ތިމާއަށް އަނބިމީހާ ފަހަތުލައިގެން ގޭގައި ތަރާވީޙް ނަމާދުނުކުރެވޭނެ ނަމަ ނުވަތަ އަނބިމީހާއަށް ނަމާދުކުރެވޭނެ މާޙައުލެއް ނުދެއްކޭނަމަ އަތުގައި ހިފައިގެން އަވަހަށް މިސްކިތުގެ ޖަމާޢަތަށްދާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ތިމާއަށް އަނބިމީހާ ފަހަތުލައިގެން ގޭގައި ތަރާވީޙް ނަމާދުނުކުރެވޭނެ ނަމަ ނުވަތަ އަނބިމީހާއަށް ނަމާދުކުރެވޭނެ މާޙައުލެއް ނުދެއްކޭނަމަ އަތުގައި ހިފައިގެން އަވަހަށް މިސްކިތުގެ ޖަމާޢަތަށްދާށެވެ!

"އަންހެނުންނަށް މޮޅު އިތުރުވެގެންވަނީ ގޭގައި ނަމާދުކުރުމެވެ. ނަމަވެސް އަންހެނަކު މިސްކިތަށްދާން ބޭނުންވެއްޖެ ނަމަ އެކަން ހުއްޓުވައިގެން ނުވާނެއެވެ. އެއީ ފަރުޟު ނަމާދުގެ ޖަމާޢަތަށް ނަމަވެސް ތަރާވީޙް ނަމާދު، ދަމުނަމާދުފަދަ ނަމާދުގެ ޖަމާޢަތަށް ނަމަވެސްމެއެވެ. އަދި ކީއްހުއްޔެވެ؟ ޙައްޖާއި ޢުމުރާޢަށް ގޮސްގުޅޭއިރު ޙަރަމްފުޅަށް ދިއުންވެސް ހުއްޓުވައިގެންނުވާނެއެވެ." 

"މިހާރު ގެދޮރުގެ ޙާލަތުހުރި ގޮތުން ގޭގައި ނަމާދުކުރެވެން ނެތް ގެތައް ވަރަށް ގިނައެވެ. ވީމާ މިސްކިތަށް އަންހެނުން ދިއުމަކީ ހުއްޓުވައިގެން ވާންއޮތް ކަމެއް ނޫނެވެ."

- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު 

ލޮބުވެތި އެކުވެރިންނޭވެ! ތިމާއަށް އަނބިމީހާ ފަހަތުލައިގެން ގޭގައި ތަރާވީޙް ނަމާދުނުކުރެވޭނެ ނަމަ ނުވަތަ އެކަނިހުރެ ޚުޝޫޢަތްތެރިކަމާއިއެކު އަނބިމިހާއަށް ގޭގައި ނުކުރެވޭނެނަމަ އަނބިމީހާ މިސްކިތަށް މައްސަލައަކަށް ނުހަދާށެވެ. އެންމެ ރަނގަޅު ގޮތަކީވެސް އަނބިމީހާގެ އަތުގައި ހިފައި ގޮވައިގެން ތިބާ މިސްކިތުގެ ޖަމާޢަތަށްދިއުމެވެ. 

ވިސްނަވައިލައްވާށެވެ! މިއަދުގެ ޙާލަތަށެވެ. ގެދޮރުގެ ހާލަތަށެވެ. ގިނަ ގޭގޭގައި ސަޖިދަ ޖަހާލާނެ ތަންކޮޅެއް ނޯވެއެވެ. ތަންކޮޅެއް ލިބިއްޖެނަމަ އިވޭ އަޑުތަކާއި އެހެން ކަންކަމުގެ ސަބަބުން ނަމާދުކޮށްލާނެ މާޙައުލެއް ނުލިބެއެވެ. ވީމާ މިކަންކަމަކީ ވިސްނައިލުން މުހިންމު ކަންކަމެވެ. 

ވަރަށް މަދު ގެއެއްގައި ނޫނީ ނަމާދުނުކުރާ ބައަކު އުޅެއެވެ. އެމީހުންގެ ކަމަކަށް އޮންނަނީ ގޭގައި ތިބިނަމަ ޓީވީ ބެލުމާއި ގޭމްތައް ކުޅުމެވެ. ޓީވީ އަޑާއި ގޭމްތަކުގަ ބަޑިޖަހާއަޑާއި ހިނިގަނޑު ޖަހާ އަޑުއިވޭނަމަ ގޭގައި ހުރެ ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރެވޭނީވެސް ކިހިނަކުން ހެއްޔެވެ؟  

 

 

 

މިއަދު އޮންލައިން