ކޮއްޕައި ތިބާ ވައްޓާލަން މަސައްކަތްކުރި މީހާ ނަގައި ކޮޅަށްޖަހާށެވެ! މާފުކުރުމުގައި އިސްނަގާ މީހަކަށްވާށެވެ!: މުފަތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ކޮއްޕައި ތިބާ ވައްޓާލަން މަސައްކަތްކުރި މީހާ ނަގައި ކޮޅަށްޖަހާށެވެ! މާފުކުރުމުގައި އިސްނަގާ މީހަކަށްވާށެވެ!: މުފަތީ މެންކް

އެހެން މީހުން ތިބާ އާއިމެދު ބުނާ ބަސްތަކަށާ ކުރާ ކަންކަމަށް ކަންބޮޑުނުވާށެވެ! އެހެނީ އެއީ އޭނާ ބުނާ ބަސްތަކެވެ. އޭނާ ކުރާ ކަންކަމެވެ. މީހުން ކިޔާ އެއްޗަކަށް ބަލައި ތިމާ ދެކެން ބޭނުންވާ ހުވަފެން ޙަޤީޤަތަކަށް ހެދުމުގެ މަސައްކަތަށް ދޫނުދޭށެވެ! ތިބާ ޙާޞިލުކުރަން ބޭނުންވާ ކަންކަން ޙާޞިލުކުރުމުގެ ޙައްޤު ﷲ ތަޢާލާ ވަނީ ދެއްވަވައިފައެވެ. ވީމާ ފުރުޞަތު ދޫކޮށްނުލާށެވެ!

މީހަކަށް ކުރެވޭނެ އެންމެ ރަނގަޅު އެއްކަމަކީ އެހެން މީހަކު ތިމާއަށް ކަންކަން ކުރާގޮތަށްވުރެ ރަނގަޅަށް އެމީހަކަށް ކަންކަން ކުރުމެވެ. ވީމާ ތިބާއަށް އޯގާތެރި ނޫން މީހުންނަށްވެސް އޯގާތެރިވާށެވެ!

ހަމައެއާއިއެކު މާފުކުރުމުގައި އިސްނަގާ މީހަކަށްވާށެވެ! ކޮއްޕައި ތިބާ ވައްޓާލަން މަސައްކަތްކުރި މީހާ ނަގައި ގޮޅަށްޖަހާށެވެ! ތިބާއަށް ނަފްރަތުކުރާ މީހުންނަށްވެސް ހެޔޮ ބަސް ބުނާށެވެ!

މާބޮޑު ކަމެއް މެދުވެރި ނުވި ނަމަވެސް ހިނިތުންވުންމަތީގައި ދެމި ހުންނާށެވެ! ހަމަ އެންމެ ސަބަބަކަށްޓަކައެވެ. ތިބާއަކީ ޝުކުރުވެރިވާ މީހަކަށްވުމަށްޓަކައެވެ.

ޚުލާޞާޢަކީ މީހުން ތިބާއަށް ކުރާ ނުބައި ކަންކަމަށް ނުވިސްނާށެވެ! ރަނގަޅަށް ތިބާ ކަންކަން ކުރާށެވެ! އެއިރުން ﷲ ތަޢާލާގެ ރުހިވޮޑިގަތުން ތިބާއަށް ލިބޭނެތެވެ. އިން ޝާ ﷲ

--މުފްތީ މެންކްގެ ނަޞޭޙަތެއް

މިއަދު އޮންލައިން