ބަރަކާތުން ފުރިގެންވާ މިމޫސުމުގައި ތިމާއާއި ތިމާގެ ދަރިން ނަމާދުކުރާ މީހުންގެ ތެރެއިން ލެއްވެވުން އެދި މިފަދަ ބަސްތަކުން ދުޢާކުރައްވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ބަރަކާތުން ފުރިގެންވާ މިމޫސުމުގައި ތިމާއާއި ތިމާގެ ދަރިން ނަމާދުކުރާ މީހުންގެ ތެރެއިން ލެއްވެވުން އެދި މިފަދަ ބަސްތަކުން ދުޢާކުރައްވާށެވެ!

ރަމަޟާން މަސް ފެށުމާއިއެކު ކޮންމެ މީހަކުވެސް ބޭނުންވާނީ ވީހާގިނަ ނަމާދުކުރާށެވެ! އަދި ދަރިންވެސް ވީހާގިނަ ނަމާދުކުރާށެވެ! ވީމާ އެންމެ މުހިންމު އެއްކަމަކީ އެފަދަ ބައަކު ކަމުގައި ލެއްވެވުން އެދި ދުޢާކުރުމެވެ. އެކަމަށް އެދި މަސައްކަތްކުރަމުން ދުޢާކުރާ މީހުންނަށް ހިންމަވައިދެއްވަވާނެތެވެ! އިން ޝާ ﷲ 

މިއީ ތިމާ އާއި ތިމާގެ ދަރިންނަކީ ނަމާދު ޤާއިމުކުރާ ބައަކު ކަމުގައި ލައްވަވައި ދެއްވެވުން އެދި އިބްރާހީމްގެފާނު ކުރެއްވެވި ދުޢާއެވެ. ނަމާދު ކުރަމުން ވެސް މި ދުޢާކުރުން މުހިންމެވެ. އަބަދުވެސް ހުންނަންވާނީ ނަމާދު ޤާއިމުކުރާ މީހުންގެ ތެރެއިން ލެއްވެވުން އެދިއެދިކަމަށްވާތީއެވެ. 

رَبِّ اجْعَلْنِي مُقِيمَ الصَّلَاةِ وَمِن ذُرِّيَّتِي ۚ رَبَّنَا وَتَقَبَّلْ دُعَاءِ 

އަޅުގެ ވެރިރަސްކަލާކޮ! އަޅާއީ، ނަމާދު قائم ކޮށްއުޅޭ މީހެއްކަމުގައި ލައްވާނދޭވެ! އަދި އަޅާގެ ދަރިންކުރެންވެސްމެއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަދި އަޅުގެ دعاء قبول ކުރައްވާނދޭވެ!

(އިބްރާހީމް ސޫރަތުގެ 40) 

ޤިޔާމަތް ދުވަހުން ސަލާމަތްކަން ލިބެން އޮތީ ނަމާދު ޤާއިމުކުރި ވަރަކުންނެވެ. ވީމާ ތިމާ އާއި ތިމާގެ ދަރިންނަކީ ނަމާދު ޤާއިމުކުރާ މީހުން ކަމުގައި ލެއްވެވުމަކީ އަބަދުވެސް އެންމެ ބޮޑަށް އެދެންޖެހޭނެ ކަންތަކެވެ. އަދި ދުޢާކުރަން ޖެހޭނީ އެކަމަށްޓަކައި ގަދައަޅައި މަސައްކަތްކުރުމާއި ވެސް އެކުގައެވެ. ކޮންމެ ކަމެއް ޙާޞިލުކުރަން ނަމަވެސް ގަދައަޅައި މަސައްކަތްކުރުމަކީ ކާމިޔާބީގެ ތަޅުދަނޑިއެވެ.

 

 

 

މިއަދު އޮންލައިން