ނަމާދާ ބެހޭގޮތުން އެނގުން މުހިންމު ބައެއް ކަންކަން: ނަމާދުނުކޮށް ތިބެ މަސައްކަތްކޮށްގެން އާމަދަނީ ހޯދުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ނަމާދާ ބެހޭގޮތުން އެނގުން މުހިންމު ބައެއް ކަންކަން: ނަމާދުނުކޮށް ތިބެ މަސައްކަތްކޮށްގެން އާމަދަނީ ހޯދުން-

ނަމާދު ނުކޮށް ކުރާ މަސައްކަތުން ލިބޭ އާމްދަނީ ޙަލާލުވާނެތޯ ؟ ބައެއް މީހުން ސުވާލުކުރެއެވެ. 

- އާދެ! ކުރާ މަސައްކަތް ރަނގަޅުކަމަށް ވަނީނަމަ އެއާމްދަނީ ޙަލާލުވާނެއެވެ. ދެން ނަމާދު ނުކޮށް އެކަމުގެ ތެރޭގައި އުޅުން އެއީ ވަކިކުށެކެވެ. އެއީ އެއްގޮތަކަށްވެސް އާމްދަނީ އާ ގުޅުންހުރި ކަމެއް ނޫނެވެ.

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

ވިސްނާލަންޖެހޭނެ ކަމަކީ ނަމާދުނުކުރާނަމަ އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ނުލިބޭނެ ކަމެވެ. އަދި އެމީހަކު ދާނީ ފާފަވެރިވަމުން ކަމެވެ. އަދި ނަމާދު ނުކުރުމަކީ ދީނުން ބޭރުވެގެންދާނެ ކަމެއް ކަމެވެ. 

ކުރާ މަސައްކަތުން ކިތަންމެ ގިނަ ޢަދަދަކަށް އާމްދަނީ ލިބުނަސް އެއިން ޙަޤީޤީ ފައިދާއެއް ކުރާނީ އެއިގައި ﷲ ތަޢާލާ ބަރަކާތް ލެއްވެވުމުންނެވެ. އަދި ކިތަންމެ މަދު ފައިސާކޮޅެއް ލިބުނަސް އެއިގައި ﷲ ތަޢާލާ ބަރަކާތް ލައްވަވައިފިނަމަ އެމީހަކަށް ފުދިއިތުރުވެސްވާނެ ކަމެވެ. 

އިތުރު ސުވާލެއް: 

ހަތަރު ރަކްޢަތުގެ ނަމާދެއްގައި ހަނދާންނެތިގެން ފުރަތަމަ އައްތަޙިއްޔާތުގައި ނީންދެ ތިންވަނަ ރަކްޢަތަށް ތެދުވެވުނީމައި ހަދާނީ ކިހިނެއްތޯ؟ 

ޖަވާބު:. އާދެ! މިޙާލަތުގައި އިތުރަކަށް މެދު އައްތަޙިއްޔާތު ކިޔާކަށް ނުޖެހޭނެއެވެ. އޭގެ ބަދަލުގައި ހަތަރުވަނަ ރަކްޢަތް ކޮށްފައި ސަލާމް ދިނުމުގެ ކުރިން ކުށުސަޖިދަ ޖަހާނީއެވެ.

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

 

 

 

މިއަދު އޮންލައިން