ޖަނާޒާތަކަށްގޮސް ހިނަވައި ކަފުންކޮށްފައި ތިބޭ މައްޔިތިންގެ މޫނުބެލުމުންވެސް ތިބާ ވެސް މަރުވުމުން ކަފުން ކުރެވޭނީ ހަމަ އެގޮތަށްކަމާއިމެދު ވިސްނައި ނުލެވެނީހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ޖަނާޒާތަކަށްގޮސް ހިނަވައި ކަފުންކޮށްފައި ތިބޭ މައްޔިތިންގެ މޫނުބެލުމުންވެސް ތިބާ ވެސް މަރުވުމުން ކަފުން ކުރެވޭނީ ހަމަ އެގޮތަށްކަމާއިމެދު ވިސްނައި ނުލެވެނީހެއްޔެވެ؟

މިކަންކަން ހަނދާނަށް މިގެނެސްދެނީ ސަހަރާއިން ބައްދަލުވާ ހެޔޮލަފާ މީހުން މިކަންކަން ތަކުރާރުކޮށް ހަނދާންކޮށްދިނުމަށް އެދޭތީއެވެ. އަދި ދީނުގައި އޮތީ ގިނަގިނައިން ހަނދާންކޮސްދިނުން ކަމުގައިވާތީއެވެ. 

ބައެއް ދުވަސްދުވަހު ޖަނާޒާތަކުން ފެންނަ މަންޒަރުތަކުން ވަރަށް އަސަރުކޮށްގެން ގިނަ ބައަކު އެވާހަކަތައް ދައްކައެވެ. އެމީހުން ބުނެއެވެ. "ލޮބުވެތި އުޚުތުންނޭވެ! އަހަރެމެންގެ ބެލުންތައް ތިރިކުރަމުއެވެ. އެކަން އަހަރެމެން ކުރުމަކުން ތިބާ ހާމަކޮށްގެން ހުރި މިންވަރު ހާމަކޮށްގެންހުރި ކަމުގެ ފާފަ ތިބާގެ ކިބައަކުން ފިލައިގެނެއް ނުދެއެވެ!" 

ލޮބުވެތި އުޚުތުންނޭވެ! ތިއަ ކަނބަލުން އައިސް ތިއަ ބައިވެރިވަނީ ޖަނާޒާއެއްގައެވެ. ތިބާގެ ޖަނާޒާ އޮންނާނީ ކޮންވަގުތަކުކަމެއް ނޭނގޭ ނޫންހެއްޔެވެ؟ ﷲ އަށް ނުކިޔަމަންތެރި އަޅެއްގެ ގޮތުގައި ފަސްގަނޑުދޮށަށް ދާންޖެހިއްޖެނަމަ ތިބާގެ ޙާލަކީ ކޮބައިހެއްޔެވެ؟ އެންމެ ފަހަރަކުވެސް އެކަމަށް ވިސްނައިލަމު ހެއްޔެވެ؟" 

މިމެސެޖް މިއަދުނޫހުގައި މިގޮތަށް ގެނެސްދިނުމަށް ގިނަ ބައަކު އެދޭތީ ގެނެސްދިނީއެވެ. 

މިލިޔުންވެސް ވިދާޅުވެލައްވާށެވެ! 

ބައެއް އަންހެނުން އުމުރުން ދުވަސްވުމުން ނުވަތަ ފަހުގެ ތާރީޚެއްގައި އަޢުރަ ނިވާކުރަން މަޑުކުރަމުން ދަނިކޮށް އެކަން ނުކުރެވި އުޅެނިކޮށް އެބަ ދުނިޔެ ދޫކުރަން ޖެހެއެވެ. އެފަދަ ވިސްނުމުގައި މަޑުކުރަމުންދާ އަންހެނުން ވިސްނައިލާށެވެ! ތިބާ ދުނިޔޭގައި ކޮންމެ ގޮތަކަށް ފޭރާންލައި އުޅުނު ނަމަވެސް ތިބާގެ ކަނދުރާއާއި އިސްތަށިގަނޑު ކިތަންމެ ވަރަކަށް ދައްކަން ބޭނުންވެގެން އެގޮތަށް ފޭރާންލީނަމަވެސް ތިބާ ފަސްގަނޑުދަށަށް ދާނީ މޫނުވެސް ފޮތިގަނޑަކުން ނިވާކުރެވިފައިވާ ޙާލުގައެވެ. 

އެކަން ކުރެވިގެންދާނީ ތިބާގެ އެއްވެސް ބާރެއް އަދި އިޚްތިޔާރެއްވެސް ނެތިއެވެ. ކަފުންކޮށް ނިމޭއިރު މޫނާއި ދެއަތްތިލަވެސް އޮންނާނީ ނިވާކުރެވިފައެވެ! މުޅި ހަށިގަނޑު އޮންނާނީ ނިވާ ކުރެވިފައެވެ. ނަމަވެސް ތިބާއަށް ހުރިހާ ބާރުތަކެއް ލިބިގެން ދުނިޔޭގައި އުޅުނުއިރު ﷲ ތަޢާލާގެ އާޔަތްތަކަށް ނުކިޔަމަންތެރިވެފައިވާނަމަ ކުރާ ކަފުނަކުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ 

ލޮބުވެތި ކަނބަލުންނޭވެ! ބައަކު ތިބާ ކަފުންކޮށް މުޅި ހަށިގަނޑު ނިވާކުރުމުގެ ކުރިން ﷲ ތަޢާލާ އެންގެވި ފަދައިން ނިވާވެގަންނާށެވެ! މަރާއިމެދު ބިރުވެތިވާށެވެ! މަރުވެދާނެ ވަގުތަކާއިމެދު ބިރުވެތިވާށެވެ! ނަރަކައިގެ ގަދަފަދަ ޢަޛާބަށް ބިރުވެތިވުމަކީ އެއީ އެވެ. ނަރައިން ސަލާމަތް ވެވޭނީ ނަރަކައިގެ ގަދަފަދަ ޢަޛާބަށް ބިރުވެތިވެވިގެންނެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން