ރޯދަމަހު ރޯދައަށް ހުރެ ބަނޑުހައިވެގެން، ފެންބޮވާތީ، ވަރުބަލިވާތީ ރޯދަ ދޫކޮށްލެވޭނެ ޙާލަތު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ރޯދަމަހު ރޯދައަށް ހުރެ ބަނޑުހައިވެގެން، ފެންބޮވާތީ، ވަރުބަލިވާތީ ރޯދަ ދޫކޮށްލެވޭނެ ޙާލަތު-

އިސްލާމް ދީނުގައި ކޮންމެ ކަމެއްވެސް ކުރަން އޮތީ އެމީހަކަށް ކެރިކުޅަދާނަވާ ގޮތަކަށެވެ. މިޘާލަކަށް ބުއްދި ސަލާމަތުން ހަމަހޭގައި ހުރެ ޤަޞްދުގައި ފަރުޟު ނަމާދުތައް ނުކޮށް ދޫކޮށެއް ނުލެވޭނެއެވެ. ނަމަވެސް ކޮޅަށް ނުހުރެވޭ ޙާލަތުގައި އިށީނދެ އިނދެގެންވެސް އަދި އޮށޯވެ އޮވެގެންވެސް ނަމާދުކުރެވިދާނެއެވެ. 

ރޯދައަށް ބަލައިފިނަމަ ރޯދައިގެ ސަބަބުން ވަރިބަލިކަން އިޙްޞާޞްވެ ތިމާގެ ހަށިގަނޑަށް ގެއްލުން ލިބިދާނެ ކަމުގެ ބިރު އޮތްނަމަ ފެންފޮދެއް ބޮއެލައިގެން ނުވަތަ ކުޑަމިންވަރެއް ކައިގެން ރޯދައަކަށް ނުހުރެވޭނެއެވެ. އެގޮތަށް ހުރިނަމަވެސް އެއީ ރޯދަހިފުން ނުވަތަ ރޯދައަށް ހުރުން ކަމަކަށް ނުވާނެއެވެ. އެފަދަ ޙާލަތެއް ކުރިމަތިވެއްޖެ ނަމަ އެމީހަކަށް އޮތީ ރޯދަ ދޫކޮށްލައި ރަމަޟާން މަސް ނިމުމުން އަވަހަށް ޤަޟާކުރުމެވެ. 

ރޯދަ ހިފުމުގެ އެއް ބޭނުމަކީ ބަނޑުހައިކަމާއި ކަރުހިއްކުން ތިމާގެ ހަށިގަނޑަށް އިޙްޞާޞްކުރުވުމެވެ. ވީމާ ހަމަ ބަނޑުހައިވެލާއިރަށް ނުވަތަ ފެންބޮވާއިރަށް ރޯދަ ދޫކޮށްލުމެއް ނެތެވެ. ރޯދަ ދޫކޮށްލަންވާނީ ރޯދައަށް އިތުރަށް ހުރެއްޖެނަމަ ތިމާގެ ހަށިގަނޑަށް ގެއްލުންވެދާނެ ކަމުގެ ބިރު ހަމަ ޙަޤީޤަތުގައިވެސް އޮވެގެންނެވެ. ތިމާގެ ޙާލަތު ﷲ ތަޢާލާ ދެނެވޮޑިގެންވާކަން ހިތްމައްޗަށް ގެނެސް ބިރުވެތިވާ ޙާލުގައެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ސުވާލު:. ރޯދަމަހު ރޯދައަށް ހުރެ އެއްވެސް ޢުޒުރަކާ ނުލައި ހަމައެކަނި ވަރުބަލިވާތީ ކަމަށް ބުނެފައި ރޯދަ ދޫކޮށްލެވިދާނެތޯ؟ 

ޖަވާބު:. އެނައަށް ނުހިފެއްޓޭ ވަރުވެއްޖެ ކަމުގައި ވަނީނަމަ އޭނާއަށް ރޯދަ ދޫކޮށްލެވިދާނެ. މިސާލަކަށް ރޯދަ ކުރިއަށް ގެންދަންވެއްޖެ ކަމުގައިވަނީނަމަ ހަށިގަނޑަށް ގެއްލުން ވެދާނެ ކަމުގެ ބިރު އުފެދިއްޖެ ކަމުގައިވަނީނަމަ އެޙާލަތުގައި ރޯދަ ދޫކޮށްލެވިދާނެ.  

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން