(إِنَّ لِلصَّائِمِ عِنْدَ فِطْرِهِ لَدَعْوَةً مَا تُرَدُّ ))
މާނައީ: “ހަމަކަށަވަރުން ރޯދައަށްހުންނަ މީހާ އޭނާ ރޯދަ ވީއްލާ ގަޑީގައިކުރާ ދުޢާ ރައްދުނުކުރެވޭނެއެވެ.” رواه ابن ماجه و الحاكم و ابن سني و قال البويصيري إسناده
صحيح رجاله ثقات.
((ثَلَاثُ دَعَوَاتٍ لَا تُرَدُّ، دَعْوَةُ الْوَالِدِ، وَدَعْوَةُ الصَّائِمِ، وَدَعْوَةُ الْمُسَافِرِ))
މާނައީ: “ރައްދު ނުކުރައްވާ ތިން ދުޢާއެއް ވެއެވެ. (އެއީ) ބައްޕަގެ ދުޢާއާއި ރޯދަވެރިޔާގެ ދުޢާ އަދި ދަތުރުވެރިޔާގެ ދުޢާއެވެ.”
[ رواه البيهقي (6392)، وصححه الألباني في سلسلة الأحاديث الصحيحة (1797)]
ރާދަވީއްލާއިރު ކިޔަން އޮތް ދުޢާ:
(( ذَهَبَ الظَّمَأُ وَابْتَلَّتِ الْعُرُوقُ وَثَبَتَ الأَجْرُ إِنْ شَاءَ اللَّهُ ))
މާނައީ: ”ކަރުހިއްކުން ފިލައިފިއެވެ. އަދި ނާރުތައް ތެމިއްޖެއެވެ. އަދި އިރާދަކުރެއްވިއްޔާ އަޖުރު ސާބިތުވެއްޖެއެވެ. އިން ޝާ ﷲ“
[رواه أبو داود و غيره و هو حديث حسن الألباني في صحيح سنن أبي داود]
ދެން ތިބާ އެދޭ ހުރިހާ ކަމަކުން ދަންނަވާށެވެ! ލިސްޓް ދިގުކިޔަމުން ކިޔަން އުނދަގޫވާނަމަ ހިތުން ނަމަވެސް ދަންވާލާށެވެ! ހިންމްވައި ދެއްވަވާނެތެވެ. އިން ޝާ ﷲ
- މަޢުލޫމާތު: ޝައިޚް ޖަޢުފަރު މުޙައްމަދު