ރަމަޟާން މަހު އޮތީ އެމީހަކަށް ހުރެވުނު ތަނެއްގަ ހުރެގެން ވީހާ ގިނަ ޘަވާބު ހޯދަން މަސައްކަތްކުރުން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ރަމަޟާން މަހު އޮތީ އެމީހަކަށް ހުރެވުނު ތަނެއްގަ ހުރެގެން ވީހާ ގިނަ ޘަވާބު ހޯދަން މަސައްކަތްކުރުން!: މުފްތީ މެންކް

ކޮންމެ ރަމަޟާން މަހަކަށްވެސް ގިނަ ބައަކު ޢުމްރާއަށް ދެއެވެ. ޙައްޖު މޫސުމެކޭ އެއްވަރަށް މީހުން މައްކާއަށް ދެއެވެ. މައްކާ އާއި މަދީނާގެ ޙަރަމްފުޅު އޮންނަނީ ތޮއްޖެހި ބާރުވެފައެވެ. އެއީ އެކަން ކުރުމުގެ ޤާބިލުކަން ލިބިގެންވާ މީހުންނަށް ކުރަން ވަރަށް ރަނގަޅުކަމެކެވެ. އެންމެ ފައިދާހުރިވެސް ކަންތަކެވެ.  

ކޮންމެއަކަސް ޢުމްރާއަށް ދެވޭނީ ތަނަވަސްކަން ހުރިނަމައެވެ. އަދި ދަތުރުކުރުމުގެ ކުޅަދާނަކަންވެސް ހުރިނަމައެވެ. އެނޫން މީހުންވެސް ވަރަށް ގިނަވާނެއެވެ. އެމީހުންނަށް ތިބެންޖެހޭނީ އެމީހުންގެ ޤައުމުގައެވެ. ނުވަތަ ރަމަޟާން މަހާއި ބައްދަލުވިއިރު އެމީހަކު ހުރިތަނެއްގައެވެ.    

ރަމަޟާން އެންމެ މުހިންމު ކަމަކީ އެމީހަކު ހުރި ތަނެއްގައި ރަމަޟާން މަހުގެ ޘަވާބާއި ދަރުމަ ލިބިގަތުމަށް ގަދައަޅައި މަސައްކަތްކުރުމެވެ. ރަމަޟާން މަހުގެ ކޮންމެ ރެއަކީވެސް އެތައް ބައިވަރު ބައަކު ނަރަކައިން ސަލާމަތްކުރައްވަވައި ސުވަރުގެ ވައްދަވާ ރެއެކެވެ. އެއިގެ ތެރޭގައި ތިމާ ހިމެނޭތޯ ކޮންމެ މީހަކުވެސް ގަދައަޅައި މަސައްކަތްކުރާށެވެ!  

ރަމަޟާން މަހަކީ މީސްތަކުންގެ ފާފަތައް ފުއްސަވައި ދެއްވެވުމުގައި ﷲ ތަޢާލާ އެންމެ ބޮޑަށް ދީލަތިވެވޮޑިގެންވާ މައްސަރެވެ. އެއީ ޤުރްއާން ބާވައިލެއްވެވިރޭ އެ މައްސަރުގައި ހިމެނިގެންވާތީ އެމައްސަރަށް ދެއްވަވާފައިވާ މަތިވެރިކަން ބޮޑުކަމުންނެވެ.  

ވީމާ ކޮންމެ ދުވަހަކީވެސް ކޮންމެ ރެއަކީވެސް ޤުރްއާނުން ކޮންމެވެސް މިންވަރެއް ކިޔަވައި އުނގެނޭ ދުވަހަކަށް، ރެއަކަށް ހަދާށެވެ. މާނަ ކިޔާށެވެ. ޢަމަލުކުރާށެވެ. ރަމަޟާން މަސް ލިބިގަންނަން މަސައްކަތްކުރާ އަޅަކަށް ވެވޭނީ އެއިރުންނެވެ.  

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން