ހިފާ ރޯދަ ކާމިޔާބު ނުކުރެވޭ ސަބަބު އިޞްލާޙްނުކޮށް ރޯދަހިފުމުން ކުރާނެ ފައިދާއެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 46ސ
ހިފާ ރޯދަ ކާމިޔާބު ނުކުރެވޭ ސަބަބު އިޞްލާޙްނުކޮށް ރޯދަހިފުމުން ކުރާނެ ފައިދާއެއް ނެތް!

ގިނަ ބައަކަށް ޤަބޫލުކުރެވިފައި އޮންނަނީ ރޯދަ ގެއްލޭ ކަންކަން ނުކޮށް ހުރެއްޖެނަމަ އެއީ ރޯދައެއް ހިފުނީކަމަށެވެ. ނަމަވެސް އެވަރުން ހިފޭނީ ބަނޑު ރޯދައެވެ. ޙަޤީޤީ ރޯދަ ހިފެންއޮތީ އިތުރަށް ވަރަށް ގިނަ ކަންކަން ކޮށްގެންނެވެ.  

ރޯދަ ހިފުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކުގެ ތެރެއިން އެންމެ ކުރަން އުނދަގޫ ކަމެއް ކަމުގައި ގިނަ ބައކު ބުނާނީ ނުކައި ނުބޮއިހުރުމެވެ. ނަމަވެސް އެއީ މުޅިން ރަނގަޅުވާހަކައަކަށް ނުވެއެވެ. ސަބަބަކީ އެންމެ ގިނަ ބައެއްގެ ރޯދަ ގެއްލިގެންދަނީ އެމީހުން ރޯދައަށްތިބެ ކައިބޮއި ހަދާތީއެއް ނޫނެވެ. އަދި ރޯދައަށ ތިބެ ޖިންސީ ގުޅުންހިންގާތީއެއްވެސް ނޫނެވެ! އެންމެ ބޮޑެތި ކަންތަކަށް ކެތްތެރިވެފައި އެމީހުންނަށް ކެތްތެރިނުވެވިގެން މިއުޅެނީ މާކުޑަކުޑަކަމަކަށެވެ.  

ރަނގަޅަށް ބަލާށެވެ! ގިނަ ބައެއްގެ ރޯދަ ގެއްލިގެންދަނީ އެމީހުންގެ ކިގައި ހުންނަންޖެހޭނެ ރިވެތި އަޚްލާޤް ނެތުމުންނެވެ. އެމީހުންގެ އަމަލުތަކާއި ބަސްމަގު ނުބައި ކުރުމުގެ ސަބަބުން ރޯދައަށް ކަމަށް ބުނެ ނުކައި ނުބޮއި ހުންނަ ހުރުމުން އެއްވެސް ފައިދާއެއް ނުކުރަނީއެވެ.

މިއީ ޞަޙީޙް ހަދީޘްފުޅުތަކުން އެނގެން ހުރި ކަންކަމެވެ. އަދި ހަމަ މުސްލިމަކުވެސް ވަރަށް ރަނގަޅަށް ދަންނާނެވެސް ކަންކަމެވެ. ހިތާމައަކީ ފަރުވާކުޑަކުރެވޭ ކަމެވެ.

އަހުރެން ބުނެލަން ބޭނުންވަނީ ރޯދަ މަސް ނޫންނަމަވެސް، އަދި ރޯދަ މަހުވެސް ކޮންމެ މީހަކުވެސް ހިތްހަމަނުޖެހޭ ފަދަ އެތައް ކަމެއް ހިނގާނެއެވެ. އެތައް ބައިވަރު ކަންތައްތަކަކާއި ކުރިމަތިވާނެއެވެ. ކޮންމެ ފަދަ ކަމެއް ކުރިމަތިވިނަމަވެސް ކެތްތެރިވެ ރިވެތި އަޚްލާޤް އިސްކޮށް ކުރިއަށް ނެރޭށެވެ. ޚާއްޞަކޮށް ރޯދަމަހުގައެވެ. އެހެނީ ކޮންމެ މުސްލިމަކުވެސް ބަނޑުރޯދަ ހިފަން ވަރަށް ފަސޭހަކަމަކަށްވާތީ ބަނޑުރޯދަތައް ބަރާބަރަށް ހިފާނެއެވެ. ނުހިފިގެން އުޅެނީ ބަނޑާއި ދެން ހުރި ގުނަވަންތައް ގުޅުވައިގެން ހިފާރޯދައެވެ.  

Al-Hakim narrated that Abu Hurayrah (may Allah be pleased with him) said:

The Messenger of Allah (peace and blessings of Allah be upon him) said: “Fasting does not just mean abstaining from food and drink, rather fasting means abstaining from idle and obscene speech. If someone curses you or treats you in an ignorant manner, then say, ‘I am fasting, I am fasting.’” 

Ibn Majah (1690) said: Abu Hurayrah said: The Messenger of Allah (peace and blessings of Allah be upon him) said:

 “It may be that the fasting person gets nothing from his fast apart from hunger, and it may be that the one who prays qiyam at night may get nothing from his qiyam but a sleepless night.” 

And Allah knows best.  

މިހާރަށް ބަލައިފިނަމަ މިބުނި ކަންތައްތަކަށް ބަލައިގެން ރޯދަހިފާމީހުން މަދުވާކަމަށް ބުނަން ޖެހެއެވެ. އެހެންވީމާ ތިބާ ރުޅިއަރުވަން މަސައްކަތްކުރާ މީހުންވެސް ތިބޭނެއެވެ. އެމީހުންނަށް ރައްދުދީ ޒުވާބުނުކުރާށެވެ. ތިމާ މިހުރީ ރޯދައަށް ކަމަށް ބުނެ ނިންމައިލާށެވެ!  

އަހުރެންގެ އާދޭހަކީ އަބަދުވެސް ޚާއްޞަކޮށް ރޯދައަށް ގުންނައިރު ރިވެތި އަޚްލާޤްގެ މަތީގައި ހުރުމެވެ. އެންމެންނާއިމެދުވެސް ހެޔޮކޮށްކަންކަން ކުރުމެވެ. ރިވެތި ބަހުރުވައިން އޯގާތެރިކަމާއިއެކު މުޢާމަލާތު ކުރުމެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

 

މިއަދު އޮންލައިން