ސަރުކާރުގެ އެޑްމިން ސްޓާފުންގެ މުސާރައަށް ބަދަލެއް ގެންނަން ރައީސް ގެ ވިސްނުންފުޅު އެބަހުރިތޯއޭ؟ އަޅުގަނޑު މިވާހަކަ މި ދެކެވުނީ އަޅުގަނޑު ވޯކް ކުރަނީ ކައުންސިލްގަ. އަޅުގަނޑަކީ ހަމަ ޑިގްރީއާ ހަމައަށް ކިޔަވައިގެން ހުރި ކުއްޖެއް. ބަޓް އަޅުގަނޑުމެންނަށް ގެއަށް ގެންދަން މި ލިބެނީ 8000 ރުފިޔާ އޯޓީ އާ އެއްކޮށް. އެކަމު އަޅުގަނޑަށް ފެނޭ ބައެއް ސަރުކާރު މުއައްސަސާތަކުގައި މަސައްކަތު މީހުންވެސް މީ އަޅުގަނޑުމެންނަށްވުރެ ބޮޑު މުސާރައެއް ލިބޭތަން. އެހެންވީމަ މިކަމަށް ރައީސްގެ ވިސްނުންފުޅު ހުރީ ކިހިނެއްތޯ.؟
ކައުންސިލްތައް ކެޓެގެރައިޒް ކޮށްފަ މި އޮންނަނީ ވަރަށް ދަށް ފަންތިއެއްގަ ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ޤާނޫނުގެ ތެރެއިން މި ކެޓެގެރައިޒް ކޮށްފަ މި އޮތް ގޮތް. އެއީ މައިގަނޑު މައްސަލައަކީ. ދެން ސަރުކާރުން ފިނޭންސް މިނިސްޓްރީން މުސާރަ ބޮޑުކުރަން ބޭނުންވިޔަސް އެ ކަމެއް ނުވެއް ކުރެވޭ ކެޓެގަރައިޒް ކޮށްފަ އޮންނަ ގޮތުން.
ދެން ޖުމްލަކޮށް ހަމަ ހުރިހާ މުވައްޒަފުންގެ މުސާރަތައް ބޮޑު ކުރުމަކީ އަޅުގަނޑު ބޭނުންވާގޮތް. އެހެން ނަމަވެސް އަޅުގަނޑުމެންނަށް އާމްދަނީ އިތުރުވެގެން ދާވަރަކުން އިޤްތިޞާދު ހަރުދަނާ ކޮށް ވަރުގަދަކުރެވޭ ވަރަކުން މުސާރަތައް ބޮޑު ކުރެވޭނެ. ދެން މިހެން އޮތް އިރުގަވެސް ކައުންސިލްގެ މުވައްޒަފުން، ކައުންސިލްގެ އިދާރީ މުވައްޒަފުންގެ މުސާރައިގެ މައްސަލައަކީ ވަރަށް ބޮޑުވެފަ އޮތް މައްސަލައެއް. އެންމެ ދަށް ފަންތީގަ ހިމެނޭ މައްސަލަ. އެހެންވީމަ އެކަމަށް މިހާރުން މިހާރަށްވެސް ހައްލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލިސް ތެރެއިން. އެހެންވީމަ އެކަމަށް މަޖިލިސްތެރެއިން ކަންތައްތަކެއް ކުރެވިގެން އެކަމަށް ހައްލެއް ގެނެވޭނީ.
ޝުކުރިއްޔާ
މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒް އާއި ކޮށްފައިވާ ސުވާލަކަށް އެމަނިކުފާނު ދެއްވާފައިވާ ޖަވާބެވެ.