ޤުރްއާނުގެ ޢިލްމުގެ ތެރެއިން: އަސްބާބުލް ނުޒޫލަކީ ކޮބައިތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ޤުރްއާނުގެ ޢިލްމުގެ ތެރެއިން: އަސްބާބުލް ނުޒޫލަކީ ކޮބައިތޯ؟

އަސްބާބުލް ނުޒޫލަކީ ކޮބައިތޯ؟ 

އަސްބާބުލް ނުޒޫލަކީ އެއީ އާޔަތް ބާއްވާލެއްވި ސަބަބު. ކޮންމެ އާޔަތެއްގައެއް ނުހުންނާނެ އާޔަތް ބާއްވާލެއްވި ސަބަބެއް. ބައެއް އާޔަތްތައް އެއީ ސަބަބެއް މެދުވެރި ވެގެން އެ އާޔަތެއް ބާއްވާލެއްވި އާޔަތްތައް، އެހެންވެ ކޮންމެ ކޮންމެ އާޔަތެއްގައި ހުންނަ އެއްޗެއް ނޫން. އެއީ ބައެއް އާޔަތް ތަކުގައި ހުންނަ އެއްޗެއް އެކި އާޔަތްތައް ހުންނާނީ އެކި ސަބަބުތަކާހުރެގެން ބާއްވާލައްވާފައި. 

ދެންމެގައި ރިޒާ ކުރެއްވި ސުވާލު އެއީ أَفَتُؤْمِنُونَ بِبَعْضِ الْكِتَابِ وَتَكْفُرُونَ بِبَعْضٍ "  ނުވަތަ ފޮތުގެ އެއްބައަށް އީމާންވެފައި އަނެއްބައަށް ކާފަރުވުމުގެ އެ އާޔަތް ބާއްވާލެއްވި ސަބަބަކީކޮބައިތޯ އެ އާޔަތުގެ ސަބަބަކަށް މި އިންނަނީ ޔަހޫދީން އެމީހުންގެ މައްޗަށް ބާއްވާލެއްވުނު ތައުރާތުން އެމީހުން އެމީހުންގެ ހަވާނަފުސަށް ޤަބޫލް ކުރެވޭ ކަންތައްތައް އެމީހުން އެއަށް ޢަމަލު ކުރަނީ ދެން އެމީހުންނަށް ޤަބޫލު ނުކުރެވޭ ކަންތައްތައް އެމީހުން އެކަންތައްތައް ދޫކޮށްލަނީ. އެކަމާ ގުޅިގެން ﷲ سُبحَانه وتعالى އެމީހުންނަށް އެމީހުންގެ މައްޗަށް ބާއްވާލައްވާފައިވާ އާޔަތެއް އެއީ. މިސާލަކަށް ބުނާކަމަށްވަނީނަމަ އެއްކަލަ ޒިނޭކުރާ މީހާ ރަޖަމްކުރުމުގެ ވާހަކަ އޮތީމާ އެކަން އެމީހުން ބޭނުމެއް ނޫން ކުރާކަށެއް.  އެހެންވެގެން އެއާޔަތް ފޮރުވާފައި އެއާޔަތަށް ޢަމަލު ނުކޮށް އެހެން ގޮތްގޮތަށް އެކަމުގައި ޙުކުމް ކުރަން މަސައްކަތް ކުރަނީ. އެހެންވެ އެއީ އެ އާޔަތުގެ ސަބަބުއް ނުޒޫލަކީ. 

-- ޑރ. މުޙައްމަދު އިޔާޟް ޢބްދުއްލަޠީފް

 

 

 

މިއަދު އޮންލައިން