ސަމާސައަށް ނަމަވެސް ފާފަކުރުން ހުއްދައެއް ނޫން! ސަމާސައަށް، ބައަކު ހެއްވާލަން ނަމަވެސް ދޮގެއް ހެދުމުން އެކުރެވެނީ ޙަރާމްކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ސަމާސައަށް ނަމަވެސް ފާފަކުރުން ހުއްދައެއް ނޫން! ސަމާސައަށް، ބައަކު ހެއްވާލަން ނަމަވެސް ދޮގެއް ހެދުމުން އެކުރެވެނީ ޙަރާމްކަމެއް!

މީހުން ހެއްވާލުމުގެ ބޭނުމުގައި ނަމަވެސް ދޮގުބުނާ މީހުންނަށް ހަލާކު ހުރި ކަމަށް ރަސޫލް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ.

(އަބީ ދާވޫދު 4990) 

މީސްތަކުންނޭވެ! ދޮގު ހެދުމުގެ ނުބައި އާދަ އުންމަތުގައި އަށަގެންފައި މިވަނީ ވަކިވަރަކަށް ނޫނެވެ. އެކަން ޢާންމުވެފައިވާވަރުން އެއީ ފާފައެއް ކަމަށް ޤަބޫލުކުރާ މީހުން ވެސް ވަރަށް މަދު ކަމަށް ބުނެވިދާނެއެވެ. 

Prophet Muhammad () said:

“Woe to the one who tells lies to make people laugh, woe to him.”

Sunan Abi Dawud 4990 Book 43, Hadith 218 

ސަމާސައަށް ވެސް، އަދި ބައަކު ހެއްވާލަން ނަމަވެސް ދޮގު ނުހަދާށެވެ! އެމީހާއަކީ ﷲ ތަޢާލާގެ ރަހްމަތުން ބޭރުވެ، ﷲ ތަޢާލާގެ ލަޢްނަތް ޙައްޤުވެ ބޮޑެތި މުޞީބާތްތަކެއް ކުރިމަތިވެދާނެ މީހެއްކަން މި ޙަދީޘްފުޅުން މިއޮތީ އެނގޭށެވެ. 

ﷲ ތަޢާލާގެ ލަޢްނަތް ޙައްޤުވާ މީހަކަށް ވެވިއްޖެނަމަ އެމީހެއްގެ ޙާލަކީ ކޮބައިހެއްޔެވެ؟ އެމީހަކަށް މިދުނިޔޭގައިވެސް ކުރިމަތިވާނީ ކޮންފަދަ ބޮޑެތި މުޞީބާތްތަކެއްކަން އެނގެނީ ކިހިނަކުން ހެއްޔެވެ؟ ބިރުވެތިވާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން