މަޤްބޫލްކަން ހޯދަން ކުރަން އޮތް ކަމަކީ ތިމާގެ މޮޅު ވާހަކަތައް ކިޔައިދެމުންނާ އެހެން މީހުންގެ ނުބައި ވާހަކަދައްކަމުން ހިނގުމެއް ނޫން! ކުރަން އޮތީ މާފަސޭހައިން ކުރެވޭނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
މަޤްބޫލްކަން ހޯދަން ކުރަން އޮތް ކަމަކީ ތިމާގެ މޮޅު ވާހަކަތައް ކިޔައިދެމުންނާ އެހެން މީހުންގެ ނުބައި ވާހަކަދައްކަމުން ހިނގުމެއް ނޫން!  ކުރަން އޮތީ މާފަސޭހައިން ކުރެވޭނެ ކަމެއް!

ތިބާއަށް އެހެން މީހެއްގެ ނުވަތަ އެހެން މީހުންގެ ސަމާލުކަން، ޝައުޤުވެރިކަން، މަޤްބޫލްކަން ލިބެން ބޭނުންނަމަ އޮތީ ތިމާގެ މޮޅު ޥާހަކަތައް ކިޔައިދެމުން ހިނގުމެއް ނޫނެވެ. އަދި އެހެން މީހުންގެ ނުބައި ވާހަކަދައްކަމުން ހިނގުމެއްވެސް ނޫނެވެ.  

ކުރަން އޮތް ކަމަކީ ތިމާއަކީ ހަރުދަނާ ދިރިއުޅުމެއް އުޅެމުން އަންނަ މީހަކުކަން ޢަމަލުން ދެއްކުމެވެ.  

މިޘާލަކަށް މީހުންގެ ތެރޭގައި މާމަޝްހޫރު، އަދި މަޤްބޫލް މީހަކަށް ނުވިނަމަވެސް ކަމެއްގައި ކުރިއަރައި ހިނގައްޖެނަމަ މީސްތަކުން އެމީހަކަށް ސަމާލުކަންދޭނެއެވެ. އަދި ތިމާގެ ކިބައިގައި ތަނަވަސްކަން ނެތް ނަމަވެސް، ސާފުތާހިރުކަންމަތީގައި ހުންނަނަމަ، މީސްތަކުން ގާތު ކަންކަމު ނުކިޔައި ހުންނަނަމަ، އަދި އަބަދުވެސް މީސްތަކުންނަށް ހިނިތުންވެގެން ހުންނަ މީހަކުކަމުގައިވެއްޖެނަމަ އަދި ވެވުނު ވަރަކުން (މަސައްކަތުގެ ގޮތުން ނަމަވެސް މީސްތަކުންނަށް އެހީތެރިކަން ފޯރުކޮށްދޭ މީހަކުކަމުގައިވބެއްޖެނަމަ މީސްތަކުން މީސްތަކުން އެމީހަކަށް ސަމާލުކަންދޭނެއެވެ.  

އަދި ވަރަށް ފަސޭހައިން ކޮންމެ މީހަކަށް ނަމަވެސް ކުރެވިދާނެ ކަމެއް ބުނަންހެއްޔެވެ؟ އެއީ މީސްތަކުންނާއި ބައްދުލުވުމުން ހިނިތުންވުން ޞަދަޤާތްކޮށް އެމީހަކަށް ސަލާމްގޮވުމެވެ.  

ބައެއް މީހުންނަށް ވިސްނިފައި އޮންނަ ގޮތުގައި މީސްތަކުންގެ ތާއީދު އިތުރުވެ ތިމާގެ މަޤްބޫލުކަން ކުރިއަރައިދާނީ އަތުގައި ފައިސާ ގިނަވި ވަރަކުންނެވެ. އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ހަކުރު ތިކި ޖެހީމާ މެހި ގިނަވާހެން ފައިސާގެ ފަހަތުން މީހުން ދުވަނީ އޭނާއަށް ރުހިގެނެއް ނޫނެވެ. އަދި އެއީ މަޤްބޫލް މީހަކަށް ވެގެނެއްވެސް ނޫނެވެ. ހަމައެކަނި ފައިސާކޮޅެއް ހޯދުމުގެ ބޭނުމުގައެވެ.  

ވީމާ މީސްތަކުންގެ ސަމާލުކަން ބޭނުންނަމަވެސް، މީސްތަކުންގެ މެދުގައި މަޤްބޫލްމީހަކަށްވާން ބޭނުންވި ނަމަވެސް އަހުރެން މިބުނި ކަންކަން ކުރަން އިސްކަންދޭށެވެ. އެކަންކަމުގައި ކާމިޔާބު މީހަކަށް ވެވިއްޖެނަމަ ޙާޞިލްކުރަން ބޭނުންވެގެން ތިއައުޅޭ 2 ކަންތައްވެސް (މީސްތަކުންގެ ސަމާލުކަމާއި މަޤްބޫލްކަންވެސް) ލިބޭނެއެވެ. އިން ޝާ ﷲ  

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން