ރޯދައިން ހޯދައިގަންނަންވީ އެންމެ ބޮޑު ފައިދާ ކުރުން, އެންމެ މުހިންމު ކަމަކީ ވީހާ ގިނަ ވަޤުތު އަޅުކަމުގަ ހުރެވޭނެ ގޮތަށް ދުރާލައި ތައްޔާރުވުން-: މަސްޖިދުއްނަބަވީގެ އިމާމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ރޯދައިން ހޯދައިގަންނަންވީ އެންމެ ބޮޑު ފައިދާ ކުރުން, އެންމެ މުހިންމު ކަމަކީ ވީހާ ގިނަ ވަޤުތު އަޅުކަމުގަ ހުރެވޭނެ ގޮތަށް ދުރާލައި ތައްޔާރުވުން-: މަސްޖިދުއްނަބަވީގެ އިމާމް

ބަރަކާތްތެރި ރަމަޟާން މަސް އައިސް ޖެހުނީއެވެ. ހިތުގައި އުފެދޭ ސުވާލެކެވެ! ރަމަޟާންމަހަށް ތައްޔާރުވާން ބޮޑެތި ޚަރަދުތައްކޮށް ގިނަ ކަންތައްތަކެއް ކުރިިރު މަސްޖިދުއްނަބަވީގެ އިމާމް އެވިދާޅުވާ ފަދައިން " ރޯދައިން ހޯދައިގަންނަންވީ އެންމެ ބޮޑު ފައިދާ ކުރުން އެންމެ މުހިންމު ކަމަކީ ވީހާ ގިނަ ވަޤުތު އަޅުކަމުގަ ހުރެވޭނެ ގޮތަށް ދުރާލައި ތައްޔާރުވާން" ކަމެއް ކުރެވުނީ ކިތައް މީހުންނަށްބާވައެވެ؟  

އިމާމްގެ ބަސްފުޅު:  

މުސްލިމުން އެމަހެއްގެ ހުރިހާ ދުވަހަކު ރޯދައަށް ތިބޭ ބަރަކާތްތެރި ރަމަޟާން މަހަކީ މާތް ﷲ އާއި ކުއްތަން ވުމަށް މީސްތަކުންނަށް ލިބޭ އެންމެ ބޮޑު ފުރުޞަތެވެ. އެހެންކަމުން އެންމެންވެސް ގަދައަޅައި މަސައްކަތްކުރަންވީ އަދި އަވަސްވެގަންނަންވީ އެފުރުޞަތުގެ ބޭނުން ހިފުމަށެވެ.   

ރަމަޟާން މަހާއި ބައްދަލުވި ކޮންމެ މުސްލިމަކުވެސް ވިސްނަންޖެހޭނީ މިއީ އެމީހަކާއި ބައްދަލުވާނެ އެންމެ ފަހު ރޯދަމަސް ކަމަށެވެ. އަންނަ އަހަރުގެ ރަމަޟާން މަސް އަންނައިރު ތިމާއަށް ދުނިޔޭގައި ނުހުރެވިދާނެ ކަމަށެވެ. އެހެންކަމުން ގަދައަޅައި މަސައްކަތްކުރަންވީ މި ރޯދަމަހު ވީހައި ބޮޑަކަށް މާތްﷲ އާއި ކުއްތަންވުމަށެވެ.  

އިންސާނަކަށް ލިބޭނެ އެންމެ ބޮޑު އުފަލަކީ އެންމެހައި ނިއުމަތްތަކުގެ ވެރި މާތްﷲ  އާއި ކުއްތަންވެވުނު މިންވަރެކެވެ. ހަޤީޤީ ބާއްޖަވެރިންނަކީ އެއީ އެވެ. ﷲ ތަޢާލާ އާއި ކުއްތަންވެވުނު މިންވަރަކުން މެނުވީ އާޚިރަތް ލިބުމެއް ނެތެވެ.  

މާތްﷲ އާއި ކުއްތަންވުމަށްޓަކައި ކުރަން އޮތް ހަމައެކަނި ކަމަކީ މާތްﷲ އެންގެވި ގޮތުގައި ސާބިތުވެ ތިބެ ކުރިއަށް ދިއުމެވެ. ހަރާމް ކުރައްވަވާފައިވާ އެއްވެސް ކަމެއް ނުކުރުމާއިއެކު ކުރުމަށް އަމުރުފުޅު ކުރައްވަވާފައިވާ ކަންކަން ކުރުމަށް ސަމާލުކަން އިތުރުކުރުމެވެ.  

ރަމަޟާން މަހުގެ ފައިދާ ލިބިގަންނަން ބޭނުން މީހާ ދުރާލައި އެކަމަށް ތައްޔާރުވާން ޖެހޭނެއެވެ. ދުރާލައި ތައްޔާރުވުމަކީ ވީހައި ގިނަ ވަގުތު އަޅުކަމުގައި ހުރެވޭނެ ގޮތަށް ކަންކަން ރޭވުމެވެ. ނަމާދުތައް ކުރުމުގައާއި ކީރިތި ޤްރްއާން ކިޔެވުމުގައެވެ. އަދި އެނޫންވެސް އަޅުކަން ކުރުމުގައެވެ. އަދި އެކަންކަން ކުރުމެވެ.  

- މަސްޖިދުއްނަބަވީގެ އިމާމް އައްޝައިޚް ޢަލީ ބިން ޢަބްދުއްރަޙްމާން އަލް ޙުނައިފީ

 

މިއަދު އޮންލައިން