ލޯބިވެރިޔާ އާއިމެދު ކަންކަން ކުރެވޭ ގޮތް ހިތްމައްޗަށް ގެނެސް މިސުވާލުތަކަށް ޖަވާބުދީފަ ދެން އޮތްބައިވެސް ނިކަން ފުރިހަމަކޮށްލަބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
ލޯބިވެރިޔާ އާއިމެދު ކަންކަން ކުރެވޭ ގޮތް ހިތްމައްޗަށް ގެނެސް މިސުވާލުތަކަށް ޖަވާބުދީފަ ދެން އޮތްބައިވެސް ނިކަން ފުރިހަމަކޮށްލަބަލަ!

ލޯބިވުމުގެ ވާހަކަ ދެކެވޭއިރަށް ފުންމައިގެން ގޮސް ހަނދާންކުރެވޭނީ ލޯބިވެރިޔާ މަތިންނެވެ. އެއީ އެކަން ވާނެ ގޮތްވެސް މެއެވެ. އެކަމަކުވެސް އަހުރެމެން ވިސްނައިލަންޖެހޭ ކަންތައްތަކެއް އެބަހުރި ނޫންހެއްޔެވެ؟ 

ފުރަތަމަ ކަމަކަށް ތިމާ އުޅެނީ ކޮންމެވެސް މީހަކު ދެކެ ލޯބިވެގެން ކަމަށްވާނަމަ ތިމާއަށް އޭނާ އާއިމެދު އުޅެވޭ ގޮތް ހިތަށް ގެންނާށެވެ! ދެން ނިކަން މިސުވާލުތަކަށް ޖަވާބުދީބަލާށެވެ! 

1 އޭނާގެ ނަން އަޑުއިވުމުން ހިތަށް ގޮތްތަކެއްވޭހެއްޔެވެ؟ އަސަރުކުރެހެއްޔެވެ؟ 

2 އޭނާގެ ގާތުގައި ހުންނައިރު ތިމާއަށް އުފާވެރިކަން ލިބޭހެއްޔެވެ؟ އޭނާގެ ގާތުގައި ގިނަވަގުތު ހުންނަން ބޭނުންވޭ ހެއްޔެވެ؟ 

3 އޭނާ އާއިބެހޭ ގޮތުން އިތުރަށް ކަންކަން އޮޅުންފިލުވަން ބޭނުންވޭ ހެއްޔެވެ؟ އޭނާގެ ފޭސްބުކް، އިންސްޓަގްރާމް ފަދަ ސޯޝަލް މީޑިއާގައި އޭނާ ބުނެފައި ހުންނަ އެއްޗެތި އޮޅުންފިލުވަން ޝައުޤުވެރިވެވޭ ހެއްޔެވެ؟ 

4 އޭނާ ރުހޭނެ ގޮތަށް ހެދުން އަޅަން ޝައުޤްވެރިވެވޭހެއްޔެވެ؟ 

5 ތިމާގެ މުސްތަޤްބަލް އުޖާލާ ކުރެވޭނީ އޭނާ ރުހޭނެ ގޮތަށް ކަންކަން ކޮށްގެން ކަމަށް ޤަބޫލުކުރެވޭ ހެއްޔެވެ؟ 

6 އޭނާގެ ހަނދާނުގައި ރޭގަނޑު ނުނިދިފައި އޮންނަން ހެއްޔެވެ؟ 

މިސުވާލުތަކަށް ތިބާގެ ޖަވާބަކީ އާނއެކޭ ކަމަށްވާނަމަ މަރުޙަބާއެވެ! ތިބާއަށް ތިއަވަނީ ހަމަ ޙަޤީޤަތުގައިވެސް އޭނާދެކެ ލޯބިވެވިފައެވެ. 

ދެން ހަމަ މިސުވާލުތައް އަމިއްލަ ނަފުސާއި އަލުން ކޮށްލާށެވެ! ސުވާލުކޮށްލާއިރު ލޯބިވެރިޔާގެ ބަދަލުގައި ﷲ ތަޢާލާ ހިތްމައްޗަށް ގެންނާށެވެ! އެކަލާނގެއާއިމެދު މިފަދައިން ތިބާގެ ހިތަށް ވަދޭހެއްޔެވެ؟ މިފަދައިން ކަންކަން ބޭނުންވޭ ހެއްޔެވެ؟ 

ޖަވާބަކީ އާނއެކޭނަމަ މަރުޙަބާއެވެ! ތިބާއަށް ތިއަވަނީ ﷲ ތަޢާލާދެކެ ލޯބިވެވިފައެވެ. އޮތީ އެ ލޯބިއިތުރުކޮށް ވަރުގަދަކުރަން މަސައްކަތްކުރުމެވެ. 

ހަނދާންކޮށްލާށެވެ! އަހަރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި ކާފަދަރިދަރިކަލުންނާއި ޞަޙާބީންނާއި އެންމެހައި މީސްތަކުން ދެކެ އިންތިހާއަށް ލޯބިފުޅުވެވަޑައިގެންނެވިއެވެ. އެހެނަސް އެންމެ ބޮޑަށް ލޯބިފުޅުވެވަޑައިގަތީ ﷲ ތަޢާލާ ދެކެއެވެ. އަހަރެމެންނަށް އޮތީ އެންމެ ބޮޑަށް ﷲ ތަޢާލާ އާއި ލޮބުވެތި ނަބިއްޔާ މުޙައްމަދު ދެކެ ލޯބިވުމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން