ދުނިޔަވީ އެއްވެސް ކަމެއްގައި ތިމާއަށްވުރެ ކުރިއަރާފައިވާ މީހަކަށް ބެލުމެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ދުނިޔަވީ އެއްވެސް ކަމެއްގައި ތިމާއަށްވުރެ ކުރިއަރާފައިވާ މީހަކަށް ބެލުމެއް ނެތް!

މުސްލިމުންނަކީ އަނެކާއަށް ދެއްވަވާފައިވާ އެއްވެސް ނިޢުމަތަކާއިމެދު ކަންބޮޑުވެގެންވާނެ ބައެއް ނޫނެވެ. އެންމެ ގިނަ ނިޢުމަތްތައް ދެއްވަވާފައިވާ މީހުންނަށް އެނިޢުމަތްތައް ދެއްވެވީވެސް، އަދުން ބައަކަށް މަދުން ނިޢުމަތްތައް ދެއްވަވަނީވެސް ހަމަ ﷲ ތަޢާލާއެވެ. އެއީ ﷲ ތަޢާލާގެ ނިންމެވުމެވެ. އެކަމަށް އެއްވެސް އަޅަކު ވިސްނައިގެންވެސް ނުވާނެއެވެ. 

ކަން އޮތީ މިފަދައިން ނަމަވެސް އަޅުގަނޑުމެންނަށް ގިނައިން މިބެލެނީ ދުނިޔަވީ ގޮތުން، (ތަނަވަސްކަމާއި އެހެންވެސް ގޮތްގޮތުން ތިމާއަށްވުރެ ކުރިއަރާފައިވާ މީހުންނަށެވެ. ނަމަވެސް އެއީ އެއްގޮތަކަށްވެސް އެކަން ކުރަން އޮތް ގޮތް ނޫންކަމާއި ބަލަންވީ ތިމާއަށްވުރެ ދަށުގައިވާ މީހުންނަށްކަން ޙަދީޘްފުޅުން އެނގެން އޮތުމުންނެވެ.   

އެހެން މީހުންނަށް ދެއްވަވާފައިވާ ނިޢުމަތްތަކަށް ހަސަދަވެރިވެވެނީވެސް އެމީހުންނަށް ދެއްވަވާފައިވާ ނިޢުމްތަތްކަށް ވިސްނޭތީއެވެ! ތިމާއަށްވުރެ ނިކަމެތި މީހުންނަށް ވިސްނާނަމަ ޝުކުރުވެރިވެވޭނެއެވެ. ތިމާއަށް ދެއްވަވާފައިވާ ނިޢުމްތްތްކަށް ޝުކުރުވެރި ނުވެވޭ ސަބަބަކީވެސް ތިމާއަށްވުރެ ގިނަ ނިޢުމަތްތައް ދެއްވަވާފައިވާ މީހުންނާއިމެދު ވިސްނޭތީއެވެ. 

ނަބިއްޔާ  ގެ ޙަދީޘްފުޅުގައި އޮތީ މިފަދައިންނެވެ. 

«انْظُرُوا إِلَى مَنْ أَسْفَلَ مِنْكُمْ، وَلَا تَنْظُرُوا إِلَى مَنْ هُوَ فَوْقَكُمْ» [رواه مسلم 9 - (2963)]

މާނައީ: "(ދުނިޔަވީ ކަންކަމުގައި) ތިޔަބައިމީހުންނަށް ވުރެ ދަށުގައިވާ މީހުންނަށް ބަލާށެވެ. އަދި (އެ ކަންކަމުގައި) ތިޔަބައިމީހުންނަށް ވުރެ މަތީގައިވާ މީހުންނަށް ނުބަލާށެވެ." 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން