ދެމަފިރިންގެ މެދުގައި މައްސަލަޖެހިގެން ގިނަ ދުވަސްތަކެއްވަންދެން އެއްދާން ނުކޮށް ދުރުގައި ތިބޭފަހުން ކޯޓުން ވަރިކޮށްދިނުމުން ނުވަތަ ފިރިމީހާ ވަރިކުރުމުން އަވަހަށް ކައިވެނިކުރަން ބޭނުންވެ، ޢިއްދައިގެ މުއްދަތަށްވުރެ ގިނަ ދުވަހު އެއްދާން ނުކުރާއިރުވެސް ޢިއްދައިގެ މުއްދަތު ހަމަކުރަންޖެހޭނެކަމާއިމެދު ބައެއް ކިޔުންތެރިން ސުވާލުކުރެއެވެ.
އެފަދައިން ސުވާލުކުރައްވާ ކިޔުންތެރިންނަށް ދަންނަވާލަން އޮތީ އެންމެ ރެއަކު އެއްދާންކޮށްފައި އަހަރުވަންދެން ދުރުގައި ތިބިނަމަވެސް ޢިއްދަ ހަމަކުރަންޖެހޭނެއެވެ.
ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!
މަދުން ނަމަވެސް ކައިވެނިކުރުމަށްފަހު ރޭނުކޮށް ވަރިކުރެއެވެ. އެފަދަ ކައިވެނިވެސް ވާނީ ކައިވެންޏަކަށެވެ. ނަމަވެސް ޢިއްދައިގަ އިންނާކަށް ނުޖެހޭނެއެވެ. އެއީ ދެމީހުންގެ މެދުގައި އަނބިފިރިކަމުގެ ގުޅުން ހިންގާފައި ނުވާތީއެވެ.
ނަމަވެސް ކައިވެނިކޮށް އެކުގައި ރޭކޮށްފައިވާނަމަ ގުޅުން ނުހިންގައި ކިތަންމެ ގިނަ ދުވަހަކު ތިބެފައި ވަރިކުރިނަމަވެސް ޢިއްދަ ފުރިހަމަކުރަންވާނެއެވެ. މިއީ މުޅިން ތަފާތު ދެ ކަމެކެވެ.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް