ވާރުތަ މުދާ‍- 2

ކިޔުމަށް ހޭދަވާނީ 5މ 20ސ
ވާރުތަ މުދާ‍- 2

ޢާއިޝަތު ރަފާޙް ޢަލީ

 

އިސްލާމްދީނުގައި މުދާ ބެހުމުގެ ޙިކުމަތް: 

·  އެންމެ ގާތް މީހާއަށް ލިބިމުގެ އުސޫލުން މުދާ ބެހިގެން ދާނެ

·  ކޮންމެ މީހެއްގެވެސް މަސްއޫލިއްޔަތުތަކާއި ޒިންމާތަކާއި އެއްގޮތްވާގޮތަށް ބެހިގެން ދިއުން

·  ރަޙިމުގެ ގުޅުން ދެމެހެއްޓުން 

ﷲ ތަޢާލާ ނިސާ ސޫރަތުގެ 11 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

يُوصِيكُمُ اللَّهُ فِي أَوْلَادِكُمْ ۖ لِلذَّكَرِ مِثْلُ حَظِّ الْأُنثَيَيْنِ ۚ فَإِن كُنَّ نِسَاءً فَوْقَ اثْنَتَيْنِ فَلَهُنَّ ثُلُثَا مَا تَرَكَ ۖ وَإِن كَانَتْ وَاحِدَةً فَلَهَا النِّصْفُ ۚ وَلِأَبَوَيْهِ لِكُلِّ وَاحِدٍ مِّنْهُمَا السُّدُسُ مِمَّا تَرَكَ إِن كَانَ لَهُ وَلَدٌ ۚ فَإِن لَّمْ يَكُن لَّهُ وَلَدٌ وَوَرِثَهُ أَبَوَاهُ فَلِأُمِّهِ الثُّلُثُ ۚ فَإِن كَانَ لَهُ إِخْوَةٌ فَلِأُمِّهِ السُّدُسُ ۚ مِن بَعْدِ وَصِيَّةٍ يُوصِي بِهَا أَوْ دَيْنٍ ۗ آبَاؤُكُمْ وَأَبْنَاؤُكُمْ لَا تَدْرُونَ أَيُّهُمْ أَقْرَبُ لَكُمْ نَفْعًا ۚ فَرِيضَةً مِّنَ اللَّهِ ۗ إِنَّ اللَّهَ كَانَ عَلِيمًا حَكِيمًا ﴿١١﴾‏

މާނައީ: "ތިޔަބައިމީހުންގެ ދަރިންނާމެދު، اللَّه ތިޔަބައިމީހުންނަށް އަންގަވަތެވެ. އަންހެން ދެ ދަރިންގެ ބަޔާ އެއްފަދަ ބަޔެއް ފިރިހެން ދަރިޔަކަށް ވެއެވެ. އެ ދަރިންނަކީ ދޭކަށްވުރެ މަތީ عدد އެއްގެ އަންހެނުން ކަމުގައިވާނަމަ، މަރުވި މީހާ ދޫކުރި މުދަލުގެ ތިންބައިކުޅަ ދެބައި އެކަނބަލުންނަށެވެ. އަދި، އެއީ އެންމެ އަންހެން ދަރިޔަކު ކަމުގައި ވެއްޖެނަމަ، ފަހެ، އެކަނބުލޭގެޔަށް ދެބައިކުޅަ އެއްބަޔެވެ. އަދި، މަރުވިމީހާގެ ދަރިޔަކު ހުރިނަމަ، އޭނާގެ މަންމަޔާއި، ބައްޕަޔާއި، ދެމީހުންކުރެ ކޮންމެ މީހަކަށްމެ، އެ މަރުވި މީހާ ދޫކުޅަ މުދަލުގެ ހަބައިކުޅަ އެއްބަޔެވެ. ފަހެ، އޭނާޔަށް ދަރިޔަކު ނުވާނަމަ، އަދި، (ހަމައެކަނި) އޭނާގެ މަންމަޔާއި ބައްޕަޔަށް ވާރުތައަރާނަމަ، ފަހެ، އޭނާގެ މަންމަޔަށް ތިންބައިކުޅަ އެއްބަޔެވެ. (ދެންހުރި އެއްޗެއް ބައްޕަޔަށެވެ.) ފަހެ، އެ މަރުވި މީހާޔަށް أخ ންނާއި، أخت ން (އެކަކަށްވުރެ ގިނައިން) ތިބިނަމަ، ފަހެ، އޭނާގެ މަންމަޔަށް ހަބައިކުޅަ އެއްބަޔެވެ. ކުރާ وصية އެއްވާނަމަ، އެ وصية އެއް تنفيذ ކުރުމަށްފަހުގައެވެ. ނުވަތަ، ދަރަންޏެއް ވާނަމަ، އެ ދަރަންޏެއް އަދާކުރުމަށް ފަހުގައެވެ. ތިޔަބައިމީހުންގެ މައިންބަފައިންނާއި، ތިޔަބައިމީހުންގެ ދަރިންކުރެ މަންފާކުރުމުގެ ގޮތުން ތިޔަބައިމީހުންނާ ގާތްކަންބޮޑީ ކޮންބަޔެއްކަން ތިޔަބައިމީހުންނަކަށް ނޭނގެއެވެ. (بيان ވެ ދިޔަގޮތަށް މުދާ ބެހުންއޮތީ) اللَّه ގެ حضرة ން ކަނޑައަޅުއްވައި އަންގަވާފައިވާ فرض އެއްގެ ގޮތުގައެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ حكيم ވަންތަ ރަސްކަލާނގެއެވެ. (11)" 

މުދާ ވާރުތަވާ ސަބަބުތައް: 

·  ކައިވެނި

·  ނަސަބު (ގާތްތިމާގެކަމުގެ ގުޅުން)

·  ވަލާއު ( އަޅުން މިނިވަން ކުރުމުން އޮންނަ ގުޅުން)

މިއަދު އޮންލައިން