ހުވާކުރުމުގަ ވިސްނަންޖެހޭ ކަމެއް!: އަނބި ދަރިންނާ މައިންބަފައިން ގަންދީ ހުވާނުކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ހުވާކުރުމުގަ ވިސްނަންޖެހޭ ކަމެއް!: އަނބި ދަރިންނާ މައިންބަފައިން ގަންދީ ހުވާނުކުރާށެވެ!

މިހާރަކަށް އައިސް ބައެއް މީހުން ކޮންމެ ވާހަކައެއް ދެއްކިނަމަވެސް އެތައް ަފހަރަކު އެކި ގޮތްގޮތަށް ހުވާ އެބަކުރެއެވެ. އެކަމުގެ އަޞްލަށް ބަލައިފިނަމަ އެއީ ކުރަން ރަނގަޅު ކަމެއް ނޫނެވެ. ހުވާކުރުމަކީ އެއަށްވުރެ މާ މުހިންމު ކަމެކެވެ. މާމަތިވެރި ކަމެކެވެ. 

ހަމަ ކިރިޔާ ކަމެއް މެދުވާއިރަށް ތިމާ ބުނަނީ ޙައްޤުބަސްތައް ކަމުގައި ދެއްކުމަށްޓަކައި ނުވަތަ ތިމާގެ ތެދުވެރިކަން ސާބިތުކޮށްދިނުމުގެ ގޮތުން މައިން ބަފައިންނާއި އަނބިދަރިން ގަންދީ ބައެއް މީހުން އެބަ ހުވާކުރެއެވެ. 

ފުރަތަމަ ކަމަކީ ﷲ ތަޢާލާ ނޫން ދެވަނަ އެއްވެސް ފަރާތެއް ގަންދީ ހުވާ ނުކުރަން ރަސޫލް () ޙަދީޘްފުޅު ކުރައްވަވާފައިވުމެވެ. ރަސޫލް () ވަނީ އެކަމުގެ ސަބަބުވެސް ޙަދީޘްފުޅު ކުރައްވަވައިފައެވެ. އެއީ ތިބާ ހަދަނީ ތެދެއްކަން މައިންބަފައިންނަށާއި އަނބިދަރިންނަށްވެސް އަދި އެހެން މީހަކަށްވެސް ނުއެނގޭނެތީއެވެ. އެމީހުންނަށްވެސް އެނގޭނީ އެމީހުންނާއި ގުޅިގެން ނުވަތަ އެމީހުން ބައިވެރިކޮށްގެން ނުވަތަ އެމީހުންނަށް އެނގިގެން ކޮށްފައި ހުންނަ ކަންކަން އެކަނި ކަމުގައި ވާތީއެވެ. އެހެން އެއްވެސް ކަމެއް ނުއެނގޭނެތީއެވެ. 

Prophet Muhammad () said:

"Do not swear by your fathers, or by your mothers, or by rivals to Allah; and swear by Allah only, and swear by Allah only when you are speaking the truth."

Sunan Abi Dawud 3248 

ވީމާ ހުވާކުރަންވީ ތިބާ ދައްކާގެ ޙަޤީޤަތް، ދޮގު ތެދު ދެނެވޮޑިގެންވާ ﷲ ތަޢާލާ ގަންދީ އެކަންޏެވެ.   

ބައެއް މީހުން ﷲ ތަޢާލާ ނޫން ފަރާތްތައް ގަންދީ ހުވާ ކުރާ އެއްސަބަބަކީ ދޮގެއް ހަދާފައި ﷲ ތަޢާލާ ގަންދީ ހުވާކުރަން ޖެހިލުންވުމެވެ. މިއީ މިވަރަކުން އަދި ފުދޭނެ ކަމެއް ނޫނެވެ. ދޮގެއް ދެމިއޮންނާނީ ދޮގެއްގެ ގޮތުގައެވެ. 

ބައެއް މީހުންނަށް މިފަދަ ކަންކަން ކުރެވެނީ ނުއެނގިތިބެއެވެ. ހިތުގައި އަނބިދަރިންނަށާއި މައިންބަފައިންނަށް އޮންނަ ލޯބީގެ ބޮޑުކަމުން އެފަދަ ބަސްތައް ބުނެވެނީއެވެ. ނަމަވެސް އެފަދަ އެއްވެސް ކަމެއް ކުރާނަމަ ﷲ ތަޢާލާ އަންގަވާފައިވާ މަގުން ކަންކަން ކުރަން ސަމާލުކަން ދޭށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން