ޖިންނި ޝައިޠޯނުންގެ ހަސަދަވެރިކަމަކީވެސް ޑޮކްޓަރުންނަށް ބަލި ދެނެ ނުނގަނެވޭ އުނދަގޫތައްވާ ސަބަބަކަށްވޭ! ސަލާމަތްކަން ހޯދައިގެން ހުންނަން އާދަކުރޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 13ސ
ޖިންނި ޝައިޠޯނުންގެ ހަސަދަވެރިކަމަކީވެސް ޑޮކްޓަރުންނަށް ބަލި ދެނެ ނުނގަނެވޭ އުނދަގޫތައްވާ ސަބަބަކަށްވޭ! ސަލާމަތްކަން ހޯދައިގެން ހުންނަން އާދަކުރޭ!

އެއްވެސް ބައްޔެއްޖެހިފައިވާކަން ފާހަގަނުކުރެވޭއިރުވެސް މެއަށް އުނދަގޫވުމާއި، މޭގައި ރިއްސުމާއި ނާރުތަކުގައި އެއްޗެއް ދުވާހެން ހީވުމާއި މިފަދަ މައްސަލަތައް ގިނަ ބައަކަށް ކުރިމަތިވެއެވެ. ޑޮކްޓަރުންނަށް ދެއްކުމުން ޓެސްޓްތައް ހަދާފައި ބުނަނީ މައްސަލައެއް ނުވަތަ ބައްޔެއް ފާހަގަނުކުރެވޭ ކަމަށެވެ. ޓެސްޓްތައް "ނޯމަލް" ކަމަށެވެ.  

މިޙާލަތުގައި ބަލިމީހާ ހިތްހަމަޖައްސާލަން "އުނދަގޫވާނަމަ ބޭނުންކޮށްލަން " ބުނެ ބޭހެއްވެސް ދީފާނެއެވެ. އެކަމަކު އެއީ ޙަޤީޤަތުގައި އެއްވެސް ފަރުވާއެއް ނޫނެވެ. މާނައަކީ ބައްޔެއް ހުރީތީ ދިން ބޭހެއް ނޫނެވެ.  

މިފަދަ ކަންކަން މެދުވެރިވާ ސަބަބުތައް ވަރަށް ގިނައެވެ. ތިރީގައިވާ ލިޔުމުން ވަރަށް ބޭނުންތެރި މަޢުލޫމާތު ލިބިލައްވާނެއެވެ. އިން ޝާ ﷲ  

ޙާދިޘާ: 

ހަށިގަނޑުގެ އެއްފަޅީގައި ރިއްސުމާއި ބުރަކަށީގެ މެދުގައި ރިއްސުމާއި ނޭވާލާން އުނދަގޫވެ ކެތް ނުކުރެވޭވަރު ވުމުން ޑޮކްޓަރަށް ދައްކަންދާ ކޮންމެފަހަރަކު އިންޖެކްޝަނެއް ޖަހާވާހަކަ އޭނާ ބުންޏެވެ. މާލެގޮސް އެކި އެކި ޑޮކްޓަރުންނަށް ދައްކައި ގިނަ ޓެސްޓުތަކެއް ހެދިއްޖެއެވެ. ހުރިހާ ޓެސްޓުތަކުގެ ނަތީޖާތައްވެސް ނޯމަލް އެވެ. އެއްވެސް މައްސަލައެއް ނެތެވެ.  

އެންމެ ފަހުން ޑޮކްޓަރަކު ބުނީ މޭމަތީގެ ކަށިތަކުގައި މައްސަލައެއް އެބަހުރިކަމަށެވެ. އަނެއް ޑޮކްޓަރަކު އަންގަނީ ނަފްސާނީ މައްސަލައެއް ކަމަށެވެ. ކޮންމެ އަކަސް ރޫޙާނީ ބަލިތަކަކީ ޑޮކްޓަރީ ފަރުވާއިން ރަނގަޅު ކުރެވޭ އަދި ދެނެގަނެވޭނެ ބަލިތަކެއް ނޫނެވެ. ބަލިމީހާގެ ފަރާތުން އެދުނީ ބަލިމީހާ ޓެސްޓުކޮށްދިނުމަށެވެ. 

އަޅުގަނޑު ގޮސް ބަލިމީހާކައިރީގައި ކިޔެވީމެވެ. އެހިނދު ރޯންފެށިއެވެ.

އަޅުގަނޑު ސުވާލު ކުރީމެވެ. " އަހުރެމެންނާއި އެކު މިތަނުގައި ވަނީ ކާކު ؟

އެހިނދު އޭނާ ޖަވާބު ދިނެވެ." ގުބާދު"

އަޅުގަނޑު ސުވާލުކުރީމެވެ. ކަލޭގެ ޢުމުރަކީ ކޮބާ؟

އޭނާ: 27

އަޅުގަނޑު: ކަލޭގެ ދީނަކީ ކޮބާ؟

އޭނާ: ކާފިރު

އަޅުގަނޑު: ކަލޭ މީނަ { އިންސާނާ } ގެ ހަށިގަނޑުގައި ބީހެން ޖެހުނު ސަބަބަކީ ކޮބާ؟

އޭނަ: ނަފުރަތުން { އެބަހީ ޙަސަދައިން }

އަޅުގަނޑު : މުޙައްމަދު رسول الله صلى الله عليه وسلم ގެންނެވި ރިސާލަތު ކަލެއާއި ހަމައަށް އައިސްފައި ނުވޭތަ؟

އޭނާ: ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރާލި.

އަޅުގަނޑު: އެހެންވީއިރު އީމާން ނުވަނީ ކީއްވެ؟ ﷲ ގެ ކުޅަދުންވަންތަކަމުގެ ހެކިތައް ކަލެއަށް ނުފެނޭތަ؟ ކަލޭ އެފަރާތައް ބިރުވެތިވާން ނުޖެހޭތަ؟ އަހަރެން ކަލެއަށް ނަޞޭޙަތްތެރިވަން ﷲ އަށް ބިރުވެތިވުމަށް!

އަދި އަނިޔާވެރިނުވެ ﷲ އަށް ބިރުވެތިވާ ޙާލު މިތަން ދޫކޮށް ދިއުމަށް ނަޞޭޙަތް ތެރިވަން.  

ޙަސަދަވެރިންގެ ނުބައިކަމުން ރައްކާތެރިވުމަށް ހެނދުނާ ހަވީރުގެ ދުޢާތައް ގަވަޢިދުން ކިޔާށެވެ.  

(މިއީ ޢަބްދުﷲ މާހިދު ސޯޝަލް މީޑިއާގައި ހާމަކުރައްވާފައިވާ ލިޔުމެއް އެއިގެ އަޞްލާއި އެއްގޮތަށެވެ. )

 

މިއަދު އޮންލައިން