އަމިއްލަ ނަފުސުދެކެ ލޯބިވާށެވެ! އޭގެ ފައިދާ ބޮޑެވެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 51ސ
އަމިއްލަ ނަފުސުދެކެ ލޯބިވާށެވެ! އޭގެ ފައިދާ ބޮޑެވެ!

މިއިން ކޮންމެ ސުވާލަކުން ވެސް އިޝާރާތް ކުރެވެނީ އެއް ކަމަކަށެވެ: އަމިއްލަ ނަފްސުދެކެ ލޯބިވުމުގެ މައްޗަށް ބިނާވެފައިވާ ރަނގަޅު އަމިއްލަ ސިފައެކެވެ. އަމިއްލަ ނަފްސަށް ވުރެ ބޮޑަށް ކެފެއިން، ދަރިން، އަނބިމީހާ، މައިންބަފައިން، ވަޒީފާ، އަދި ހޮބީދެކެ ލޯބިވެއެވެ. އަމިއްލަ ނަފްސު ދެކެ ލޯބިވާން ދަސްކުރުމަކީ މަސައްކަތާއި ޤަބޫލުކުރަން ޖެހޭ ކަމެއް ނަމަވެސް އޭގެ ފައިދާ ނުހަނު ބޮޑެވެ.

އަމިއްލަ ނަފްސަށް ލޯބިކުރުމަކީ ތިމާގެ ދުޅަހެޔޮކަމާއި އުފާވެރިކަން ހޯދުމަށް މުހިންމު ކަމެކެވެ. އަމިއްލަ ނަފްސަށް ލޯބިކުރުމުގެ ތިން ބާވަތެއް ވެއެވެ.

ޖިސްމާނީ—މާނައަކީ ތިމާއަމިއްލަ ނަފްސަށް ދެކޭ ގޮތެވެ.

ނަފްސާނީ— މާނައަކީ ތިމާ އަމިއްލަ ނަފްސާމެދު ވިސްނާ ގޮތް (އަމިއްލަ ނަފްސު ޤަބޫލުކުރުން)

ސައިކޮލޮޖިކަލް- މާނައަކީ ތިމާ އަމިއްލަ ނަފްސާމެދު އަމަލުކުރާ ގޮތް (އަމިއްލަ ނަފްސަށް އިޙްތިރާމްކުރުން)

އަމިއްލަ ނަފްސުގެ ލޯބި ފާޅުވުމަށްޓަކައި އަމިއްލަ ނަފްސަށް އިސްކަންދޭންޖެހެއެވެ. އަމިއްލަ ލޯބި އުފައްދަން ވަގުތު ނަގާތީ ކޮންމެ ދުވަހަކު ވެސް އެކަން ތަމްރީނު ކުރަން ޖެހެ އެވެ.

ހަގީގަތުގައި އަމިއްލަ ނަފްސު ދެކެ ލޯބިވާއިރު ބަލައިގަތުމުގެ ވިސްނުމެއް އުފައްދައެވެ. ދިރިއުޅުމުގެ މަރުހަލާތަކާއި ޙާލަތްތައް ޤަބޫލުކޮށް، ތިމާގެ ޢަމަލުތަކުގެ ޒިންމާ އުފުލަން ތައްޔާރަށް ތިބުމެވެ. ލޯތްބާއި އުފާވެރިކަމާއި ޖޯޝާއި ތެދުވެރިކަން ލިބެނީ ކޮންތަނަކުންކަން ވެސް ތިބާއަށް އެނގެއެވެ. ތިމާގެ ދިރިއުޅުމުގެ މައްޗަށް ތިމާގެ ބާރު އޮތްކަން ޤަބޫލުކުރުމުން އެބާރެއް ދިރިއުޅެމުންދާ ގޮތާމެދު ހިތްހަމަޖެހުން ލިބެއެވެ. ހަމައެކަނި ދިރިއުޅުމާމެދު ހިތްހަމަޖެހުން ލިބުމަކީ ނަފްސާނީ ގޮތުން ވަރަށް ބޮޑު އަސަރެއް ކުރާ ކަމެކެވެ. އަދި އެކަމުގެ ސަބަބުން ކަންބޮޑުވުމާއި ހާސްކަން ކުޑަ ދިރިއުޅުމެއް ލިބުމަށް އެހީތެރިވެދެ އެވެ.

އަމިއްލަ ނަފްސު ދެކެ ލޯބިވުމުގެ ދަތުރުގައި ހަށިގަނޑަށް ބޭނުންވާ ހުރިހާ އެއްޗެއް ދޭން ބޭނުންވާނެ އެވެ: ނިދުމާއި ކެއުމާއި ފެނާއި ކަސްރަތު ކުރުމެވެ. ދުޅަހެޔޮ ދިރިއުޅުމެއް އުޅެން ޖެހުމަކީ ގިނަ ބަޔަކަށް އުނދަގޫ ކަމަކަށް ވިޔަސް، އަމާޒަށް ވާސިލުވުމަށް އެހީތެރިވެދޭނެ ކަމެކެވެ. އަމިއްލަ ނަފްސަށް ލޯބިވުމަކީ ކޮންމެ ދުވަހެއްގެ ރޫޓިންގައި ތިމާގެ ލަނޑުދަނޑިތައް ހިމެނުމަށް ހިތްވަރު ލިބިގެންދާނެ ކަމެކެވެ. އާ ގޮންޖެހުންތަކެއް ފެށުމުގެ ޔަގީންކަން އުފައްދަމުންދާއިރު ދިރިއުޅުމުގެ ވައްޓަފާޅިގެ ހެޔޮ ނަތީޖާ ވަރަށް އަވަހަށް ފެންނާނެ އެވެ. ދުޅަހެޔޮ އާދަތަކެއް އުފެދުމުން ލިބޭ ފައިދާތަކުގެ ތެރޭގައި ޝުކުރުވެރިވުމާއި، އެކަނި ވަގުތު ހޭދަކުރުމާއި، ވިސްނުންތެރިކަމަށް އަހުލުވެރިވުމާއި، މާފުކުރުމުގެ ފުރުސަތު ދިނުމާއި، ފަޚުރުވެރިކަމާއެކު ތިމާގެ ނަފްސަށް އިތުބާރު ކުރުން ހިމެނެއެވެ.

އަމިއްލަ ނަފުސުދެކެ ލޯބިވުމަކީ ތިމާގެ ޕޮޒިޓިވް ހަކަތަ އިތުރުވެ، މަސައްކަތުގެ ލަނޑުދަނޑިތަކާއި ހުވަފެންތައް ހާސިލްކުރުމަށް އިތުރު ހިތްވަރެއް އަދި އެކްޓިވް ހަކަތައެއް ލިބިގެންދާ ކަމެކެވެ. ހިތްވަރު ލިބި، ޕޮޒިޓިވް ހަކަތަ ލިބޭ ވަރަކަށް ގޮންޖެހުންތަކާ ކުރިމަތިލުމުގެ ފުރުސަތު ބޮޑުވެދެއެވެ. ކަންކަމާ މާޔޫސްވުމަކީ ކިހާ ބޮޑަށް މީހާ ބަލިކަށިކޮށްލާ އަދި ނާކާމިޔާބީއަށް ހުޅުވައިލާ ކަމެކެވެ.

އަމިއްލަ ނަފުސު ދެކެ ލޯބިވާ މީހުންނަކީ އެމީހުން ބޭނުންވާގޮތް ހާމަކުރުމަށް ފަސްޖެހޭނެ ބައެއް ނޫނެވެ. އަދި މީހުން ހަދާ ދޮގުތަކާއި ފޭކު ވައުދުތަކަށް ހެއްލޭނެ މީހުންނެއް ނޫނެވެ. މީގެ ސަބަބުން ތިމާދެކެ ހަގީގީ ލޯބިނުވާ މީހުންނާއި، ތިމާ އަކީ އެމީހުންނަށް މުހިއްމު މީހެއްކަމަށް އިހުސާސް ނުކޮށްދޭ މީހުންގެ ކިބައިން އަމިއްލައަށް ދުރުވެގަންނާނެ އެވެ.

މިއަދު އޮންލައިން