގުބޮޑު މިސްކިތެއް ޤާއިމް ކޮށްދެއްވި ކަމަށްޓަކާ. 

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރައްވާފައިވޭ:

"މާތް ﷲ އަށްޓަކާ އެކަލާންގެއަށް އަޅުކަން ކުރުމަށްޓަކާ ބިންމަތީގަ މިސްކިތެއް ޤާއިމް ކޮށްފި މީހާޔަށް ސުވަރުގޭގަ މާތް ﷲ ގަނޑުވަރެއް ބިނާ ކޮށްދެއްވާނޭ." 

އެހެންވީމާ އެހާވެސް މާތް މަތިވެރި ކަމެއް މިސްކިތް ބިނާކުރުމަކީ. މި މިމިސްކިތަކީ މީ މި މިސްކިތައް ބަލާލުމުންވެސް  ވަރަށް އަގުބޮޑުކޮށް ބިނާކޮށްފައިވާ މިސްކިތެއްކަން އިނގޭނެ. އެހެންކަމުން އަޅުގަނޑުމެންގެ ދުޢާ އަކީ މި މިސްކިތް ބިނާކުރެއްވި ފަރާތުގެ މުދަލުގައި މާތް ﷲ ބަރަކާތް ލެއްވުން. 

އަދި މި މިސްކިތައް ބަލާލުމުން މި މިސްކިތަކީ ވަރަށް ރީތިކޮށް ބިނާ ކުރެވިފައިވާ މިސްކިތެއްކަން އިނގޭނެ. އެހެންކަމުން މި މިސްކިތަށް ނަމާދަށް އަންނަ ހުރިހާ ފަރާތްތަކުން ސާފުތާހިރުކަމާ އެކުގާ މި މިސްކިތް ބެލެހެއްޓުމަކީ ވަރަށްވެސް ބޭނުންތެރި ކަމެއް... 

އަޅުގަނޑުމެން އަމިއްލަ މަސްއޫލިއްޔަތު އުފުލަންވާނެ. މިސްކިތްތަކުގެ ސާފުތާހިރު ކަމާއި ރީތިކަން ދެމެހެއްޓުމަށްޓަކާ މިސްކިތްތަކަކީ ވަރަށް މާތް މަތިވެރި ތަންތަން. ﷲ މަތިން ހަނދުމަ ކުރެވޭ ތަންތަން. ﷲ ގެ މަތިވެރި ގެކޮޅު. އެހެންވީމާ މިސްކިތްތައް ދެކެ ލޯބިވުމާ މިސްކިތް ބިނާކުރުމާ މިސްކިތްތަކުގެ ސާފުތާހިރުކަން ބެލެހެއްޓުމާ މި ހުރިހާ ކަމަކީވެސް މީ ހަމަ ﷲ ލޯބިވެވޮޑިގަންނަވާ  ހެޔޮ ޢަމަލުތައް. 

އަސްލުގަ މިއަދުގެ މި މިސްކިތް އިފްތިތާޙް ކުރުމަށް ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ ވަޑައިގަންނަވާ ގޮތަށް އޮތީ. އެހެންނަމަވެސް. ކަންތައްތައް ދިމާވިގޮތުން ރަށުން ބޭރުގަ އުޅުއްވަން ޖެހިވަޑައިގަތުމާ އެކުގާ އަޅުގަނޑު މިއަދު މި މސްއޫލިއްޔަތު މި އުފުލަނީ. އަޅުގަނޑަށް ލިބޭ ވަރަށް މތިވެރި އުފަލެއް މި މިސްކިތް އިފްތިތާޙް ކުރުމަކީ. އަދި ރަމަޟާންމަސް ފެށެންވާއިރަށް މި މިސްކިތް އިފްތިތާޙް ކުރެވިގެން ދިޔަ ދިއުމަކީ މި ސަރަޙައްދުގަ ހިޔާގަ އުޅެމުންދާ އެންމެހާ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށްވެސް ބޮޑު ލުއިފސޭހަ ކަމެއް. 

އެހެންކަމުން އަދިވެސް ޝުކުރު ތަކުރާރުކުރަމުން އަޅުގނޑު ވާހަކަ ކޮޅު ނިންމާލަން.. ﷲ  އިރާދުކުރެއްވިއްޔާ  މި މިސްކިތް ވެގެންދާނީނއެންމެހާ ލޮބުވެތި އަޚުންނާ އުޚްތުންނަށް ވަރަށް ބޮޑު ލުއި ހެޔޮ ފަސޭހައަކަށް.

މި މިސްކިތް އިފްތިތާޙް ކުރުމުގެ ޝަރަފް ލިބުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. 

- ވައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތު

 

މިއަދު އޮންލައިން