ރޯދަމަހު ރޯދައަށް ހުރެ ފެންވެރޭނެތޯ އާއި ރޯދަ ވަރުބަލިފިލުވަން ފެންވެރޭތޯ ބައެއް މީހުން ސުވާލުކުރެއެވެ.
ޖަވާބަކީ އާނއެކެވެ. ސާފުތާހިރުވުމުގެ ބޭނުމުގައިވެސް ފެންވެރޭނެއެވެ. އަދި ވަރުބަލިކަންވެސް ފެންވެރޭނެއެވެ.
ޞަޙާބީންވެސް އެކަން ކުރެއްވެވިއެވެ. އެއްބޭކަލަކު ތެތް ލިބާސްކޮޅެއް ތުރުކުރައްވައިގެން އުޅުއްވެވިއެވެ. އެހެން ބޭކަލަކު ފެން އެއްޗަކަށް އެރިވަޑައިގެން އޮންނެވިއެވެ.
އެކަމަކު ވިސްނާލަން ޖެހޭނެ ކަމެއް އެބަ އޮތެވެ. އެބޭކަލުން އެކަންކަން ކުރެއްވެވި ޙާލަތަށެވެ. ހަމަ ވަރުބެލާއިރަކަށް ނޫނެވެ. މެތްކުރައްވަން އުނދަގޫފުޅު ޙާލަތަށް ދިއުމުންވެސް ރޯދަ ދޫނުކުރައްވަން ވެގެންނެވެ.
ރޯދަ ހިފުމުގެ އެއްބޭނުމަކީ ތަކްލީފްތަކަށް ކެތްތެރިވާން މަސައްކަތްކުރުމެވެ. ވީމާ އަހުރެމެން ކެތްތެރިވާން މަސައްކަތްކުރަންވާނެއެވެ. ހަމަވަރުބަލާއިރަށް ފެންވެރުމަކީ އެކަންކުރަން އޮތް ގޮތެއް ނޫނެވެ.
މަޢްލޫމާތު: ޑރ. ޒާކިރް ނައިކުގެ ބަސްފުޅަކުން