ލޮނު އަސާރަ
ބޭނުންވާ ތަކެތި:
1- 1 ދޮން ނުވާ ހަރު ފަޅޯ
2- ލޮނު
3- ރީނދޫ
4- 1 ލުނބޯ
5- 1 ގިތެޔޮ މިރުސް (ކުދިކޮށް ކޮށާފަ)
6- 2 ފިޔާ (ވަށް ފޮއްޗަށް ތުނިކޮށް ކޮށާފަ)
ހައްދަވާނެ ގޮތް:
ފަޅޯ ތޮށި މަށާލުމަށްފަހުގައި، ކަރުގަނޑާ ޖެހެންދެން ވަށައިގެން ތުނިކޮށް ފޮތި ފޮތި ކޮށާލާށެވެ. އެއަށްފަހު ތެއްޔަކަށް އަޅާލާފައި ފަޅޯކޮޅުން މައްޗަށް އަރާވަރަށް ފެން އަޅާށެވެ. އަދި ރަހަ ލާވަރަށް ލޮނު ކޮޅެއް އަދި ކުލަ ހިފާ ވަރަށް ރީނދޫ ކޮޅެއް އަޅާފައި މަޑު ގިނީގައި ކައްކާށެވެ. މަޑުވުމުން ފެން ހިއްކާލަން ފުރޭންޏަކަށް އަޅާލާށެވެ. އަދި ލުނބޯލުގެ ހުތްކޮޅު ފަޅޯކޮޅުގެ މައްޗަށް ވިއްސާލާށެވެ. އެއަށްފަހު ކޮށާފައި ހުރި ފިޔާ، މިރުސް އެއްކޮށް މޮޑެލާ، ރަނގަޅަށް ޗިސްކޮށްލާށެވެ. އަދި މޮޑެލި ފިޔާކޮޅު ފަޅޯކޮޅުމައްޗަށް އަޅާލުމަށްފަހު ކުޑަކޮށް މޮޑެލާށެވެ. ފަޅޯކޮޅު އެހާ ބޮޑަށް ޗިސް ނުވާވަރަށް މޮޑެލާށެވެ.
- ސިއުޒާ
ލޮނު އަސާރައަކީ ކުރީގައި ކޭން ތަކުގައިވެސް ހިމެނޭ އެއްޗެކެވެ. އަދި ބަތް ކާއިރު ކާލަން ހަމަ ވަރަށް މީރު އެއްޗެކެވެ.