ކީރިތި ޤުރްއާން ކިޔެވުމުގެ ބައެއް އަދަބުތައް-

ކިޔުމަށް ހޭދަވާނީ 2މ 7ސ
ކީރިތި ޤުރްއާން ކިޔެވުމުގެ ބައެއް އަދަބުތައް-

ޢާއިޝަތު ރަފާޙް ޢަލީ

 

ކީރިތި ޤުރްއާނަކީ މާތް ﷲ ގެ ކަލާމްފުޅެވެ. އެފޮތް ކިޔަވާހިނދު އަޅުގަނޑުމެން އަދބުތަކެއް ގެންގުޅެން ޖެހެއެވެ.

ﷲ ތަޢާލާ އަންޢާމް ސޫރަތުގައި 160 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވަނީ މިފަދައިންނެވެ. 

مَن جَاءَ بِالْحَسَنَةِ فَلَهُ عَشْرُ أَمْثَالِهَا ۖ وَمَن جَاءَ بِالسَّيِّئَةِ فَلَا يُجْزَىٰ إِلَّا مِثْلَهَا وَهُمْ لَا يُظْلَمُونَ ﴿١٦٠﴾‏ 

މާނައީ: "ހެޔޮކަމެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް އެފަދަ ދިހަ ހެޔޮކަމުގެ ثواب ހުށްޓެވެ. އަދި ނުބައިކަމެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެފަދަ ކަމެއްގެ ޖަޒާ މެނުވީ، އެމީހަކަށް ނުލިބޭހުށްޓެވެ. އަދި އެއުރެންނަކަށް ބޭއިންސާފެއް ނުކުރައްވާހުށްޓެވެ. (160)" 

އެހެންކަމުން މި ލިޔުމުގައި ކީރިތި ޤުރްއާން ކިޔެވުމުގެ ބައެއް އަދަބުތައް ހިމަނާލާނަމެވެ. 

·       ސާފަުޡާހިރުވެގެން ނޫނީ ކީރިތި ޤުރްއާނުގައި އަތްނުލުން

·       ކީރިތި ޤުރްއާން ކިޔަވަން ފެށުމުގެ ކުރީން ދަތްއުނގުޅުން

·       ކިޔަވަން ފެށުމުގެ ކުރީން ރީތި ފޭރާންލުން

·       އާފުރޭނަމަ ކިޔެވުން މެދުކަނޑާލުން

·       ބޭނުމެއް ޖެހިގެން ނޫނީ ކިޔެވުން މެދުކަނޑާލުމަށްފަހު ވާހަކަނުދެއްކުން

·       ސަމާލުކަންދީގެން ކިޔެވުން

·       ވަޢީދެއް އޮތް އާޔަތެއް ނަމަ އެކަމުން ރައްކާތެރިކަމަށް އެދުން

·       ކީރިތި ޤުރްއާން ކިޔަވަން ފަށާފައި މުޞްޙަފް ހުޅުވާފައި ބާއްވާފައި ނުދިޔުން

·       ކީރިތި ޤުރްއާން ނުވަތަ މުޞްހަފް މަތީގައި އެހެން އެއްވެސް އެއްޗެއް ނުބޭއްވުން

 

 

 

މިއަދު އޮންލައިން