ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 1 ކިޔުންތެރިއަކަށް މައިލޯ ޕެކެޓް ކޭހެއް ލިބޭ މިއަދުގެ ސުވާލު: ރޯދަ ވީއްލަން އެންމެ ރަނގަޅީ ކޮން އެއްޗެއް؟
އެހީ: އަތްޕުޅުގައި ހުރިނަމަ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޯދަ ވީއްލެވެވީ ކަދުރުންނެވެ. ކަދުރު ނެތްނަމަ ފެންފޮދަކުންނެވެ.
މިސުވާލަށް ސުވާލު ޝާއިޢުކުރާތާ 24 ގަޑިއިރުގެ ތެރޭގައި ޖަވާބު ފޮނުއްވާ ކިޔުންތެރިންގެ ތެރެއިން 1 ކިޔުންތެރިއަކަށް 1 ކޭސް މައިލޯ ޕެކެޓް (ތައްޔާރީ ބުއިން) ލިބިލައްވާނެއެވެ. އިން ޝާ ﷲ. އިނާމު ލިބިލައްވާ ފަރާތްތަކަށް ފޭސްބުކުން މެސެޖް ފޮނުވޭނެއެވެ. އަދި ފޭސްބުކްގެ މިލިޔުމުގައި ހާމަވެސް ކުރެވޭނެއެވެ. ޝައްވާލު މަހުގެ 15 ގެ ކުރިން އިނާމުގެންދެވުން އެދެމެވެ.