ރަމަޟާން މަސް ގާތްވުމުން މާހެފުންތައް ބާއްވައެވެ. މާހެފުމާއި ގުޅުވައިގެން ބައެއް ބޭފުޅުންގެ ކަންބޮޑުވުންތައް ހުންނާތީ މާހެފުމާއިމެދު ޝައިޚް ޢަލީ ޒައިދުވިދާޅުވެފައިވާ މިބަސްފުޅުގެ ހަނދާން އައުކޮށްލަމާތޯއެވެ!
"މާހެފުމަކީ ބިދުޢައެއް ނޫން! މިއީ ދިވެހިން ޘަޤަފީގޮތުން ކުރަމުން އަންނަ ކަމެއް! ރޯދަޔާ ދިމާކޮށް ހިތްތަކަށް އުފާވެރިކަން ގެނައުމަށް ގެޔަށް ދޮންވެލި ލުމާ މާހެފުން ބޭއްވުމަކީ އިސްލާމްދީނާ ފުށުއަރާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނާ ބުނުމަކީ ޞައްޙަ ބުނުމެއް ނޫން!"
- ޝައިޚް ޢަލީ ޒައިދު
މާހެފުން ބާއްވަނީ ޢާއިލާގެ މީހުން، އެކުވެރިން ބައްދަލުކޮށްލައި އުފާކޮށްލުމަށެވެ. ގުޅުން ބަދަހިކޮށްލުމަށެވެ. އެއީ ދިވަހިން އަޅުކަމެއްގއ ގޮތުގައި ކުރަމުން އަންނަ ކަމެއް ނޫނެވެ.
ރޯދއާ ދިމާކޮށް ގޯތިތަކަށް ދޮންވެލިލުމާ ހޭގައި ކުލަލުން ފަދަ ކަންކަން ކުރަނީ ގެދޮރު ޒީނަތްތެރިކުރުމަށެވެ. ކޮންމެހެން ރޯދައާއި ގުޅުވައިގެން ކުރާ އަޅުކަމެއްގެ ގޮތަކު ނޫނެވެ. ބިދުޢަ އަކީ ދީނުގައި ނެތްކަމެއް އަޅުކަމެއްގެ ގޮތުގައި ދީނުގެ ތެރެއަށް ގެނައުމެވެ.
ފަހަކަށް އައިސް ބައެއް ބައެއް އޮފީސްތަކުން މާހެފުންތަކަށް ދިނީ ޢިލްމުވެރިންނަށް ދީގެން ގެންގޮސް ދީނީ ނަޞޭޙަތް ދިނުން ފަދަ ކަންކަންވެސް ކުރެއެވެ. ބައިވެރިންގެ ސުވާލުތަކަށް ޢިލްމުވެރިން ޖަވާބުވެސް ދެއްވައެވެ. އެކަމުގެ ފައިދާ ބައިވެރިންނަށް ކުރެއެވެ. މިއީ ޢާއިލާތަކުން މާހެފުން ބާއްވާއިރުގައިވެސް ވިސްނާލުން ރަނގަޅު ކަމެކެވެ.
މާހެފުން ބޭއްވުމަކީ ދީނީ ގޮތުން މައްސަލައެއް ނޫންނަމަވެސް މިހާރު ބައެއް އޮފީސްތަކުން އެކަންކުރާގޮތުގައި މައްސަލަތަކެއް އެބަހުރިކަން ފާހަގަކުރެވެއެވެ. އެއީ މުވައްޒިފުން ލައްވައި އަގުބޮޑުތަކެތި ހައްދުވައިގެންދާތީއެވެ. ބައިވެރިނުވެ ހުންނަން ލަދަށް އެއްޗެތި ގެންދިއަ ނަމަވެސް ފުދުންތެރިކަން ނެތް މުވައްޒިފުންނަށް އެކަމުން ތަކްލީފްތަކެއް ޖެހޭނެތީއެވެ.