މަރުޙަބާ ރަމަޟާން: ރޯދަ ނުހިފާ މީހުންނަށް ކައްވަޅުގައާ ޤިޔާމަތް ދުވަހު ދެއްވަވާ ގަދަފަދަ ޢަޛާބަށް ބިރުވެތިވޭ! މި ޢަޛާބުތަކަށް ކެތް ކުރެވޭނެތަ؟ ރޯދަ ނުހިފާ މީހުންނަށް މިމެސެޖް ދެއްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 10ސ
މަރުޙަބާ ރަމަޟާން: ރޯދަ ނުހިފާ މީހުންނަށް ކައްވަޅުގައާ ޤިޔާމަތް ދުވަހު ދެއްވަވާ ގަދަފަދަ ޢަޛާބަށް ބިރުވެތިވޭ! މި ޢަޛާބުތަކަށް ކެތް ކުރެވޭނެތަ؟ ރޯދަ ނުހިފާ މީހުންނަށް މިމެސެޖް ދެއްވާ!

ލޮބުވެތި އަޚުންނާއި އުޚްތުން  ބަރަކާތްތެރި ރަމްޟާންމަހާ އިސްތިޤްބާލުކުރަންވީ، ޒަކާތް އަދާ ކޮށްގެން ރަމަޟާންމަހުގަ ،މާތް ﷲ އަޅުގަނޑުމެންގެ މައްޗަށް ޝަރުޢުކުރެއްވި އެންމެ ބޮޑު އަޅުކަމަށް އެންމެބޮޑު ޚާއްސަ އަހައްމިއްޔަތުކަމެއް ދޭންވީ ދެން. އެއީ ކޮންކަމެއްތޯ."

އެއީ ރޯދަ އޭގެ ފުރިހަމަ މާނައިގަހިފުން. ރޯދަ ރަމަޟާންމަހުގެ ރޯދަ އޭގެ ފުރިހަމަ މާނައިގަ ހިފުމަށް. ޞައުމުއް ޞިޔާމްގެ މާނަ އިސްވެ ހިނގައްޖެ. ތިބޭފުޅުންނަށް މިހާރު އެނގިލައްވާނެ. އެ ފުރިހަމަ މާނައިގަ އަދާކުރަންވީ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ރަމްޟާންމަހުގެ ރޯދަ އަޅުގަނޑުމެންގެ މައްޗަށް ފަރުޟުކުރައްވާ ވާޖިބު ކުރައްވާފަ. ޝަރުއީ އުޒުރަކާނުލަ، ޝަރުޢީ އުޒުރަކާނުލާ ގަސްދުގައި ފަރުވާ ކުޑަކަމުން ރޯދަ ދޫކޮށްފި މީހަކަށް ވަރަށް ނުރައްކާތެރި ޢަމަލެއް އެ ކުރެވެނީ. ހުރިހާ ޢިލްމުވެރިންގެ ގާތުގަ އެއީ ބޮޑު ފާފައެއް  ނުރައްކާތެރި ފާފައެއް.

އޭގެ އުޤޫބާތް ދުނިޔެމަތީގައި ތައުޒީރުގެ ގޮތުން ކުރަންޖެހޭ ކަމެއް. އަދި ކިއެއް މަރުވުމަށްފަހުގަ ބަރުޖަޚުވެސް މަތް ﷲ ޢަޒާބުދެއްވާ ކަމެއް. ޤިޔާމަތްދުވަހު އޭނާއަކީ ޢަޒާބުގެ ޙައްޤުވެރިއެއް. އަދި ކިއެއް އުންމަތުގެ ބޮޑެތި ޢިލްމުވެރިން ވިދާޅުވެފައިވަނީ ގަސްދުތައި ޝަރުޢީ އުޒުރަކާ ނުލައި ރޯދަ ދޫކުރާ މީހާއާއި މެދުގައި ޝައްކުވޭ. އޭނަގެ އިސްލާންކަމާމެދުގައި ޝައްކުވޭ. ބައެއް ޢިލްމުވެރިން އޭނާއަކީ މުރުތައްދެއްކަމަށްވެސް ޝައްކުކުރައްވާ."

ނިފާޤުގެ ގޮތުން ނޫނީ ސަލާމަތުން ހުރި މީހަކަށް ރަމްޟާންމަހުގެ ރޯދަ ނުހިފައެއް ނުހުރެވޭ.

މާތްނަބިއްޔާ ޢަލައިހިއް ޞަލާތު ވައްސަލާމުގެ އަރިހުން ޞައްޚަ މަގުން ރިވާވެގެންވޭ : އަބޫ އުމެއިމަތުލް ބާޚިލީ ރަޟިޔަﷲ ޢަންހު ވިދާޅުވަނީ މާތް ނަބިއްޔާއަށް އެކަލޭގެފާނު ހަދީޘް ކުރައްވަނީ، ނިދީގަ ތިމަންކަލޭގެފާނުގެ އަރިއަހަށް ދެބޭކަލަކު ވަޑައިގެންފިއެވެ. ތިމަންކަލޭގެފާނު ނަންގަވައިގެން އެ ދެބޭކަލުން ވަރަށް އުސް ބޮޑު ފަރުބަދައެއްގެ ގާތަށް ވަޑައިގަތެވެ. އަދި އެއަށްފަހު ތިމަންކަލޭގެފާނަށް އެރުމަށް އަމުރުކުރިއެވެ. ތިމަންކަލޭގެ ފާނަށް އަރާ ވަޑައި ނުގެންނެވުނީމަ އެ ދެބޭކަލުން އެހީތެރިވެ ތިމަންކަލޭގެފާނު ގޮވައިގެން އެ ފަރުބަދައިގެ މައްޗަށް އަރާވަޑައިގަތެވެ.

އެ ފަރުބަދައިގެ ގާތަށް ހުއްޓުނުތަނާ ގަދަފަދަވެގެންވާ ބިރުވެރި އަޑެއް ތިމަންކަލޭގެފާނަށް އިވި ވަޑައިގަތުމުން ދެންނެވީމޭ އެއީކޮން އަޑެއްތޯއޭ، އެބޭކަލުން ދެންނެވިއޭ އެއީ ނަރަކަވަންތަވެރިންގެ ޖަހައްނަމައިގެ މީހުންގެ ރުއިމާއި ހަޅޭކުގެ އަޑެވެ. މަތް ﷲ އަޅުގަނޑުމެން އެންމެން ޖަހައްނަމައިގެ ޢަޒާބުން ސަލާމަތް ކުރައްވާށި. 

އެއަށްފަހުގަ ތިމަންކަލޭގެފާނު ގޮވައިގެން ކުރިއަށް ވަޑައިގަތެވެ. އެހިނދުގަ ތިމަންކަލޭގެފާނަށް ފެނުނޭ ބަޔަކުމީހުން އެކޮޅުކޮޅުން އެލުވިފައި ތިބިތަން. އެބައިމީހުންގެ އަނގައިގެ ދެފަރާތުން މިޔަކަން ކަންފަތާ ހަމައަށް އިރާލެވިފައިވެއޭ އަދި ލޭ އޮހޮރެމުންދޭ. އެވޭނުގަ އެބައިމީހުން އެކޮޅުކޮޅުން އެލި ތެޅެމުންދިޔަތަން ފެނުމުން ތިމަންކަލޭގެފާނު ބިރުން ސިހި ވިދާޅުވީމޭ މީ ކޮންފަދަ ކަމެއްތޯއޭ. މީ ކޮން ފާފައެއްގެ ޢަޒާބުތޯއޭ. މަލާއިކަތް ބޭކަލުން އެ ދެބޭކަލުން ދެންނެވިއޭ:

"ތިމީހުންނަކީ އެބައިމީހުންގެ ރޯދަދޫކުރާ ވަގުތު އައިސްނުޖެހެނީސް ދުވާލު ރޯދަ ދޫކުރިމީހުންނޭ. ކައިގެން ދުވާލުގާ ވަގުތު ހޭދަކުރި މީހުންނޭ." 

ލޮބުވެތި އަޚުންނާއި އުޚްތުން. އަޅުގަނޑުމެންގެ ތެރޭގައި މަދުންނަމަވެސް ކައިގެން ރަމްޟާންމަހު ރޯދައަށް ނުތިބޭ އަހުމަދު މުޙައްމަދު، އިބްރާހީމް ކިޔާ މީހުން އުޅޭ. އެބައިމީހުންނަށް މި މެސެޖް ފޯރުކޮށްދޭންޖެހޭ. މިއީ އާދއިގެ ކުޑަކުޑަ ފާފައެއްނޫން. ނުރައްކާތެރި ބިރުވެރި ހިތާމަހުރި ކަމެއް. އެހެންވެ ރޯދަ ހިފުމަށް އާދަކޮށް މި މަތިވެރި ޝިޢާރު ދަސްކޮށް މާތް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ކިޔަމަން ގަންނަންޖެހޭ. ގަސްދުގައި ރޯދަ ދޫކޮށްލުމަކީ ނުރައްކާތެރި ފާފައެއް. ބިރުވެރި ފާފައެއް. އެމީހަކީ އިސްލާމްކަމާ މެދުގައި މުސްލިމުން ޝައްކު ކުރާކަމެއް. 

- އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ބުރާސްފަތިދުވަހުގެ ރޭ "މަރުޙަބާ ރަމަޟާން" ގެ ނަމުގައި ޑރ. އާދަމް ޝަމީމް ދެއްވި ދަރުސުން

 

 

މިއަދު އޮންލައިން