ކޮންމެ ކަމަކަށް ބޭނުންވިޔަސް އެދޭށެވެ! އެންމެ ނިކަމެތި މީހާވިޔަސް ސަޖިދައިގަ އޮވެދުޢާކުރުމުން ބިންމަތީގަޖެހޭ އަޑު ވަގުތުން 7 އުޑު މައްޗަށް އުފުލި ﷲ ގެ ޙަޟްރަތަށް ފޯރައެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
ކޮންމެ ކަމަކަށް ބޭނުންވިޔަސް އެދޭށެވެ! އެންމެ ނިކަމެތި މީހާވިޔަސް ސަޖިދައިގަ އޮވެދުޢާކުރުމުން ބިންމަތީގަޖެހޭ އަޑު ވަގުތުން 7 އުޑު މައްޗަށް އުފުލި ﷲ ގެ ޙަޟްރަތަށް ފޯރައެވެ!

ބައެއް މީހުން އެމީހުންގެ ނިކަމެތިކަމަށް ވިސްނައި ދުޢާކުރަން ފަސްޖެހެއެވެ. ދުނިޔޭގައި އުލެންޖެހޭ ދަރަޖަ ނިކަމެތިވުމަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެމީހާގެ ދަރަޖައަށް އުނިކަން އަންނަ ސަބަބެއް ނޫނެވެ. އަދި ކީއްހެއްޔެވެ؟ އެއީ ދަރަޖަ އުފުލާލަން ދެއްވަވާ ފުރުޞަތެކެވެ.

ސުވަރުގޭގައި ގިނަވާނީ ތަނަވަސްމީހުން ނޫންކަމަށްވެފައި ގިނަވާނީ ފަޤީރުން ކަމަށްވާނެކަނެކަން އެނގެން އޮތުމުން މިބުނި ބަހުގެ ދަލީލަކަށް ފުދޭނެއެވެ.

ސަޖިދައިގައި އޮވެ ތަޞްބީޙަ ކިޔަނީ ބިމުގައި އަނގަ ޖެހޭހައިކަރީގައެވެ. އެއަޑު ގޮސް ޖެހެނީ ބިމުގައެވެ. (ތަޅުމުގަ ނުވަތަ އެމީހަކު ސަޖިދަކުރި ތަނެއްގައެވެ.) ނަމަވެސް އެ އަޑު އިވެނީ ބިމަކަށް ނޫނެވެ. ވަގުތުން އެއަޑު އުފުލިގެންދަނީ ﷲ ގެ ޙަޟްރަތަށެވެ!

ސަޖިދަކުރުން ގިނަކުރާށެވެ! ސަޖިދަ ދިގުކުރާށެވެ. (ސަޖިދައިގަ ގިނަ ވަގުތު ހޭދަކުރާށެވެ.) ބޭނުންވާހައި ކަމަކަށް އެދި ދުޢާކުރާށެވެ! ހިންމަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން