އަންނަ ހުކުރުދުވަހު މާލޭގެ ބައެއް މިސްކިތްތަކުގައި ހުކުރުކުރާނީ އަލަށް ތަމްރީނުކުރި ޒުވާން ޚަޠީބުން ކަމަށް އިސްލާމީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިރޭ ވިތުރި ކުރެވުނީ ޒުވާން އިމާމެއްގެ ފަހަތުގައެވެ. ވަރަށް ފުރިހަމައެވެ. މާޝާ ﷲ
ކޮވިޑުގެ ދުވަސްވަރު އެއިރުގެ ސަރުކާރުން މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން ހުއްޓާލާފައި އޮތް ދުވަސްވަރު "ސަރުކާރަށް ބިރުކަނޑާލާފައި" މާލޭގައި މެދުނުކަނޑައި ޖަމާޢަތުގައި ނަމާދުކުރި 2 މިސްކިތުގެ ތެރެއިން އެއް މިސްކިތުގައި އިމާމްވެ ނަމާދުކުރި އެއިރުގެ ދަރިވަރުން މިހާރު ގެންދަނީ މިސްކިތްތަކުގައި ބަދަލު އިމާމުންގެ ގޮތުގައިވެސް ނަމާދުކުރަމުންކަން ފާހަގަކުރެވެއެވެ.
މިކަމުން އެނގެނީ އިމާމްވެ ނަމާދުކުރުމުގެ ފުރުޞަތު ދިނުމަކީ ކުދިންގެ ހިތުގައި އިމާމްކަން ކުރަން ޝައުޤުވެރިކަން އުފެދޭ ކަމެއްކަމެވެ.
އިމާމުވެ ހުކުރުކުރާނެ ޒުވާނުން އުފެއްދުމަށްޓަކައި ސްކޫލްތަކުން ހިންގާ އިތުރުޙަރަކާތުގެ ތެރޭގައި ހިމަނައިގެން ނަމަވެސް "ޚުޠުބާކިޔުމުގެ މުބާރާތެއް" ބާވައިދޭނަމަ މިއަދުނޫހުން މުބާރާތުގެ އިނާމުދޭނެކަމަށް މާލޭގެ 3 ސްކޫލަކަށް މީގެ 3 އަހަރުކުރިން ވާނީ ހުށަހަޅައިފައެވެ. އެކި ފަހަރުމަތިން ވާނީ ހަނދާންވެސް ކޮށްދެވިފައެވެ.
އެކަމަށް އެއްވެސް ތަރްޙީބެއް ނުލިބި އޮއްވައި އިސްލާމީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ބެއްލެވުމުގެދަށުން މިފަދަ ޕްރޮގްރާމެއް ފެށްޓެވީތީ އެކަމަށްޓަކައި އެމަނިކުފާނަށް ޚާއްޞަ ޝުކުރެއް އަރިސްކުރަމެވެ. އަދި މިޕްރޮގްރާމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ސަމާލުކަން ފާހަގަކޮށް އެމަނިކުފާނަށްވެސް ޝުކުރު ދަންނަވަމެވެ.
އަންނަ ހުކުރުދުވަހު މާލޭގެ ބައެއް މިސްކިތްތަކުގައި ހުކުރުކުރާނީ އަލަށް ތަމްރީނުކުރި ޒުވާން ޚަޠީބުން
— Dhiyares (@DhiyaresNews) March 11, 2024
https://t.co/8qCxQmcSi8