ބޭނުމެއް ޖެހުމުން ޤްރުއާން ހިތުދަސް އަދި ފިޤްހު ޢިލްމު ލިބިފައިވާ ޝެއިޚުންގެ ފަރާތުން ހެއު ދުޢާ ކޮށްދެއްވުމަށް އެދުމަކީ ރަނގަޅު ކަމެއްތޯ؟
އާދެ1 ކޮންމެ މީހަކުވެސް ހަމަ އަނެކާއަށްޓަކައި ހެޔޮ ދުޢާ ކޮށްދިނުމަކީ އަދި ދުޢާ ކޮށްދިނުން އެދުމަކީވެސް އެއީކީ މައްސަލައެއް އޮތް ކަމެއް ނޫން. އެހެންނަމަވެސް މީގައި ވާގޮތަކީ އަޅުގަނޑުމެންނަށް ބައެއް ފަހަރަށް ހީވަނީ އަޅުގަނޑުމެން އަމިއްލައަށް ﷲގެ حضرة އަކަށް ނުވެއް ދެންނެވޭނޭ. އަޅުގަނޑުމެން ދަންނަވަން ޖެހޭނީ ކޮންމެވެސް ހެއުލަފާ ޞާލިޚް މީހަކު މެދުވެރި ކޮށޭ. އެގޮތަށް ޤަބޫލު ކުރެވޭކަމަށް ވަނީނަމަ އެއީ މައްސަލައެއް.
އަޅުގަނޑަށްވެސް ހަމަ ﷲގެ حضرة ގައި އަޅުގަނޑުމެން އަމިއްލއަށްވެސް ދަންނަވަންވީ. އަދި އެއާއެކުގައި ބޮޑު މުސީބާތެއް ޖެހިގެން އުޅޭތީ ނުވަތަ އެނޫންވެސް ކަމެއްވެގެން އުޅޭތީ އެކަމުން ރައްކާތެރިކޮށް ދެއްވުން އެދި އެހެން މީހުންވެސް އެކަމުގައި އޭނާއަށް ހެއު ދުޢާ ކޮށްދިނުން އެދުމަކީ ހަމަ އެންމެ ރަނގަޅު ކަމެއް! އެއީ ކޮންމެހެން ޢިލްމުވެރިން ނުވަތަ ފިޤްހު ޢިލްމު އުނގެނިފައިހުރި މީހުނަށް ވާކަން ނުޖެހޭނެ. ކިތަންމެ އާދައިގެ މީހާގެ ގާތުގައި އެގޮތަށް ދުޢާ ކޮށްދިނުން އެދުން ކަމުގައި ވިއަސް އެއީ މައްސަލައެއް އޮތްކަމެއް ނޫން.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް