ރަމަޟާން މަހަކީ ޤުރުއާން ކިޔެވުމާ ނަމާދު ޤާއިމް ކުރުމާ ޖަމާޢަތުގަ ނަމާދު ކުރުމާ ހެޔޮކަންތައްތަކުގަ މީހުންނަށް އެހީތެރިވުމާ ޞަދަގާތް ކުރުން އިތުރުކުރަންވީ މައްސަރު!: ޑރ. ޝަހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ރަމަޟާން މަހަކީ ޤުރުއާން ކިޔެވުމާ ނަމާދު ޤާއިމް ކުރުމާ ޖަމާޢަތުގަ ނަމާދު ކުރުމާ ހެޔޮކަންތައްތަކުގަ މީހުންނަށް އެހީތެރިވުމާ ޞަދަގާތް ކުރުން އިތުރުކުރަންވީ މައްސަރު!: ޑރ. ޝަހީމް

އެންމެހާ ލޮބުވެތި އަޚުންނާއި އުޚްތުން އައްސަލާމް ޢަލައިކުމްވަރަޙްމަތުﷲ ވަބަރަކާތު.

ބަރަކާތްތެރި ރަމަޟާން މަހުގެ ހެޔޮ އެދުންތަކާއި ތަހުނިޔާ ތިޔަ ލޮބުވެތި އެންމެހާ އަޚުންނާއި އުޚްތުންނަށް އަރިސްކުރަން. 

ލޮބުވެތި އަޚުންނާއި އުޚްތުން، އަޅުގަނޑުމެން މި ރަމަޟާންމަހުގަ މަސައްކަތް ކުރަންވީ އަޅުގަނޑުމެންގެ ޢަމަލްތައް ސީދާ ކުރުމަށް. ރަމަޟާން މަހުގަ ލައްވާފައިވާ ސަވާބާއި ދަރުމަ ޙާޞިލްކުރުމަށް. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ރަމަޟާން މަހަކީ ކީރިތި ޤުރުއާން އެމަހެއްގަ ބާވާލެއްވުނު މައްސަރު. ކީރިތި ޤުރުއާނުގެ ކޮންމެ އަކުރަކަށް 10 ހެޔޮކަން މާތްﷲ ލައްވާފައިވޭ. 

އެހެންކަމުން ކީރިތި ޤުރުއާން ކިޔެވުމާ ނަމާދު ޤާއިމް ކުރުމާ ޖަމާޢަތުގަ ނަމާދު ކުރުމާ ހެޔޮކަންތައްތަކުގަ މީހުންނަށް އެހީތެރިވުމާ ޞަދަގާތް ކުރުމާ މި ހުރިހާ ކަމެއްގަ އަޅުގަނޑުމެން ޖެހޭ ހެޔޮކަން ޙާސިލް ކުރުމަށް މަސައްކަތް ކުރަން ބަރަކާތްތެރި ރަމަޟާން މަހުގަ. މީގެ އިތުރުން ރަމަޟާން މަހަކީ އެއީ އެމަހެއްގަ ލައިލަތުލް ޤަދްރި ވިލޭރޭ ލެއްވިގެންވާ މައްސަރު. އެއީ އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވާ މަތިވެރި ރެއެއް. އެއީ ކީރިތި ޤުރުއާން ބާވާލެއްވުނު ރޭ.

އެހެންކަމުން އެރޭގެ ހެޔޮކަން ޙާސިލް ކުރުމަށްޓަކާ ރަމަޟާންމަހުގެ ހުރިހާ ރެއެއްގަވެސް އަޅުކަން އަދާކޮށް ރޭ އަޅުކަމުގަ ދެމި ތިބުމަކީ މުހިއްމު ކަމެއް. ވަކިން ޚާއްސަކޮށް ފަހުދިހައިގެ ރޭތައް. 

އަދި ހަމަ އެހެންމެ ރަމަޟާން މަހަކީ އެމަހެއްގަ ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވި ނަރަކައިގެ ދޮރުތައް ބަންދުކުރެވި، ބޮޑެތި ޝައިޠާނުންތައް ކަސްތޮޅު އެޅުވި، އަދި ހެޔޮކަމުގެ ހުރިހާ ކަމެއް ބަރަކާތެއް ލެއްވިގެނވާ މައްސަރު. 

އެހެންވީމާ މި މައްސަރުގެ ހެޔުކަން ޙާޞިލް ކުރުމަށް އަޅުގަނޑުމެން ޢަޒުމް ކަނޑައަޅާ މަސައްކަތް ކުރަންޖެހޭ؟ މާތް ﷲ އަޅުގަނޑުމެންނަށް ހެޔޮ ވިސްނުން ދެއްވާ ތަޤުފީޤު ދެއްވާށި .

ވައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތު، 

- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

މިއަދު އޮންލައިން